ވިޔަފާރިވެރިން ހަދިޔާ ބަހާ ކަމަށް އެ ސަރަހައްދުގައި އަޑު ފެތުރުމުން އެތައް ސަތޭކަ ބަޔަކު ވަނީ ހަދިޔާ ބަހާ ސަރަހައްދަށް ޖަމާވެފައެވެ.
ޔަމަނުގައި ދިން ޓެރަރިސްޓް ހަަމާލާއެއްގައި 78 މީހަކު މަރާލައިފި އެވެ. ޓެރަރިސްޓް މި ހަމަލާ ދީފައި ވަނީ ޔަމަނުގެ ވެރިރަށް ސަނާގައި ވިޔަފާރިވެރިންތަކެއް އެ ސަރަހައްދުގެ ރައްޔިތުންނަށް ހަދިޔާތަކެއް ބަހަމުން ދިޔަ ވަގުތެއްގަ އެވެ.
ބައިނަލް އަގުވާމީ ނިއުސް އޭޖެންސީތަކާއި ސޯޝަލް މީޑިއާގައި ފެންނަ ވިޑިއޯތަކުން ފެނަ ގޮތުގައި އިއްޔެ ދިން މި ހަމަލާއަކީ ގިނަ އަދަދަކަށް މީހުން ޖަމާވެފައި އޮތް ސްކޫލެއްގެ ތެރޭގައި ދިން ހަމަލާއެކެވެ.
މިއީ ކޮންބައެއް ދިން ހަމަލާއެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ ދެ ވިޔަފާރިވެރިއަކު ހައްޔަރު ކޮށްފަ އެވެ.
ހޫތީންގެ ކޮންޓްރޯލް އޮންނަ ދާހިލީ ވުޒާރާގެ ތަރުޖަމާނު އަބްދުލް ހަލީގް އަލް އަޖްރީ ވީދާޅުވީ އެ ހަަމަލާއަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި ބައެއް ވިޔަފާރިވެރިން ސަރުކާރަށް އެނގުމަކާ ނުލައި އެގޮތަށް ހަދިޔާ ބެހުމުގެ ތެރޭގައި ދިން އެ ހަމަލާއިން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.
އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެގެން ފަރުވާ ދެމުން ގެންދާ ކަމަށެވެ. އަނިޔާވެފައި މީހުންގެ ތެރޭގައި ވެސް ހާލު ސީރިއަސް 13 މީހުން ހިމެނެ އެވެ.
ވިޔަފާރިވެރިން ހަދިޔާ ބަހާ ކަމަށް އެ ސަރަހައްދުގައި އަޑު ފެތުރުމުން އެތައް ސަތޭކަ ބަޔަކު ވަނީ ހަދިޔާ ބަހާ ސަރަހައްދަށް ޖަމާވެފައެވެ. ވިޔަފާރިވެރިން ބެހި ސަދަގާތު ހަދިޔާއަކީ ބޮލަކަށް ނުވަ ޑޮލަރު ޖެހޭ ގޮތަކަށް ކުރި ސޮދަގާތެކެވެ.