ހައްޔަރު ކޮށްފައި ވަނީ އިނގުރައިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރ. އަތޮޅު އިނގުރައިދޫގައި ގާއިމުވެ އޮންނަ ފުލުހާއި އިންޓެލިޖެންސް ގުޅިގެން އިނގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހައްޔަރު ކޮށްފި އެވެ.
އިއްޔެ ހިންގި އެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެށި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ އިނގުރައިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އޭނާގެ އަތުން ހޯދާފައި ވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.
ދެސްނޮޓް ޖޫސްޕެޓީ ކޮތަޅު އިޓްސް ބިގަރ