ބްރޯޑްކޮމުން ދިރާގު ޓީވީ ނިއްވާލާފަ ބައިސްކޯފު ފުނޑާލަނީ

ބްރޯޑްކޮމް އިން ބައިސްކޯފަށް ފޮނުވި ސިޓީގެ ސުރުހީގައި އޮތީ ބައިސްކޯފުގެ ހިދުމަތް ހުއްޓުލާ ބެހޭ މިހެން ލިޔެފަ އެވެ. އެހެންވެ ކޮމިޝަންގެ މަގުސަދާމެދު މިދާރާގެ ބޭފުޅުން ސުވާލު އުފައްވަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި އަދި ރައްޔިތުންނަށް ހިދުމަތް ދޭ ގޮތުން ޝަކުވާ އޮންނަ ދިރާގުން ހެދި، "ދިރާގު ޓީވީ" ނިއްވާލައި ހުއްޓުވައިލީ ބްރޯޑްކާސްޓިކް ކޮމިޝަން (ބްރޯޑްކޮމް) އިން އެވެ. ބްރޯޑްކޮމުން ދިރާގު ޓީވީ ހުއްޓުވާލައި ނިއްވާލުން ވެގެން ދިޔައީ އެތައް ބަޔަކަށް ލިބުނު ޝޮކަކަށެވެ. ވަރަށް ބޮޑަށް ހައިރާން ވެސްވި ކަމަށެވެ. ދިވެހި އެތައް ރައްޔިތުންނެއް ބަލަން ތިއްބައި ބްރޯޑްކޮމުން ދިރާގު ޓިވީގެ ސުވިޗް އޮފް ކޮށްލީ އެ ކޮމިޝަނުން ހެދި ގަވާއިދަކުންނެވެ. އަދި އެކަމުގެ މަސްލަހަތާ ގުޅިފައިވާ މީޑިއާނެޓް ބާރު ގަދަ ކަމުން ބްރޯޑްކޮމްގެ އެ ނިންމުމާ މަޖިލީހަށް ވެސް ކުޅެވޭނެ ގޮތެއް ނުވި އެވެ. އޭގެ ނަތީޖާއަކީ ބޮޑު އެ އިންވެސްޓްމަންޓް ވިއްކާލަން ދިރާގަށް މަޖުބޫރު ވުމެވެ.

ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންނާއި އާއްމުންގެ ގިނަ ބަޔަކު ބްރޯޑްކޮމް މެންބަރުން ބައެއްގެ މުށުތެރޭގައި ތިބި ކަމަށް ތުހުމަތުގެ އިނގިލި ދިއް ކުރަނިކޮށް ރޯމާ ދުވާލު ހިންގި މި ބޮޑު "ފޭރުމަށް" ވަނީ ދެ މަސް ވެފަ އެވެ. މިވަރުން ބްރޯޑްކޮމްއަކަށް ނުފުދުނެވެ. މިހާރު ދިމާ ކޮށްލާފައި މިވަނީ ރާއްޖޭގެ އެންޓަޓެއިމަންޓް އިންޑަސްޓްރީގައި ޒުވާނުން ތަކެއް އުފަައްދައިގެން އުޅޭ ކުޑަ އަދި މެދުފަންތީގެ އިންވެސްޓްމަންޓެއް ކަމަށް ބައިސްކޯފްގެ ހިދުމަތާ އެވެ. އެ ހިދުމަތް ހުއްޓާލަން ބްރޯޑްކޮމްގެ ސިޓީއަކުން މިހާރު ވަނީ އަންގާ އަމުރު ކޮށްފަ އެވެ.

ބައިސްކޯފްގެ ހިދުމަތް ހުއްޓާލަން އަންގައި އެ ހިދުމަތްދޭ އީކޮމް އެކްސްޗޭންޖް އެމްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިރުޝާ އަށް ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވަނީ "މި" ނޫހަށް ބްރޯޑްކޮމްގެ ތެރެއިން ލިބިފަ އެވެ.  

ބްރޯޑްކޮމްގެ މެންބަރުން ޖަލްސާއެއްގައި: ފާޑުކިޔުން އަމާޒުވެފައިވޭ

ސިޓީގެ ސުރުހީ ހިދުމަތެއް ނޫން؛ ވިޔަފާރި ހުއްޓާލުން

މި ސިޓީގެ ފުރަތަމަ ސުރުހީގައި ލިޔެފައި ވަނީ ބައިސްކޯފް ހުއްޓާލުމާ ގުޅޭ ގޮތުން މިހެންނެވެ. އެހެންވެ އުފެދޭ ސުވާލަކީ ބްރޯޑްކޮމް އިން ހުއްޓުވަން އުޅެނީ ބައިސްކޯފް ވިޔަފާރިތޯ ނުވަތަ އެ މީހުން ދޭ ހިދުމަތްތޯ އެވެ.

މި ސިޓީގައި އިތުރަށް ބުނެފައި ވަނީ އެ ކުންފުނިން ރާއްޖޭގައި ދޭ ހިދުމަތަކީ ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން ކަމަށް އެ ކޮމިޝަނަށް ފެނިއްޖެ ކަމަށެވެ. އަދި ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދެވޭނީ ލައިސަންސް އޮތް ފަރާތްތަކަށް ކަމަށެވެ.

