ގުރައިދޫ އިންތިހާބަށް އިންތިހާއަށް ނުފޫޒު ފޯރުވާ، މަސްތުވާތަކެތި ވެސް އެބަ ބަހާ: އެމްއެންޕީ

ސަރުކާރުން ވަނީ އިންތިހާބާ ދިމާކޮށް ތިން ރަށުގައި ބައެއް މަސައްކަތްތައް ފަށާފައެވެ. އަދި ސަރުކާރުގެ ވެރީން ރަސްމީ ދަތުރުތަކާއި ނުރަސްމީ ދަތުރުތަކުގައި ތިން ރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވައެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މި މަހުގެ 14ވަ ނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުން ދާ ކަމަށާއި މަސްތުވާތަކެތި ބެހުން ފަދަ ނުބައި އަމަލުތައްވެސް ހިންގަމުންދާ ކަމަށް އެ އިންތިހާބަށް ކެންޑިޑޭޓަކު ނެރެފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތުހުމަތު ކޮށްފި އެވެ. 

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕާޓީގެ ރައީސް، އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތައް ބޭނުންކޮށްގެން އެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުން އެބަ ދެއެވެ. އެގޮތުން މީގެ ކުރިން ރާވާފައި ނެތް މަޝްރޫއުތަކާއި ކަންކަން އިންތިހާބާއި ގުޅިގެން ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ހުރިހާ ދުވަހު ގުޅީގެ ބިން ހިއްކުމެއް ނެތް. [އިންތިހާބު] އިއުލާނު ކުރުމާ ގުޅިގެން ހަމަ ސަރުކާރުން އެތަނަށް، އެމްޓީސީސީއާ އަދި ކަމާބެހޭ ފަރާތްތަކާ ގެންގޮސް އެކަން އެ އިއުލާނު ކުރީ" ނާޒިމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ މާފުށީ ހިއްކި ބިމުން ގޯތި ދިނުމަށް ކުއްލިއަކަށް އިއުލާނު ކުރުމަކީވެސް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ. ނާޒިމް ވަނީ ސަރުކާރު ކުންފުނިތަކުން އިތުރަށް ވަޒީފާ ދިނުމާއި މިހާރު ތިބި މުވައްޒަފުންނަށް ބިރުދެއްކުމުގެ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިންތިހާބާ ދިމާކޮށް ޒުވާނުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން "ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި" ދީ ހަދާފައި ވެސް އެބަ ހުއްޓެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް ނާޒިމް ވިދާޅެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން ފަހުން ސުވާލުކުރުމުން އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ އޭގެ ތެރޭގައި ބަނގުރަލާއި މަސްތުވާތަކެތި ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

ގުރައިދޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަލީ އާރިޕެވެ. އޭނާއަކީ ތައުލީމީ ދާއިރާގައި ހިދުމަތް ކޮށްފައިވާ މީހެކެވެ. އޭނާގެ އިތުރުން އިދިކޮޅު ޕީޕީއެމާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވެސް އެ ގޮނޑިއަށް ވާދަކުރެއެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާއެވެ. އެމްޑީޕީގެ ކެންޑިޑޭޓަކީ އިބްރާހީމް ޝާޒެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ގުޅި އާއި މާފުށި ހިމެނޭ ގޮތަށް ތިން ރަށެވެ.

ސަރުކާރުން ވަނީ އިންތިހާބާ ދިމާކޮށް ތިން ރަށުގައި ބައެއް މަސައްކަތްތައް ފަށާފައެވެ. އަދި ސަރުކާރުގެ ވެރީން ރަސްމީ ދަތުރުތަކާއި ނުރަސްމީ ދަތުރުތަކުގައި ތިން ރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.