ފިރިމީހާ ދިފާއުވާ ގޮތަށް ބަޔާން ދިނުމުން ވަޅި ހެރިކަން ސާބިތެއްނުވި

ކުރީން ސްރިނިވަސަން ސުބްރަމަނީ ވެސް ވަނީ އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމަށް އެއްބަސްވެފަ އެވެ. އޭރު ބުނެފައި ވަނީ ގޭތެރޭގައި ހިނގި ޒުވާބެއްގައި އަނބިމީހާ ގަޔަށް ވަޅި ހެރުނީ ކަމަށެވެ.

ކްރިމިނަލް ކޯޓު:

މާލޭގެ ގެއެއްގެ ތެރޭގައި އަނބިމީހާގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލުމުން ދައުވާ އުފުލި އިންޑިއާ މީހާ ދިފާއުވާ ގޮތަށް އޭނާގެ އަނބިމީހާ ހެކިބަސް ދިނުމުން އެ ދައުވާ ކޯޓުގައި ސާބިތެއް ނުވި އެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެ މާރާމާރީގެ މައްސަލައިގެ ހުކުމް މިއަދު އިއްވީ ސާބިތު ނުވާ ކަމަށެވެ. 

މިއީ އިންޑިއާގެ ފިރިމީހާ، ސްރިނވަސަން ސުބްރަމަނީ 27، އޭނާގެ އިންޑިއާ އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލަ އެކެވެ. ދިވެހި ދައުލަތުން އެ މީހާއަށް ދައުވާ ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގަ އެވެ. 

އަނބިމީހާ ނިދާފައި އޮއްވައި ވަޅިން ހަމަލާ ދިނީ ކަމަށް ދައުވާގައި ބުނި ނަމަވެސް އަންހެން މީހާ ކޯޓުގައި ބުނީ އެހެން ގޮތަކަށެވެ. އޭނާ ބުނީ ވަޅި ހެރުނީ އޭނާ ތަރުކާރީ ކޮށަން ސިޓިންރޫމްގައި އިންނަ ތަނެއްގައި ވަޅި އޮއްވައި ނިދިގެން، ނިދީގެ ތެރޭގައި ކަމަށެވެ. ކުރީން ވަޅި ހެރީ ކަމަށް ބަޔާނެއް ދިނީ ފިރިމީހާ އޭނާ ޑީޕޯޓް ކޮށްލާނެ ކަމަށް ބުނުމުން ކަމަށް ވެސް ބުންޏެވެ.

މާރާމާރީގެ އެ މަންޒަރު ފެނުނު އިތުރު މީހަކު ނެތެވެ. އެހެންވެ އެ އަނބިމީހާ ފަހުން ބުނި ބަހަކީ ދޮގެއްކަން ދައުލަތަަށް ސާބިތެއް ނުކޮށް ދެވެ އެވެ. 

ކުރީން ސްރިނިވަސަން ސުބްރަމަނީ ވެސް ވަނީ އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމަށް އެއްބަސްވެފަ އެވެ. އޭރު ބުނެފައި ވަނީ ގޭތެރޭގައި ހިނގި ޒުވާބެއްގައި އަނބިމީހާ ގަޔަށް ވަޅި ހެރުނީ ކަމަށެވެ.

އަނބިމީހާ ގަޔަށް ވަޅި ހެރުމަށް ފަހު އޭނާ އަމިއްލަ ބަނޑަށް ވެސް ވަޅި ހެރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.