ފަޒާއަށް ޖާސޫސީ ސެޓަލައިޓެއް ފޮނުވާލަން ކިމް އަމުރު ކުރައްވައިފި

އުތުރު ކޮރެޔާއިން ވަނީ ހަކަތައިގެ ގޮތުގައި ސޮލިޑް-ސްޓޭޓް ފިޔުލް ބޭނުން ކޮށްގެން ދަތުރުކުރާ އިންޓަކޮންޓިނެންޓަލް ބެލިސްޓިލް މިސައިލް ވެސް ޓެސްޓު ކޮށްފަ އެވެ.

ކިމް ޖޮން އުން އާއި ދަރިކަނބަލުން ކޮރެޔާގެ ނޭޝަނަލް އޭރޯސްޕޭސް ޑިވެލޮޕްމެންޓަށް ވަޑައިގަންނަވަނީ

ފެންވަރުގެ ޖާސޫސީ ސެޓެލައިޓެއް އުފައްދައި އޮޕަރޭޝަނަށް ގެނައުމަށް ފެށި މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި ފަޒާގެ ތެރޭގައި އެ ސެޓެލައިޓްގެ މަސައްކަތް އަވަސް ކުރަން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަންގަވައި އަމުރު ކުރައްވައިފި އެވެ. 

ހާއްސަ ޕްރޮޖެކްޓެއްގެ ގޮތުގައި ޖާސޫސީ ސެޓެލައިޓެއް އުފައްދަން އުތުރު ކޮރެޔާއިން ނިންމައި އެ މަސައްކަތް ފެށީ 2021 ވަނަ އަހަރެވެ.

ދައުލަތުގެ މީޑިއާ ކޭސީއެންއޭ އާ ހަވާލާދީ ދެކުނު ކޮރެއާ އާއި ޖާޕާނުގެ މީޑިއާގައި ބުނެފައި ވަނީ އުތުރު ކޮރެއާއިން ފައްކާކޮށް ނިންމާފައިވާ ޖާސޫސީ ސެޓެލައިޓަކީ ޒަމާނީ މަސައްކަތެއް ކަމަށެވެ. އަދި މި އޭޕްރިލް މަހުގެ ތެރޭގައި ޖައްވަށް އެ އުއްދުއްސާނެ ކަމަށް ބެލެވޭ ކަމަށެވެ. 

ކޭސީއެންއޭ އިން ބުނާ ގޮތުގައި ލީޑަރު ކިމް ވަނީ އެ ސެޓެލައިޓް ކަންކަން ރަނގަޅަށް ބައްލަވައިލައްވާފަ އެވެ. އަދި އެ ސެޓެލައިޓްގައިވާ ޖާސޫސް ކުރުމުގެ ގާބިލު ކަމުގެ މައުލޫމާތު ސާފު ކުރެއްވުމާއެކު ސެޓެލައިޓް ލޯންޗް ކުރަން ހުއްދަ ދެއްވައި ޖައްވުގައި ދެކުނު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ވިއުގައެއް ގާއިމު ކުރަން ވެސް އަމުރު ކުރެއްވި އެވެ. 

ސެޓެލައިޓް ބައްލަވާލައްވަން ކިމް ވަޑައިގަތީ ފަހަކަށް އައިސް އަރިހުގައި ބަހައްޓަވައިގެން އުޅުއްވާ އަންހެން ދަރިކަނބަލުން ވެސް ގޮވައިގެނެވެ. މި ސެޓެލައިޓް އުފައްދާފައި ވަނީ ކޮރެޔާގެ ނޭޝަނަލް އޭރޯސްޕޭސް ޑިވެލޮޕްމެންޓުންނެވެ.

އުތުރު ކޮރެޔާއިން ވަނީ ހަކަތައިގެ ގޮތުގައި ސޮލިޑް-ސްޓޭޓް ފިޔުލް ބޭނުން ކޮށްގެން ދަތުރުކުރާ އިންޓަކޮންޓިނެންޓަލް ބެލިސްޓިލް މިސައިލް ވެސް ޓެސްޓު ކޮށްފަ އެވެ. އެ މިސައިލަކީ ނިއުކްލިއާ ވޯހެޑް އުފުލާ އެހެން ބައްރުތަކުގެ ގައުމުތަކަށް ނިއުކްލިޔާ ހަމަލާއެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ ދުރު ރާސްތާގެ މިސައިލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.