ކިންގްސް ޓްރޭޑިންއިން ފައިސާ ދިނުމުގެ ވައުދު އާކޮށްފި

ކިންގްސް ޓްރޭޑިންގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހްގީގު ކުރަމުން އަންނަތާ ވެސް ގިނަ ދުވަސް ވެފައިވެ އެވެ.

ކުންފުނީގެ ވެރިޔާ އަލްހާން ފަހުމީ

މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ފައިސާ ނުދީ އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން އިން އަނެއްކާވެސް ފައިސާ ދިނުމުގެ ވައުދުތައް އާ ކޮށްފި އެވެ. 

ވައުދުތައް އާ ކުރަމުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏާއެކު އިންވެސްޓަރުން އިންވެސްޓް ކޮށްފައި ވަނީ އޮންލައިން ފޮރެކްސް ޓްރޭޑް ކޮށްގެން ލިބޭ އާމްދަނީ ހޯދަން ކަމަށްވެ، ފައިސާ ހޯދީ އެ ވިޔަފާރި ކޮށްފައި ފައިސާ ދޭން ކަމަށްވާތީ އިންވެސްޓް ކުރި ފަރާތްތަކާ ކިންގްސް އާއި ދެމެދު އޮތީ ކޮޕީޓްރޭޑް ކުރުމުގެ އެއްބަސްވުމެއް ކަމަށެވެ. 

އެމީހެއްގެ އަމިއްލަ އޮންލައިން ޓްރޭޑިން އެކައުންޓް މެދުވެރިކޮށް ކިންގްސް އިން ކެޕިޓަލް އިންވެސްޓްކޮށް ޓްރޭޑް ކޮށްގެން އެފައިސާ ދައްކަން ނިންމާފައިވާ ކަމަށާއި އެކަން ކުރަން ކިންގްސް ކޮޕީޓްރޭޑަރަކަށް ވާން ބޭނުންވާ ކަންކަން ފުރިހަމަކޮށް ޓެލެގްރާމް ޗެޓުން އެމައުލޫމާތު ފޮނުވަން އެދޭ ކަމަށެވެ. އަދި މި ރޯދަ މަހު މި މަސައްކަތް ފަށާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ ކުންފުނިން މީހުންގެ އަތުން ފައިސާ ނެގީ ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އެވެ. އެއީ ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތުވެ އެކަމާބެހޭ ގޮތުން ތަހުގީގުކޮށް ބަލަން ފެށި އިރު ގިނަ ބައެއްގެ އަތުން 98 މިލިއަން ރުފިޔާ ނަގައި އޭގެ ތެރެއިން 65 މިލިއަން ރުފިޔާ އަނބުރާ ނުދީ އެބައޮތެވެ.

ކިންގްސް ޓްރޭޑިންގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހްގީގު ކުރަމުން އަންނަތާ ވެސް ގިނަ ދުވަސް ވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.