މި ދަތުރުފުޅަކީ މިހާރު ސައުދީ އާއި ސީރިއާ ދެމެދުގައި އުފެދިފައިވާ ގާތް ކަމުގެ ތެރެއިން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގެއް ހޯދައި ސީރިއާއަށް އާ ޒަމާނެއް ގެނައުމަށް މަޝްވަރާ ކުރުން އެޖެންޑާ ކޮށްފައިވެ އެވެ.
ތާރީހީ ދަތުރުފުޅެއްގައި ސީރިއާގެ ހާރިޖީ ވަޒީރު ފައިސަލް މިގްދާދް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅު ތާރީިހުގެ ތެރެއަށް ދަނީ ސީރިއާ ހަނގުރާމަ 2011 ވަނަ އަހަރު ދާހިލީ ހަނގުރާމައަކަށް ބަދަލުވި ފަހުން ސީރިއާގެ ހާރިޖީ ވަޒީރަކު ސައުދީއަށް ފުރަތަމަ ފަހަރަށް ދަތުރުފުޅެއް ކުރެއްވުމުންނެވެ.
ފައިސަލް މިގްދާދު ސައުދީއަށް ވަޑައިގަތީ ސައުދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށެވެ.
މި ދަތުރުފުޅަކީ މިހާރު ސައުދީ އާއި ސީރިއާ ދެމެދުގައި އުފެދިފައިވާ ގާތް ކަމުގެ ތެރެއިން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގެއް ހޯދައި ސީރިއާއަށް އާ ޒަމާނެއް ގެނައުމަށް މަޝްވަރާ ކުރުން އެޖެންޑާ ކޮށްފައިވެ އެވެ.
މީގެ އިތުރުން ހަނގުރާމައާ ސިރިއާ ދޫކޮށް ހިޖްރަ ކުރި ރައްޔިތުން އެނބުރާ އުމަށް ގެންދިއުން ވެސް މޭޒުކޮޅަށް ގެންގޮސްފައި ވެއެވެ.
މި ދެ ބޭފުޅުންގެ މަޝްވަރާތައް ކުރިޔަށް ގެންދާއިރި އަރަބި ލީގުގެ ބައެއް ގައުމުތަކުގެ މެދުގައި މުހިންމު ބައްދަލުވުމެއް ހިނގަ އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ އަރަބި ލީގުގެ ސަމިޓަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ބައިވެރި ކުރައްވަން ދައުވަތު ދެއްވުމާމެދު ގޮތް ހޯދުމެވެ. ސަމިޓް އޮންނާނީ އަންްނަ މަހު އެވެ.