ވެއްޓުނު ފުން ވަޅުގަނޑުން ލަންކާ އަރަން ޖެހޭނެ

ކުރިއަށް އޮތީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގެ ވަގުތު ކަމަށް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ. ސްރީލަންކާގެ ތާރީހުގައި ވެސް އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޤުތިސޯދީ ދަތިކަމުގެ ތެރޭގައި ގައުމު އޮއްވާ މިއަދު ފާހަގަ ކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވަމުން ގޮތަބަޔާ ވިދާޅުވީ ރަނގަޅު ކާމިޔާބެއް ހޯދުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދަތިތަކެއް ތަހައްމަލް ކުރުން ކަމަށެވެ.

ރައީސް ގޮތާބަޔާ ރާޖްޕަކްސާ

ކުރިއަށް އޮތީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގެ ވަގުތު ކަމަށް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ތާރީހުގައި ވެސް އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޤުތިސޯދީ ދަތިކަމުގެ ތެރޭގައި ގައުމު އޮއްވާ މިއަދު ފާހަގަ ކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވަމުން ގޮތަބަޔާ ވިދާޅުވީ ރަނގަޅު ކާމިޔާބެއް ހޯދުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދަތިތަކެއް ތަހައްމަލް ކުރުން ކަމަށެވެ.

"ރަނގަޅު ކާމިޔާބެއް ހާސިލް ކުރުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދަތިތަކެއް ތަހައްމަލް ކުރުން. މިއަދު އަޅުގަނޑުމެން މިދަނީ އެދަތިތައް ތަހައްމަލް ކުރަމުން. ނަމަވެސް އަބަދަކު މިދަތިތައް ދެމިއެއް ނޯންނާނެ. ދެން ކުރިއަށް އޮތީ މިދަތިކަމުން އަރައިގަތުން." ގޮތަބަޔާ ވިދާޅުވިއެވެ.

ގޮތަބަޔާ ވިދާޅުވީ މިހާރު ސްރީލަންކާ އަށް ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތައް ގިނަ ދުވަސްތަކެއް ވަންދެން ދެމިގެން ނުދާނެ ކަމަށެވެ. ނަމަވެސް މިހާލަތުން އަރައިގަތުމަށް ގައުމުން ބޭރުގައި ދިރިއުޅެމުން އަންނަ ސްރީލަންކާގެ ވިޔަފާރިވެރިންގެ އެހީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުންގެ އަރިހުން އެދެން އޮތް އެދުމަކީ އެބޭފުޅުން އަމިއްލަ ގައުމުގައި އިންވެސްޓް ކުރައްވާށޭ. އެބޭފުޅުންގެ ގައުމުގެ މުސްތަގުބަލް އުޖާލާ ކުރެއްވުމުގައި ބައިވެރިވެ ވަޑައިގަންނަވާށޭ." ގޮތަބަޔާ ވިދާޅުވިއެވެ.

ގޮތަބަޔާ ވިދާޅުވީ މިއަދު ސްރީލަންކާ އަކީ ކޮންމެ ނަސްލެއްގެ ކޮންމެ ދީނެއްގެ މީހަކަށް ވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅެވޭ ގައުމެއް ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ފޯރުކޮށްދެމުން ގެންދާ ކަމަށާއި އަދި ކޮންމެ ރައްޔިތަކަށް ވެސް އެމީހުން ތަމްސީލް ކުރާނެ މަންދޫބަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ލިބެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ގޮތަބަޔާ ވިދާޅުވީ މިއަދު ސްރީލަންކާގެ ރައްޔިތުން ހިތްވަރު ލިބިގަންނަންވީ މިނިވަންކަމަށްޓަކައި ކުރި ބުރަ މަސައްކަތުންނާއި މިނިވަންކަން ހޯދަން ވެވުނު ގުރުބާނީންނެވެ. ވަކި ދައުލަތެއް ސްރީލަންކާގައި ގާއިމު ކުރަން ތިރީހަކަށް އަހަރު ވަންދެން ކުރި ހަނގުރާމައިގެ މައްޗަށް ކުރި ހޯދި ފަދައިން މިއަދުވެސް ދަތި އުނދަގޫތަކުގެ މައްޗަށް ކުރި ހޯދަން މަސައްކަތް ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.