ބަރުމާގެ އަސްކަރީވެރިކަމާ ދެކޮޅު ހެދުމުން ވައިގެ ހަމަލާދީ ބަޔަކު މަރާއިފި

ބަރުމާގެ އަސްކަރީ ތަރުޖަމާނަކު ދާދި ފަހުން އަލްޖަޒީރާއަށް ވިދާޅުވީ ކުރިން ރިޕޯޓް ކޮށްފައިވާ ހަމަލާތައް ސިފައިންގެ ބޮލުގައި އަޅުވައި ގޯސްކޮށް މީޑިއާގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ބަރުމާއިން މިއަދު ހަމަލާތަކުގައި ބޭނުން ކުރި ހެލިކޮޕްޓަރެއް

މިޔަންމާ / ބަރުމާގެ އަސްކަރިއްޔާއިން މީގެ ދެއަހަރު ކުރިން ހިންގި ބަޣާވާތާއި ދެކޮޅު ހެދުމުގައި ވަރަށް ބޮޑަށް އަޑު ހަރުކޮށް އޮންނަ ކަމަށް މަޝްހޫރުވެފައިވާ މެދުތެރޭގެ ރަށަކަށް އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީ ބަޔަކު މަރައިފި އެވެ. 

މަންޒަރު ދުށް މީހުންނާއި އެ ގައުމުގެ މީޑިއާއިން ބުނީ މިއަދު ހެނދުނު ދިން ހަމަލާގައި ދިހަވަރަކަށް މީހުން މަރާލައި އެތައް ބަޔަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ.  

ސަގައިން ސަރަހައްދުގެ ރައްޔިތުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ޕަޒިގީ ޓައުންގެ ބެރެޖްގައި އާންމުން ހިމެނޭ ގޮތަށް މަދުވެގެން 30 މީހުން މަރާލާފައި ވެއެވެ. އެ ސަރަހައްދަށް ވައިގެ މަގުން ހަމަލާދީފައި ވަނީ އިދާރީ އޮފީހެއް އިފްތިތާހު ކުރަން ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައި ވަނި ކޮށެވެ.

"ހެނދުނު 7:35 ހާއިރު އެއްވެ ތިބި މީހުންނަށް ޖެޓްތަކުން ހަމަލާދީ އެމީހުންގެ ފަހަތުން އެމްއައި-35 ހެލިކޮޕްޓަރުތައް ވެސް ދުއްވި" ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޗެންގް، އެ ހަމަލާއި ސަލާމަތްވި މީހަކާ ހަވާލާދީ ބުންޏެވެ. "އޭނާ ބުނޭ 40 މީހުން މަރުވެފައިވާކަން ކަށަވަރޭ" 

މިދިޔަ މަހު މިޔަންމާގެ ބަޣާވާތުގެ ލީޑަރު މިން އަންގް ހްލައިންގް ވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ "ޓެރަރިސްޓުން" އާ މެދު ހަރުކަށި ފިޔަވަޅު އަޅަން ވައުދުވެވަޑައިގެންފަ އެވެ.

ޑިމިކްރެޓިކޮށް އިންތިހާބުވި އަންގް ސަން ސޫކީގެ ސަރުކާރު ފެބްރުއަރީ 1، 2021 ގައި އަސްކަރިއްޔާއިން ވައްޓާލުމުން އެކަމާ ދެކޮޅު ހަދާ ފަރާތްތަކަށް ސަލާމަތީ ބާރުތަކުން ދަނީ ލޭއޮހޮރުވައި އަނިޔާވެރިކަން ދައްކަމުންނެވެ. އަސްކަރިއްޔާގެ އާޓިލަރީ ހަމަލާތަކާއި ވައިގެ ހަމަލާތައް އިތުރުވަމުންދާއިރު، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފަ އެވެ.

އެކަމަކު ބަރުމާގެ އަސްކަރީ ތަރުޖަމާނަކު ދާދި ފަހުން އަލްޖަޒީރާއަށް ވިދާޅުވީ ކުރިން ރިޕޯޓް ކޮށްފައިވާ ހަމަލާތައް ސިފައިންގެ ބޮލުގައި އަޅުވައި ގޯސްކޮށް މީޑިއާގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

މިއަދުގެ ހަމަލާތަކާ ގުޅިގެން މިޔަންމާގެ އަސްކަރީ ވެރިންގެ ފަރާތުން ޖަވާބެއް ނުލިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.