އެމްބިއުލާންސްގެ ވިއުގަ ގަދަކުރަން 20 އެމްބިއުލާންސް ހޯދަން އެސްޓީއޯއަށް

އެސްޓީއޯއިން ސިއްހީ ދާއިރާ އަށް ބޭނުންވާ 96 އެމްބިއުލާންސްއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީފަ އެވެ.

އެމްބިއުލާންސް ފޯރުކޮށްދިނުމަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯއިން ސޮއި ކުރަނީ -- އެސްޓިއޯ

މީގެ ކުރިން އެ ކުންފުނިން 96 އެމްބިއުލާންސް ފޯރުކޮށްދީފައިވޭ

އެމްބިއުލާންސުގެ ވިއުގަ ވަރުގަދަ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ކާމިޔާބު ކުރުމަށް ބޭނުންވާ އިތުރު 20 އެމްބިއުލާންސް ހޯދަން ސަރުކާރުން މިވަނީ އެސްޓީއޯއާ ހަވާލުކޮށްފަ އެވެ.

އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކޮއްޓޭ) އެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އެވެ. 

އެމްބިއުލާންސް އެއްބަސްވުން - މި އެއްބަސްވުމުގެ ދަށުން ގެނެވޭ 20 އެމްބިއުލާންސް، 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެނެވި، މިނިސްޓްރީ އާއި ހަވާލު ކުރަން ޖެހެ އެވެ. އެސްޓިއޯ އިން މީގެ ކުރިން ވެސް ވަނީ މިނިސްޓްރީގެ އެދިލެއްވުމަށް، ސިއްހީ ދާއިރާ އަށް ބޭނުންވާ 96 އެމްބިއުލާންސްއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދިޔަ އަހަރާ ހަމައަށް ފޯރުކޮށްދީފަ އެެވ.

އެމްބިއުލާންސް ފޯރުކޮށްދޭން އެސްޓީއޯއަށް ދިން އަގެއް ހެލްތް މިނިސްޓްރީންވެސް އަދި އެ ކުންފުނިން ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެއްވެރެޖުކޮށް ސަޕްލަޔަރުން އެމްބިއުލާންސެއް ފޯރުކޮށްދޭ އަގު އުޅެނީ ފަސް ލައްކަ ރުފިޔާއާ މިލިއަނަކާ ދެމެދުގަ އެވެ. 

ސަރުކާރުން ވަނީ 60 ރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ހިދުމަތަކީ ޑިމާންޑް ބޮޑު މުހިންމު ހިދުމަތަކަށް ވުމުން އެމްބިއުލާންސްއަށް ވަކި ވުޒާރާއެއް އުފައްދަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރު މަޖިލީހުގައި މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.