ރިޕަބްލިކަން ޕާޓީގެ 76 ޕަސެންޓް މީހުން ދެކޭ ގޮތުގައި ގާނޫނު ތަންފީޒުކުރާ ބައެއް މީހުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ކުރާ ތަހުގީގުތަކެއްގެ ތެރެއިން ޓްރަމްޕް ގަންބާލާށެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އޮރިޔާން ކާޑް އުފައްދާ ކަސްބީ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސް އާއެކު ނުހަމަ ގުޅުމެއް ބޭއްވިކަން ސިއްރު ކުރުމުގެ ކުރުމުގެ ގޮތުން ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށް ދައުވާތަކެއް ވަނީ އުފުލާފަ އެވެ.
މި މައްސަލައިގެ ދައުވާތައް އުފުލުމާ ގުޅިގެން ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަރަށް ބޮޑަށް ދެބަސްވެފައި ވާއިރު، ސާވޭތަކުން ދައްކާ ގޮތުގައި ޓްރަމްޕަށް އެއްވެސް މައްސަލައެއް އަދިއެއް ނެތެވެ.
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކުރުމުން އެމެރިކާގެ ރައްޔިތުން އެ މައްސަލާގައި ހަމަހަމައަށް ބައިބައިވެފައި ވެއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ ނޮމިނޭޝަން ކާމިޔާބު ކުރުމުގެ ފުރުސަތު ޓްރަމްޕަށް ބޮޑުވެފައިވާ ކަމަށް މިހާރުގެ ޕޯލްތަކުން ދައްކަ އެވެ.
އެންމެ ފަހުގެ ޕޯލް ކުރިއަށް ގެންގޮސްފައި ވަނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ނިއުޔޯކް ސިޓީގެ ޕްރޮސެކިއުޓަރުން 34 ދައުވާއެއް ޓްރަމްޕްގެ މައްޗަށް މިދިއަ އަންގާރަ ދުވަހު ކޮށްފައި އޮއްވަ އެވެ.
އެ ޕޯލްއިން ދައްކާ ގޮތުގައި އެމެރިކާގެ ހުރިހާ ރައްޔިތުންގެ ތެރެއިން 49 ޕަސެންޓް މީހުން ބުނެފައި ވަނީ އެމީހުނަށް ހީވާ ގޮތުގައި އެމެރިކާގެ ރައީސެއް ނުވަތަ ކުރީގެ ރައީސަކާ ދެކޮޅަށް ޖިނާއީ މައްސަލައެއް ޕީޖީން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު ޓްރަމްޕްގެ މައްސަލައަކީ ސިޔާސީ ކަމެކެވެ.
މި ހޯދުންތަކުން ރައީސް ޓްރަމްޕްގެ ވަށައިގެން އެނބުރެމުންދާ ގިނަ ކަންކަމުގައި ސިޔާސީ ބައިބައިވުން ހާމަވެގެން ދެއެވެ. އަމިއްލައަށް ޑިމޮކްރެޓުން ކަމަށް ސިފަކުރާ 84 ޕަސެންޓެއްހާ މީހުން ބުނި ގޮތުގައި ރައީސް ޓްރަމްޕގެ މައްޗަށް އޮތް ދައުވާއަކީ ޝަރަފުވެރި ދައުވާއެކެވެ.
ރިޕަބްލިކަން ޕާޓީގެ 40 ޕަސެންޓެއްހާ މީހުން ބުނީ މި މައްސަލައިގެ ސަބަބުން 2024 ވަނަ އަހަރު ޓްރަމްޕަށް ވޯޓު ދިނުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ. އަދި 12 ޕަސެންޓް މީހުން ބުނީ އޭގެ ސަބަބުން ޓްރަމްޕަށް ތާއީދު ކުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް އަނެއް 38 ޕަސެންޓް މީހުން ބުނީ އެކަމުގެ އެއްވެސް އަސަރެއް ޓްރަމްޕަށް ނުކުރާ ކަމަށެވެ. ޓްރަމްޕަށް ހުރަހެއް ނެތް ކަމަށެވެ.
ރިޕަބްލިކަން ޕާޓީގެ ނޮމިނޭޝަންގެ ދާއިރާގައި ޓްރަމްޕް ލީޑް ކުރައްވަނީ ބޮޑު ތަފާތަކުންނެވެ. ރިޕަބްލިކަން ޕާޓީގެ 58 ޕަސެންޓް ރައީސް ޓްރަމްޕަކީ އެ މީހުން އިސްކަންދޭ ނޮމިނޭޝަން ކަމަށެވެ.
އެމެރިކާގެ 73 ޕަސެންޓެއް އެއްހާ މީހުން ޓްރަމްޕަށް އޮތް ދައުވާތަކުގެ މައްސަލަ ގަބޫލު ކުރެ އެވެ. އޭގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ 55 ޕަސެންޓް މީހުން ވެސް ހިމެނެ އެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ 76 ޕަސެންޓް މީހުން ދެކޭ ގޮތުގައި ގާނޫނު ތަންފީޒުކުރާ ބައެއް މީހުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ކުރާ ތަހުގީގުތަކެއްގެ ތެރެއިން ޓްރަމްޕް ގަންބާލާށެވެ.