ރައީީސަށް ތާއީދުކުރާ މެންބަރުންނަށް ޝިދާތާ: ބާރު ލިބުމުން ނަގާ އެއްލާލާނެ

"ރައީސް އިބޫ އިތުރު ދައުރަކަށް ގެންނަން އަތުކުރި އޮޅައިގެން ތިބި ބަޔަކު ނަމަ ވިސްނާ ފިކުރު ކޮށްލާ. އިހްލާސްތެރި ބުރަ މަސައްކަތް ކުރުމުގެ ހަދިޔާ އަކަށް ވާނީ ބާރު ލިބުމުން ނަގާ އެއްލާލުން"

ޝިދާތާ ޝަރީފް، ރައީސް ސޯލިހާއި ސަލާމް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަަކަށް އިންތިހާބު ކުރުމަށް މަަސައްކަތް ކުރާ ބޭފުޅުންނަށް ކުރީގެ ޖެންޑާ މިނިސްޓަރު / މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

ޝިދާތާ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހް އިތުރު ދައުރަކަށް އިންތިހާބު ކުރަން ބޭނުންވެ އެކަމަށް މަސައްކަތް ކުރާ ބަޔަކު ވިސްނާ ފިކުރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ވިދާޅުވީ އިހުލާސްތެރި ކަމާއެކު އެ މީހުން ކުރާ ބުރަ މަސައްކަތުގެ ހަދިޔާއަކަށް އާހިރުގައި ވާނީ ނަގާ އެއްލާލުން ކަމަށެވެ.

"ރައީސް އިބޫ އިތުރު ދައުރަކަށް ގެންނަން އަތުކުރި އޮޅައިގެން ތިބި ބަޔަކު ނަމަ ވިސްނާ ފިކުރު ކޮށްލާ. އިހްލާސްތެރި ބުރަ މަސައްކަތް ކުރުމުގެ ހަދިޔާ އަކަށް ވާނީ ބާރު ލިބުމުން ނަގާ އެއްލާލުން،" ޝިދާތާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޝިދާތާގެ މި ޓްވީޓް ވަނީ ރައީސް ސޯލިހާއި އެމަނިކުފާނު އިސްލީޑަރުކަން ކުރައްވާ އެމްޑީޕީ އަދި ދެވަނަ ދައުރަކަށް ރައީސާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ އަދާލަތު ޕާޓީ އާއި އެެމްޑީއޭގެ ރަސްމީ ޓްވީޓާ އެކައުންޓަށް ޓެގް ކުރައްވާފައެވެ.

ޝިދާތާއަކީ ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ކުރި ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅެކެވެ. އޭރު އަދާލަތު ތަމްސީލު ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ޝިދާތާ އެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ޝިދާތާއަށް ދެއްވީ ޖެންޑާ މިނިސްޓަރު ކަމެވެ. ނަމަވެސް ތަފާތު ތުހުމަތައް ކުރައްވަން ފައްޓަވާ އެ ތުހުމަތުތައް އެކަމަނާގެ ބޮލުގައި އަޅުއްވާ މަގާމުން ދުރުކުރާނެ ކަމަށް އިންޒާރު ދިނުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އެވެ. ފަހުން އަދާލަތު ދޫކޮށްލައްވާ އެމްއެންޕީއާ ގުޅިވަޑައިގަތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.