މިސްރުގެ އަޖައިބު އަނބު: ތޮއްޓާއެކު ހުތް، ތޮއްޓާ ނުލާ ފޮނި

މިސްރުން އެތެރެކޮށް ވިއްކާ މި އަނބުގެ ކިލޯއެއް އުޅެނީ 20ރ. އަށެވެ. މި އަނބު ވިއްކަނީ މަދު ތަނެއްގަ އެވެ.

މިސްރުގެ އަޖައިބު އަނބު: މިއީ ދެ ރަހަ ދޭ އަނބެއް

ރާއްޖޭގެ އަނބު މޫސުމާއެކު ބާޒާރު އޮތީ ދޮންވެ ފައްކާވެފަ އެވެ. ރާއްޖޭގައި އަނބު ހައްދާ ރަށްރަށުން ގޯނި ގޯނީގައި ބާޒާރަށް އަނބު ބާލަމުން ދިޔައަސް މީގެ އަނބެއް ނުފެންނާނެ އެވެ. މިއީ މިސްރުގައި ހައްދައިގެން ރާއްޖެ އެތެރެކުރާ އަނބެކެވެ. މިއަށް ކިޔަނީ މިސްރުގެ އަޖައިބު އަނބެވެ. 

މީގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟

މި އަނބުގެ އެންމެ ހާއްސަ ކަމަކީ ރަހަ އެވެ. މިއީ ދެރަހަލާ އަނބެކެވެ. މި އަނބު ތޮށި މަށައިގެން ކައިފިނަމަ އޭގެން ލަނީ ފޮނި ރަހަ އެވެ. އަދި ތޮއްޓާއެކުގައި ކާނަމަ އެއިން ލާނީ ހުތް ރަހަ އެވެ. 

މިސްރުގެ އަޖައިބު އަނބު: މިއީ ދެ ރަހަ ދޭ އަނބެއް

އަނެއްކާ މި އަނބުގެ ހާއްސަ އަނެއް ކަަމަކީ މީގެ ސައިޒެވެ. އާއްމުކޮށް ފެންނަ އަނބު ބޮޑުކޮށް ހުއްޓަސް މީގެ ސައިޒު ކުޑަވެފައި ފެންނަލެއް އަނަރޫފަ އެވެ. ސައިޒުން ކުދިވެ މީގެ ނާޒުކުކަރުން ޕްލާސްޓިކް ޕްރޮޓެކްޓަރަށް ލައިގެން ނޫނީ މި ނުވިއްކަ އެވެ. މި އަނބު ކިތަންމެ އަޖައިބު ނަމަވެސް މީގެ އަނބު ބާޒާރުގައި ހުރީ އެންމެ ގޮޅިއެއްގަ އެވެ. 

އެ ގޮޅީގައި އިން ބަންގުލަދޭޝަން ސޭޓު ބުނި ގޮތުގައި ގަންނަ އަންނަ އެންމެ ސުވަލު ކުރަނި މިއީ ކޮން އެއްޗެއް ހެއްޔެވެ؟ 

މިސްރުގެ އަޖައިބު އަނބު ކިލޯއެއް ވިއްކަނީ 20ރ. އަށެވެ. ގަނޑުކޮށް ނަގާނަމަ އަގު ހެޔޮ ކޮށް ލިބޭނެ އެވެ. އެކަމަކު ކިތަންމެ ހެޔޮ އަގުގައި ލިބުނަސް މިއީ ދިވެހިންނަށް އަދި އާ އަޖައިބު އަނބެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.