ރާއްޖޭގެ ޖުމްލަ އާބާދީގެ 41 ޕަސެންޓް އުޅެނީ މާލޭގަ އެވެ. މި ނިސްބަތް 2014 ގައި ހުރީ 39 ޕަސެންޓުގަ އެވެ. ބޯހިމެނުން ދައްކާ ގޮތުން މާލެ ތޮއްޖެހުން ވަނީ އިތުރެވެ. ޖަޒީރާ ތަރައްގީގެ ނަތީޖާއެއް ނުފެނެ އެވެ.
މި ހަތަރު އަހަރަކީ ރަށްރަށުގެ ތަަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރި ހަތަރު އަހަރަށް ވާނެ އެވެ. ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން މި އަހަރު އެކަނި އަށް ބިލިއަން އަތޮޅުތަކުގެ ތަރައްގީ އަށް ހޭދަ ކުރަން ނިންމާފައިވެ އެވެ. އަދި ސަރުކާރުގެ "ޖަޒީރާ" ތަރައްގީ ސިޔާސަތުގެ ތެރޭން ރަށްރަށުގެ ނަރުދަމާ އަޅައި އެހެނިހެން އުމްރާނީ މަސައްކަތްތައް ކުރަމުން ގެންދެ އެވެ. މި ހުރިހާ މަސައްކަތެއް ރަށްރަށުގައި ކުރި ނަމަވެސް މީގެ ނަތީޖާއެއް އެބަ ފެނޭ ހެއްޔެވެ؟
"ޖަޒީރާ ތަރައްގީ" ގެނައި ނަމަވެސް ރާއްޖޭގެ އާބާދީ މާލެއަށް ތޮއްޖެހުން އެންމެ ހިނދުކޮޅަކަށް ވެސް މަޑު ޖެހުމެއް ނާދެ އެވެ. އެކަން އެނގެނީ މިދިޔަ އަހަރު މުޅި ރާއްޖޭގަައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާއިން ނެވެ.
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ (އެމްބީއެސް) ގެ މި ދިރާސާ މަސައްކަތުން އެނގޭ ގޮތުގައި 2014 އިގެ ބޯހިމެނުގައި ރާއްޖޭގެ ޖުމުލަ އާބާދީގެ 39 ޕަސެންޓް މާލޭގައި ދިރިއުޅުނުއިރު 2022 ގައި އެ ނިސްބަތް 41 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. އަދި 2007 ވަނަ އަހަރު މީހުން އާބާދު ކުރުވަން ފެށި ހުޅުމާލޭގެ އާބާދީ 2014 އިން އަޅާކިޔާނަމަ 17 ޕަސެންޓް ވަނީ އިތުރު ވެފަ އެވެ.
މާލޭގެ އަވަށްތައް ކަމަށްވާ ހެންވޭރާއި ގަލޮޅާއި މާފަންނު އަދި މައްޗަންގޮޅީގެ އާބާދީ 1.9 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެއާހިލާފަށް މާލެ ސަރަހައްދުގައި ޖަޒީރާ ވަންތަ ސިފަ ތަކެއް އޮތް ހަމައެކަނި ރަށް ކަމަށްވާ ވިލިމާލޭގެ އާބާދީ ވަނީ 2.9 ޕަސެންޓް ދަށްވެފަ އެވެ.
މިއީ އެންމެ ބައިބޯ 10 ރަށް ކަމަށް ދައްކާއިރު އެ 10 ރަށުގެ ޖުމްލަ އާބާދީއަކީ މުޅި ރާއްޖޭގެ އާބާދީގެ 13 ޕަސެންޓެވެ.
ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތުން 100 އަށްވުރެ މަދުން މީހުން ދިރިއުޅެނީ އެންމެ ރަށެއްގަ އެވެ. އެންމެ ގިނަ ރަށްރަށުގެ އާބާދީ 500 އާއި 999 އާބާދީއެއް ދިރިއުޅެ އެވެ. މި ވަރުގެ އާބާދީއެއް އޮތް 71 ރަށް ރާއްޖޭގައި އެބައޮތެވެ. އަދި 1000 އާއި 4999 އާ ދެމެދުގެ އާބާދީއެއް ދިރިއުޅޭ އޮތީ 70 ރަށެވެ. އަދި 5،000 އާއި 9،999 ގެ އާބާދީއެއް އޮތީ އެންމެ ދެ ރަށުގަ އެވެ. އަދި 10،000 އިން މަތީގެ އާބާދީއެއް އޮތީ އެންމެ ތިން ރަށެއްގަ އެވެ. މި ތިން ރަަށަކީ:
މި ނަތީޖާތައް ދައްކާ ގޮތުގައި ސަރުކާރުން ބިލިއަނުން ހަރަދު ކުރި ނަމަވެސް ދިވެހިންގެ ގިނަ ބަޔަކު ރަށްރަށަށް ދިރިއުޅުން ބަދަދު ކުރާތަނެއް ނުފެނެ އެވެ.
އަހަރުން އަހަރަށް ރަށްރަށުގެ އާބާދީ ދަށްވެ މާލެ ތޮއްޖެހުން ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް އަންނަ އާބާދީ ވަނީ އިތުރުވެފަ އެވެ. މިހުރިހާ ކަމެއް މިހެން އޮތްއިރު ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި 7،000 އަށްވުރެ ގިނަ ފްލެޓު އަޅަމުންނެވެ. މި ފްލެޓުތަކާއެކު މާލެ ސަރަހައްދުގެ އާބާދީ އަނެއްކާވެސް އިތުރުވެގެން ދާނެ އެވެ.