ކުރިން ވިސާ ނެގުމާ ނުލައި އޮމާނަށް ދަތުރުކުރުމަށް ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަން ޖެހެއެވެ.
ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެ ގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖަައްސައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރީން ބުނި ގޮތުގައި މި އިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިން އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ތިބެވޭނެ އެވެ.
ކުރިން ވިސާ ނެގުމާ ނުލައި އޮމާނަށް ދަތުރުކުރުމަށް ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަން ޖެހެއެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން ހަ މަސްދުވަސް އޮންނަން ވާނެއެވެ.
އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުމާއި އޮމާނުން ރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.