އެ ސިޓީގައި އަދި ބުނެފައި ވަނީ "ބައިސްކޯފް މެދުވެރިކޮށް ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ވަގުތުން ހުއްޓާލަން އެނގުމަށް އެ ކޮމިޝަނުން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ" ކަމަށެވެ. އެހެންވެ ބްރޯޑްކޮމްގެ ސިޓީ އަށް އެ ކުންފުނިން އަމަލު ކުރާނެ ގޮތެއް އެ ކޮމިޝަނަށް އަންގައި ދޭށެވެ.

ބްރޯޑްކޮމް ފާލުން ނައްޓާލާފައި ވާއިރު ބްރޯޑްކާސްޓްގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުން މުޅި އެންޓަޓޭންމަންޓް އިންޑަސްޓްރީ އާއި ބްރޯޑްކާސްޓިން ދާއިރާ ހަރާބު ވެގެން ހިނގައި ދާނެ އެވެ. އަދި 2010 ގައި ހަދާފައިވާ ގާނޫނެއްގެ މައްޗަށް ފުލުފުލުގައި ގަވާއިދު ހަދައި ވަގުތުން ވަގުތަށް ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓާލުމަށް އެނގުމަކީ މި ދާއިރާއަށް އޮތް ބޮޑު ބިރުވެރި ކަމަށް އެ ވަނީ ވެފަ އެވެ.

"އަޅުގަނޑަކީ ގާނޫނީ މީހެއް ނޫން. އެކަމަކު ޔަގީން ކަމާއެކު ބުނަން ކެރޭ ކުރީގެ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދަކަށް ވުމުން އެއަށް ރުޖޫއަވާން ވަގުތު ދޭން ވެސް ޖެހޭނެ. ހަމަ މިހެން ތިބެ، ބްރޯޑްކޮމްގެ މެންބަރުން އެއްވެލާފައި މީހުން ކުރާ މަސައްކަތްތަކާއި ވިޔަފާރި ހުއްޓާލެވޭ އުސޫލު އޮންނަމަ ކޮމިޝަނެއްގެ ބޭނުމަކީ ކޮބާ؟" ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި އެވެ.  

އަޅުގަނޑަކީ ގާނޫނީ މީހެއް ނޫން. އެކަމަކު ޔަގީންކަމާއެކު ބުނަން ކެރޭ ކުރީގެ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދަކަށް ވުމުން އެއަށް ރުޖޫއަވާން ވަގުތު ދޭން ވެސް ޖެހޭނެ. ހަމަ މިހެން ތިބެ، ބްރޯޑްކޮމްގެ މެންބަރުން އެއްވެލާފައި މީހުން ކުރާ މަސައްކަތްތަކާއި ވިޔަފާރި ހުއްޓާލެވޭ އުސޫލު އޮންނަމަ ކޮމިޝަނެއްގެ ބޭނުމަކީ ކޮބާ؟

ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރެއް

ބްރޯޑްކޮމް އިން ބައިސްކޯފް ހުއްޓާލަން އަންގާފައިވާ އެނގުމާއެކު އިތުރު ސުވާލެއް ވެސް މި އިންޑަސްޓްރީން އުފައްދަ އެވެ. އެއީ ރާއްޖޭގައި މި ނޫނަސް އައިޕީ ޓީވީ ހަދައި ޕެކޭޖް ހަދައިގެން ވިއްކާއިރު އެ މީހުންނަކީ އުޅޭ ބައެއްކަން ބްރޯޑްކޮމަށް ނޭނގެނީ ތޯ އޮތް ސުވާލެވެ. 

"ތަނަކުން ފީޑެއް ނަގައި ޝެއާ ކޮށްލީމަ އެ ރީބްރޯޑްކާސްޓިންއަށް ވޭތޯ؟ ރާއްޖޭގައި ނެޓްފްލިކްސް ވެސް ދައްކާ. އެހެންވީއިރު މި މީހުންގެ ކޮންޓްރެކްޓް ބްރޯޑްކޮމްއިން އެ ބުނާ ބަޔަކަށް ނުފެތޭ ތޯ؟" ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން ބައިސްކޯފަށް ދިމާކޮށްލުން

  •  ޒުވާނުންތަކެއް އުފެއްދި އިންވެސްޓްމަންޓެއް ހުއްޓުވާލުން
  •  ކޮމިޝަންގެ މެންބަރުން އެއްވެލާފަ ނިންމި ނިންމުމެއް
  •  މިފަދަ އެހެން ހިދުމަތްތައް ފާޅުގައި ބޭރުން ގެނެސް ރާއްޖޭގައި ވިއްކާ

ބްރޯޑްކޮމްގެ މައްސަލަ ފާލުން ނައްޓާލާފައިވާއިރު އެ ކޮމިޝަނުން މީޑިއާނެޓުގެ މަސްލަހަތު ހިމާޔަތް ކުރަން އުޅޭ ކަމަށް ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންނާއި އާއްމުން އެންމެން ވެސް ބުނެ އެވެ. އަދި މި މަސައްކަތް ކުރުން ނޫން އެހެން ކަމެއް އެ ކޮމިޝަންގެ މެންބަރުންނަށް ނޯންނަނީ ތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.  

ކޮމެންޓް

1
450
ނާޖިހު
1 year ago

ސަތޭކަ ޕަސެންޓު ތެދު ވާހަކައެއް. ބްރޯޑްކޮމް އަކީ ސީދާ މީޑިއާނެޓު ތަރައްގީކޮށް ދިރުވަން އޮންނަ ތަނެއް. ހުރިހާ މެންބަރުންނަށާ މުވައްޒަފުންނަށް ހިލޭ ހިދުމަތްވެސް ދޭ މީޑިއާނެޓުން. މީ ހައްގު ތެދުވާހަކަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.