ރައީސާއި އުއްޗު ގަމަރުގިރީގައި، ތާއީދާއެކު އުއްޗު އެރުވީ "އިބޫ 23" ޓީޝާޓެއް

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އުއްޗުއަކީ އޭރެއްގެ ސަރުކާރަކާ ގާތްކަމެއް ގެންގުޅުއްވާ އެހީތެރިވެ ދެއްވާ ބޭފުޅެކެވެ.

"އިބޫ23" ޖަހާފައިވާ ޓީޝާޓެއް އުއްޗު، ރައީސް ސޯލިހަށް މިއަދު ވެދުން ކުރައްވަނީ

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ދެ ބޭފުޅުން، ޕްރައިވެޓް ރޯދަވިއްލުމަކުން ބައްދަލު ކުރައްވައި އުއްޗު ރައީސް ސޯލިހު އެންޑޯސް ކުރައްވާކަން ހާމަވާ ގޮތަށް ހަދިޔާ ބަދަލު ކުރައްވައިފި އެވެ. 

ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ އުއްޗުގެ ޕްރައިވެޓް އައިލެންޑް، ގަމަރު ގިރީގައި މިއަދު އެވެ.

އެ ބައްދަލުވުމަށާއި ރޯދަ ވީއްލުމަށް ރައީސް ގަމަރުގިރިއަށް ވަޑައިގަތުމުން ހާއްސަ މަރުހަބާއެއް ދެންނެވުމުގެ އިތުރުން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާނެކަން ހާމަކޮށް ދެއްވަން "އިބޫ 23" ޖަހާފައިވާ ޓީޝޓެއް އުއްޗުގެ ފަރާތްޕުޅުން ރައީސަަށް ވެދުމަށް އެރުވާފައި ވެއެވެ. 

ދެ ބޭފުޅުންގެ މެދުގައި ހިނގީ ކޮން މަޝްވަރާތަކެއް ކަމެއް ސާފުވެފައެއް އަދި ނުވެއެވެ.

ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމުގެ ގޮތުންނާއި ރައީސް ސޯލިހުގެ ސަރުކާރު ކޯލިޝަނަށް ތާއީދާއި ނުފޫޒު އޮތް ބޭފުޅުން އިތުރު ކުރެއްވުމުގެ ގޮތުން ރައީސް ގެންދަވަނީ ސިޔާސީ އެކި ފަރާތްތަކާއި ވިޔަފާރިވެރިންނާއި އެހެން ވެސް ގިނަ ފަރާތްތަކާ ބައްދަލު ކުރައްވާ މަޝްވަރާތައް ކުރައްވަމުންނެވެ. އަދި އެ މަނިކުފާނުގެ ފަރާތްޕުޅުން މަންދޫބުން ފޮނުވައިގެން ވެސް އެފަދަ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަ އެވެ. 

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އުއްޗުއަކީ އޭރެއްގެ ސަރުކާރަކާ ގާތްކަމެއް ގެންގުޅުއްވާ އެހީތެރިވެ ދެއްވާ ބޭފުޅެކެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ޕާޓީތަކާއި މެންބަރުންނަށް ވެސް ހޭދަ ކުރައްވާ ވަރަށް ބޮޑު މަހުޖަނެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.