ސްޕޭސް އެކްސް އިން ބުނާ ގޮތުގައި ސްޓާޝިޕް ޕްރޮޖެކްޓް ކާމިޔާބު ކުރަން ޖެހެ އެވެ. އެއީ ޓޫރިސްޓުންގެ ގޮތުގައި ޖައްވަށް އިންސާނުން ފޮނުވުން ފަސޭހަ ކުރުމަށްޓަަކަ އެވެ.
ބިލިއަނަރު އީލޮން މަސްކްގެ ޖައްވީ ހޯދުންތަކަށް ހާއްސަ ސްޕޭސް އެކްސް އިން ފަޒާއަށް ފޮނުވަން މަސައްކަތްކުރި ސްޓާޝިޕްގެ ޓެސްޓް ދަތުރުގައި ދުނިޔޭގެ އޯބިޓްގައި ގޮވައި މިޝަން ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.
އިއްޔެގެ ދަތުރު ފެށިތާ ހަތަރު މިނެޓްގެ ތެރޭގައި ސްޓާޝިޕް ފަޅައިގެން އަލިފާން ރޯވުމާއެކު ގޮސް ގޮވީ އުޅަނދުގެ ބޫސްޓަރެއްގެ އޮޓަމެޓިކް ހަރަކާތް ފޭލި ވެގެނެވެ.
ލީކެއްގެ ވާތީ ކުރިން މިިދިއަ ހޯމައިގައި ކުރަން އޮތް ދަތުރު އިއްޔެ ކުރި ޓެސްޓްގަައި ސްޓާޝިޕް ގޮވި ސްޕޭސް އެކްސް އާއި އިލޮން މަސްކް ސިފަ ކުރީ އެއީ މަސައްކަތަށާއި އިންސާނިއްޔަތަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި އަދު ދެތިން މަސް ދުވަސް ތެރޭގައި ސްޓާޝިޕްގެ އާ ދަތުރެއް ފަށައި މަންޒިލަށް ވާސިލުވާނެ ކަމަށެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި ދެވަނަ ލޯންޗިން އަކަށް ދާނެ ކަމަށް ވެސް އިލޮން މަސްކް ވަނީ ވިދާޅުވެފަ އެވެ.
ސްޕޭސް އެކްސްގެ އަމާޒަކަށް ވެފައި އޮތީ މި ދަތުރުގައި ކާމިޔާބު ކަމާއެކު ފަޒާގެ ތެރެއަށް ސްޓާޝިޕް ވައްދާލުމެވެ. ސްޓާޝިޕް އަކީ ޖައްވަށް ސެޓަލައިޓް ފޮނުވާށައި ޖައްވުގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކަށް މުދާއުފުލަން ބޭނުން ކުރާނެ ރޮކެޓް އުޅަނދެކެވެ.
ސްޕޭސް އެކްސް އިން ބުނާ ގޮތުގައި ސްޓާޝިޕް ޕްރޮޖެކްޓް ކާމިޔާބު ކުރަން ޖެހެ އެވެ. އެއީ ޓޫރިސްޓުންގެ ގޮތުގައި ޖައްވަށް އިންސާނުން ފޮނުވުން ފަސޭހަ ކުރުމަށްޓަަކަ އެވެ.