ސރިއާއިން އިތުރު އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދޭނަމަ ވަރުގަދަ ބަދަލު ހިފުމަކަށް ފުދޭވަރުގެ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް އިޒްރޭލުން ވަނީ ދީފަ އެވެ.
ސީރިއާއިން އިޒްރޭލުގެ އުތުރަށް އަމާޒު ކޮށް ރޮކެޓެއް ހަމަލާއެއް ދިނުމުން އިޒްްރޭލުގެ އަސްކަރިއްޔާއިން ރައްދުގައި ސީރިއާއަށް ހަމަލާތައް ދީފި އެވެ.
ކުއްލި ގޮތަކަށް ސީރިއާ އިން އިޒްރޭލަށް ހަމަލާ ދިނުމުން އަދި އިޒްރޭލުން ރައްދުގައި ހަމަލާތަކެއް ދިނުމުން ވެސް ސިރިއާ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް މިކަމާ ގުޅުވައިގެނެއްް ނުބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ސީރިއާއިން ހަމަލާތައް ދޭން ބޭނުން ކުރާ ރޮކެޓް ލޯންޗުތަކާ ދެކޮޅަށް އާޓިލަރީ ހަމަލާތަކާއި ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ސީރިޔާގެ ސަރަހައްދަށް ދެ ބުރެއްގެ މަތީން ހަމަލާދީފައި ވާއިރު ސީރިއާގެ ރާޑަރު ސިސްޓަމަކަށާއި ސީރިއާ ސިފައިން ބޭނުން ކުރާ ބައެއް ހަތިޔާރުތަކަށް ހަމަލާ އަމާޒު ކޮށްފައިވާނެ ކަމަށެވެ.
ސރިއާއިން އިތުރު އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދޭނަމަ ވަރުގަދަ ބަދަލު ހިފުމަކަށް ފުދޭވަރުގެ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް އިޒްރޭލުން ވަނީ ދީފަ އެވެ.
ސީރިއާ އިން އިޒްރޭލަށް ރޮކެޓް ހަމަލާތައް ތިން ފަރަކަށް ދީފައި ވެއެވެ. އެ ހަމަލާތައް ދިނީ މި ރޯދަ މަހު ނަމާދަށް ދާ ފަލަސްތީނުގެ މުސްލިމުނަށް އިޒްރޭލުން ސިފައިންނާއި ފުލުހުން އެކުވެ ސްޓަން ގްރެނޭޑާއި ރަބަރާއި ދަގަނޑު ވަޒަނުން ހަމަލާދީ އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރޭގައި ބަޑީގެ މުއްގަނޑާއި މުގުރުން މުސްލިމުންނަށް އަނިކޮށް ލާއިންސާނީ ޖަރީމާތައް ހިންގައި އަގްސޯ މިސްކިތަށް ގެއްލުންތައް ދޭން ފެށުމުން ފިތުނަ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.