އެ ދެ އުޅަނދުގައި ރޯވި އަލިފާން ނިއްވަން މަސައްކަތް ކުރީ ރަށުގެ އާންމުންނާއި ފުލުހުން އެކު ވެގެނެވެ.
މާލެ އަތޮޅު ހިންމަފުށީގައި ލޯންޗަކާއި ޑިންގީއެއްގައި އަލިފާން ރޯވެ އަނދައިފި އެވެ. އަލިފާނުގެ މި ހާދިސާގައި މީހަކަށް ގެއްލުން ވެފައެއް ނުވެ އެވެ.
މިއަދު އިރުއޮއްސޭން ދިޔަ ވަގުތު އެ ރަށު ގޮނޑުދޮށުގައި އޮތް ލޯންޗަކާއ ޑިންގީއެއްގައި އަލިފާން ރޯވީ ކަމެއް ގަސްދުގައި ބަޔަކު ރޯކޮށްލީ ކަމެއް ސާފެއް ނުވެ އެވެ. އަލިފާން ރޯވި ޑިންގޯ އާއި ލޯންޗަކީ ހިންމަފުށީ ގޮނޑުދޮށަށް އެހެލާފައި އޮތް ދެ އުޅަނދެކެވެ. އެ މައްސަލަ ދަނީ ބަލަމުންނެވެ.
އެ ދެ އުޅަނދުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ދިޔަ، އަލިފާން ނިއްވަން މަސައްކަތް ކުރީ ރަށުގެ އާންމުންނާއި ފުލުހުން އެކު ވެގެނެވެ.
ވަރަށް ގިނަ އަހަރުތަކުގެ ރޯދަ މަހު ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާފައި ވެއެވެ. ނަމަވެސް މި ރޯދަ މަހު އަލިފާނުގެ ބޮޑު ހާދިސާއެއް އައިސްފައެއް ނުވެ އެވެ.