އަލް މަޝްއަރުގެ އުމްރާވެރިން ހާލުގައި ޖެހުނަ ނުދޭނެ: ސަރުކާރު

މަޝްއަރު ގުރޫޕްގެ އެހެން މައްސަލަތައް. ވެސް އުޅެ އެވެ. އޭގެ ތެރޭގައި އެހެން އެއާލައިނެއްގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަ ހިމެނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ
  •  ފައިސާ ހަލާސް ކުރަން އަލް މަޝްއަރަށް ވަނީ އަންގާފައި
  •  ޓްރެވެލް 2 މޯލްޑިވްސް އަށް ދިން ޗެކްތައްވީ ބައުންސް
  •  140،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދޭން ޖެހޭ
  •  އަލް މަޝްއަރު ގްރޫޕްގައި 138 މީހަކު އުމްރާއަށް ދިޔަ

ފައިސާގެ ބޮޑެތި މައްސަލަތައް ދިމާވެފައިވާ އަލް މަޝްއަރު ގްރޫޕްގައި އުމްރާއަށް ދިޔަ ދިވެހިން ހާލުޖެހި ރާއްޖެ ނާދެވޭ ފަދަ ހާލަތަކަށް ދިޔަ ނުދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ސަރުކާރުން މިހެން ބުނި އިރު އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި ރާއްޖޭން އުމްރާއަށް ގޮސް ސައުދީގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވެފައި ވެއެވެ. އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި މި ރޯދަ މަހު 138 މީހަކު އުމްރާއަށް ދިޔަ އެވެ. 
 
އަލް މަޝްއަރުއިން އެމީހުން އުމްރާއަށް ގެންދަން ފްލައިޓެއް ޗާޓަރު ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޓްރެވެލް 2 މޯލްޑިވްސް މެދުވެރިކޮށެވެ. އެ ކުންފުންޏަށް ދޭންޖެހޭ 140،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އޮތީ ނުދައްކަ އެވެ. 

އެ ގްރޫޕުން ފައިސާ ދައްކަން ޗެކްތަކެއް ޓްރެވެލް 2 މޯލްޑިވްސްއަށް ދިން ނަމަވެސް އެ ޗެކްތައް ވަނީ ބައުންސް ވެފަ އެވެ. އެހެންވެ އެ ގްރޫޕްގައި ދިޔަ 138 މީހުން އަނބުރާ ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ނަމަވެސް "މި" ނޫހަށް އެނގިފައިވާ ގޮތުގައި ޗެކްތައް ބައުންސު ވެގެން ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުންޏަށް ފައިސާ ނުދެއްކި އޮތް ނަމަވެސް އެ 138 މީހުންގެ ދަތުރުގެ ހުރިހާ ކަމެއް ޗާޓަރު ކުރި ކުންފުނި، ޓްރެވެލް 2 މޯލްޑިވްސްއިން ވަނީ އެއާލައިނާއެކު ކޮށް ނިންމާފަ އެވެ. ހަމައެކަނި މައްސަލައަކަށްވެފައި އޮތީ އަލް މަޝްއަރު އިން އެ ކުންފުންޏަށް ދޭން އޮތް ފައިސާ ނުލިބި އޮތް އޮތުމެވެ. އުމްރާވެރިންގެ ދަތުރުގެ މައްސަލައެއް ނެތެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ގުރޫޕުން ޓްރެވެލް 2 މޯލްޑިވްސް އަށް ދޫކުރި ދެ ޗެކް ބައުންސްވި މައްސަލަ މިނިސްޓްރީން ބަލާ ކަމަށާއި އަލް މަޝްއަރު ވެރިން ސައުދީގައި ތިބުމުން ސަރުކާރުގެ އޮފިޝަލުން މެދުވެރިކޮށް ވާހަކަ ދައްކައި ފައިސާ ދައްކާ ހަލާސްކޮށް އުމްރާވެރީން ގެނެވޭނެ އިންތިޒާމް ހަމަޖައްސަން އަންގާފައި ވާނެ ކަމަށެވެ.

"އެ ގްރޫޕްގެ އުމްރާވެރިން ރާއްޖެ ނުގެނެވޭނެ ހާލަތެއްް މެދުވެރިވި ނަމަވެސް އުމްރާވެރިން ހާލުގައި ޖެހުނަ ނުދޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

މަޝްއަރު ގުރޫޕްގެ އެހެން މައްސަލަތައް. ވެސް އުޅެ އެވެ. އޭގެ ތެރޭގައި އެހެން އެއާލައިނެއްގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަ ހިމެނެ އެވެ. 

މި އަހަރުގެ ރޯދަ މަހު އުމްރާއައް މީހުން ގެންދިޔަ ސަފާ ގްރޫޕަށް މައްސަލަތައް ދިމާވި އެވެ. އެގްރޫޕްން ސައުދީ އެޖެންޓަށް ފައިސާ ނުދައްކާ އޮތުމުން އުމްރާވެރިން ފުރާން ދިޔައިރު އޮތީ ވިސާ ހަމަ ނުޖެހި އެވެ. އެކަން ހަމަޖެހި އެ ގްރޫޕްގެ އުމްރާންވެރިންނަށް ފުރުނީ ބޮޑު މައްސަލަގަނޑަކަށް އެކަންވެ އެ ދެމެދަށް ސަރުކާރު ވަދެގެނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.