ސްޕެއިންގެ ކުޅުންތެރިޔާއަކީ ޑެޑް ބޯލް އެކްސްޕާޓެކެވެ. އަދި އެޓޭކްގައި ފުރިހަމައަށް ބައިވެރިވާ ގޯލުޖަހާ ޑިފެންޑަރެކެވެ. އަލޮންސޯ ޗެލްސީއާ ގުޅުނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އިޓަލީގެ ފިއޮރެންޓީނާގައި މޮޅަށް ކުޅުމަށް ފަހު އެވެ.
ޗެލްސީ އާއި ސްޕޭންގެ ގައުމީ ޓީމްގެ އިތުބާރު ވިންގް ބެކް މާކޯސް އަލޮންސޯ ބާސެލޯނާއަށް ބަދަލުވާން ހުރިހާ ކަމެއް ހަމަޖެހި އެ ބަދަލު ކައިރިވެފައިވާކަން ޗެލްސީގެ ކޯޗް ތޯމަސް ޓުހޫލް އާއި ބާސެލޯނާއިން ވެސް ކަށަވަރު ކޮށްދީފައި ވެއެވެ.
ޕްރިމިއާ ލީގް ފަށަން ހޮނިހިރު ދުވަހު އެވަޓަން މެޗަށް ޗެލްސީ ނުކުތް އިރު ވެސް އަލޮންސޯ ހުރީ ސްކޮޑުން ބާކީ ކޮށްފަ އެވެ. އަދި އޭނާ ހުރީ ބާސަލޯނާއަށް ބަދަލުވުމުގެ މަގުމަތީގަ އެވެ. ކޯޗް ޓުހޫލް ބުނީ ސްކޮޑުން ބާކީ ކުރީ އޮލޮންސޯގެ އަމިއްލަ އެދުމުގެ މަތިން ކަމަށާއި، އަލަށް ޗެލްސީއާ ގުޅުނު ސްޕޭންގެ ޑިފެންޑަރު މާކް ކުކުރެލާ ސްޓެމްފޯޑް ބްރިޖަށް އައުމާ ގުޅިގެން އޮލަންސޯ ބާސަލޯނާއަށް ބަދަލުވާން ކުރަމުން އައި އުންމީދު ގާތްގަނޑަކަށް ފުރިހަމަ ވެފައިވާ ކަމަށެވެ.
"އެހަރެން ބޭނުންވި ނަމަ އޭނާ ދަނޑުމަތީގައި ހުންނާނެ، އެކަމަކު އަހަރެންނަށް ހީވަނީ އޭނާ އުންމީދުތަކެއްގައި ހުންނަ ހާލަތުގައި އެއީ ނޫންހެން ރަނގަޅު ގޮތަކީ،"
އަނެއްކޮޅުން ބާސަލޯނާގެ ރައީސް ވެސް ބުނެފައި ވަނީ އަލޮންސޯ ކަންތައް ނިމިފައިވާ ކަމަށާއި އެއީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ.
ސްޕެއިންގެ ކުޅުންތެރިޔާއަކީ ޑެޑް ބޯލް އެކްސްޕާޓެކެވެ. އަދި އެޓޭކްގައި ފުރިހަމައަށް ބައިވެރިވާ ގޯލުޖަހާ ޑިފެންޑަރެކެވެ. އަލޮންސޯ ޗެލްސީއާ ގުޅުނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު އިޓަލީގެ ފިއޮރެންޓީނާގައި މޮޅަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ 154 މެޗު ކުޅެދީ ޗެލްސީއަށް ގިނަ ކާމިޔާބީ ހޯދައިދީފަ އެވެ އެވެ.
އޮލަންސޯގެ ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. އޭގެ ފަހުން އިނގިރޭސި ކްލަބް ބޯލްޓަންގައި ވެސް ކުޅެފައި ވެއެވެ.