އެންމެ ބާރުގަދަ ނިއުކުލިއަ ހަތިޔާރާއެކު ދުޝްމަނުން ހުއްޓުވަން ޖެހޭ: ކިމް

ލީޑަރު ކިމް، އެހެން ވިދާޅުވި އިރު އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އެމެރިކާ ގުޅިގެން ޖަޕާނާއި ދެކުނު ކޮރެއާއި އުފައްދާފައިވާ ބާރުގެ މަނަވަރާއި ސަބްމެރިންތައް ބަހައްޓާފައި ވަނީ އުތުރުގެ އައްސޭރިއާ ދިމާއަށެވެ.

ހަތިޔާރާބެހޭ އިދާރާއަކަށް ލިޑަރު ކިމް ޒިޔާރަތް ކުރައްވާ ކަންކަން އޮޅުން ފިލުވަނީ

ނިއުކްލިޔަ ހަތިޔާރަށް ފުދޭނެ ބާރުގަދަ ހުރިހާ ވަސީލަތެއް އުފައްދަން ބޭނުންވާ ޔުރޭނިއަމާއި އެހެން އާލާތްތައް ފައްކާ ކުރުން ހަލުއި ކުރަން އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އަމުރު ކުރައްވައިފި އެވެ. 

އުތުރުގެ ނިއުކްލިޔަ ހަތިޔާރާ ބެހޭ މައި އިދާރާއަށް ކުރެއްވި ޒިޔާރަތެއްގެ ތެރޭ ކިމް ވިދާޅުވީ ގައުމުގެ ކޮންމެ އިދާރާއެއްގެ އެންމެ އިސް އަހައްމިއްޔަތަކީ ނިއުކުލިއަ ފައްކާ ކުރުން ކަމަށް ހަދަން ޖެހޭނެ ކަމަށެވެ. އެއީ އެދުމެއް ނޫން ކަމަށާއި އެކަމަކު އެއީ އަމުރެއް ކަމަށެވެ. 

ލީޑަރު އަމުރު ކުރައްވަނީ ހަމައެކނި ނިއުކްލިޔަ ފައްކާ ކުރާކަށް ނޫނެވެ. ހަނގުރާމައާއި ހަތިޔާރާ އިސްވެރިންނަށް ލީޑަރު ކިމް އެންގެވީ ނިއުކްލިއަ ހަތިޔާރުގެ ވެސް އެންމެ ބާރުގަދަ ހަތިޔާރާ ހަމަށް މަސައްކަތް ގެންދިއުމަށެވެ. ވިދާޅުވީ ބޭނުމަކީ އުތުރުގެ މިނިވަންކަމާއި ސިޔާދަތު ނަގައިލަން އެމެރިކާ އިސްވެ ހިންގާ ކަންކަން ހުއްވުން ކަމަށެވެ: 

"ނިއުކްލިޔަ ގާބިލުކަން މުޅި ދުނިޔެއަށް ފެނެން ޖެހޭނެ. އޭރަށް ދުޝްމަނުން ފަހަތަށް ޖެހޭނެ"  
 
ނިއުކްލިޔަ ހަތިޔާރު އުފައްދަން ޔުރޭނިއަމް މާއްދާ އާއި އެހެން އެފަދަ ވަސީލަތްތައް ގާއިމް ކުރުން މިހާރު ވެސް އުތުރުގައި ހިނގަ ހިނގާ އޮވެ އެވެ. ލީޑަރު ކިމް ވިދާޅުވަނީ ސްޕީޑް ދަތްގަނޑު މައްޗަށް އުފުލައި ހަލުއި ކުރުން މުހިންމު ވެފައިވާ ކަމަށާއި ދުޝްމަނުން ވަށަވަށައިގެން އެބަތިބި ކަމަށެވެ. އެމީހުން ހެވެއް ނޭދޭނެ ކަމަށައި އެ މީހުން ހުއްޓުވަން ޖެހޭނީ ދިފާއު ވަރުގަދަ ކޮށްގެން ކަމަށެވެ.

ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ކޮރެޔާއިން ނިއުކްލިޔަ ވޯހެޑާއި ބޮން އުފުލޭނެ އަދި ނިއުކްލިޔާ ހަމަލާއެއް ދެވޭނެ ގިނަ ގޮތްތަކެއް މިހާރު ވެސް ފައްކާ ކޮށްފައި ވެއެވެ. އެމެރިކާ އާއި ބައިވެރި ވެސް އަދި އުތުރު ވެސް ބަހުގެ ހަމަލާތައް ދެނީ ބިރު ދެއްކުމުގެ ގޮތުންނާއި ފަހަތަށް ޖެއްސުމުގެ ބޭނުމުގައި ކަމަށް ދުށް ނަމަވެސް އުތުރުގެ އަސްކަރީ ގާބިލުކަން ވަރުން އެޅުވޭވަރަށް ވުރެ ކުރިޔަށް ޖެހިފައިވާ ކަމަށެވެ.

ލީޑަރު ކިމް، އެހެން ވިދާޅުވި އިރު އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އެމެރިކާ ގުޅިގެން ޖަޕާނާއި ދެކުނު ކޮރެއާއި އުފައްދާފައިވާ ބާރުގެ މަނަވަރާއި ސަބްމެރިންތައް ބަހައްޓާފައި ވަނީ އުތުރުގެ އައްސޭރިއާ ދިމާއަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.