ކުކްރެލާ އަކީ ސްޕޭންގެ ގޭޓާފޭއިން ބްރައިޓަންއަށް ބަދަލުވެ ފަސޭހަ ކަމާއެކު އިނގިރޭސީ ފުޓްބޯޅައަށް ހޭނި މިދިއަ ސީޒަންގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރީ މެން ސިޓީ އާއި ޗެލްސީއެވެ.
ގާތްގަނޑަކަށް 50 މިލިއަން ޕައުންޑުގެ ފީއަކަށް ބްރައިޓަންގެ ސްޕެއިން ފުލްބެކް މާކް ކުކުރެލާ ޗެލްސީއަށް ބަދަލުވާން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އުމުރުން 24 އަހަރުގެ ޑިފެންޑަރު / ވިންގްބެކް ޗެލްސީއަށް ބަދަލުވާން ނިންމީ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޝައުގުވެރިކަން ފާޅު ކުރުމުން ސިޓީއަށް ބަދަލުވާން ވާހަކަ ދެކެވި ޓްރާންސްފާއަށް އެދިފައި ވަނިކޮށް ސިޓީން އެއްބަސްވުމެއް ކުރިއަށް ނުގެންގޮސް ކުކްރެލާގެ ފީ މާ ބޮޑު ކަމަށް ނިންމުމުންނެވެ. ރިޕޯޓްތައް އެހެން ބުނި ނަމަވެސް ބްރައިޓަން އިން ބުނެފައި ވަނީ އަދި އެފަދަ ނިންމުމެއް ނެތް ކަމަށެވެ.
ކްކްރެލާ ބްރައިޓަން އާ ގުޅުނީ ސްޕޭންގެ ގެޓާފޭއިންނެވެ. މިދިއަ ސީޒަނެއްގަ ބްރައިޓަންއާ ގުޅުމަށް ފަހު އޭނާ ވަނީ އިނގިރޭސި ފުޓްބޯޅައަށް ހޭނި މޮޅަށް ކުޅެފަ އެވެ. ބްރައިޓަންއަށް 35 މެޗު ކުޅެ ލަނޑެއް ޖަހާފައިވާއިރު ހަލުއި އަދި ހުއްޓާ ނުލައި މަސައްކަތް ކުރާ ކްކުރެލާ ފާހަގަ ވެފައި ވަނީ އެއްވާނެއްގައި މޮޅަށް މިދިއަ ސީޒަންގައި ކުޅުނު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ކުކްރެލާ ޗެލްސީއާ ގުޅުމުން ވެގެން ދަނީ ފޯވާޑް ރަހީމް ސްޓާލިންގް އާއި ޑިފެންޑަރު ކަލިދޫ ކޮއުލިބާލީ އަށް ފަހު ސަމާ ޓްރާންސްފާގައި ޗެލްސީން ސޮއިކުރި ތިން ވަނަ ސީނިއާ ކުޅުންތެރިޔާއަށެވެ. ޗެލްސީން ވަނީ އިނގިރޭސިވިލާތުގެ ޓީނޭޖް ޔޫތު އިންޓަނޭޝަނަލް ކާނީ ޗުކުވޭމެކާއަށް ވެސް އެސްޓަން ވިލާއާއަށް 20 މިލިއަން ޕައުންޑްގެ ފީއެއް ދައްކަން އެއްބަސްވެ އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.