ބިމުގެ ބޮޑުމިނުގައި 116.92 ހެކްޓަރު އޮންނަ އަދި އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ތިބި މަނަދޫގެ ސަރަޙައްދުތަކުގައި ކެމެރާ ހަރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފަ އެވެ.
މީހަކު މާރާލައިގެން ރަށް ބަންދުކޮށް ފުޅާ ތަހުގީގެއް ފަށާފައިވާ ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރު ކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށުން އިއުލާނު ޖަހައިފި އެވެ.
މަނަދޫގައި ސީސީސޓީވީ ކެމެރާތައް އަޅައި ދޭން އެ ރަށު ކައުންސިލުން އިއުލާނެއް ޖެހީ އިއްޔެ އެވެ. އެ އިއުލާން ކުރި އިރު ދިމާވެފައި ވަނީ އެރަށު އަންނާރުމާގެ ނައީމާ މޫސާ، 62 މަރާލާފައި އޮތްވާ ފެނުނު ހާދިސާގެ ތަހުގީގުގެ ދަނޑަޅިވަޅާ އެވެ.
ބިމުގެ ބޮޑުމިނުގައި 116.92 ހެކްޓަރު އޮންނަ އަދި އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ތިބި މަނަދޫގެ އެކިި ސަރަޙައްދުތަކުގައި ކެމެރާ ހަރު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރަން ރަޖިސްޓްރީވާން ވަނީ ހުޅުވާލާފަ އެވެ.
ރަޖިސްޓްރީވުން 17 އޭޕްރީލްގަ އެވެ. އަދި 18 އިގައި މައުލޫމާތު ސާފު ކުރުމެވެ، ބިޑު ކުރުން 27 އޭޕްރީލްގަ އެވެ.
މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިއަ ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު އެވެ. އެ ހަބަރު ލިބިމުން ގޭގެ ދޮރެއް ހަލާކު ކޮށްލައިގެން ފުލުހުނ ވަންއިރު ނައީމާ އޮތީ ބިންމަތީގައި މަރުވެފަ އެވެ. އޭނާގެ މަރާމަދު ޝައްކު އުފެދުނީ އޭނާގެ ހަށިގަނޑު ޒަހަމްތަކެއް ފެނިގެނެވެ. އެ މަރާ ގުޅޭ ތަހުގީގު ކުރިޔަށް ގެންދާއިރު އަދި ތުހުމަތަށް މީހަކު ހައްޔަރު ކޮފައެއް ނުވެއެވެ.