80 ޕަސެންޓް ގައިދީން ތިބީ އެންޑީއޭގެ ފަރުވާ ނުލިބި

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ 1017 މީހަކަށް އެންޑީއޭއިން ވަނީ ފަރުވާ ދީފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދު ކޮމިއުނިޓީ ސާވިސް ސެންޓަރުން 317 މީހުން ރަޖިސްޓްރީވެ ފަރުވާ ހޯދައެވެ.

މާފުށީ ޖަލު: ގައިދީންގެ ރިހިބެލިޓޭޝަން ފުރިހަމަ ގޮތުގައި ކުރިޔަކަށް ނުދޭ
  •  ޖަލު ރިހިބިލިޓޭޝަން ފުރިހަމަ ނުކޮށް 300 ގައިދީން

ރާއްޖޭގެ ޖަލުތަކުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ 300 މީހުން، އެ ޕްރޮގްރާން ފުރިހަމަ ނުކޮށް އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. މިހެން ބުނެފައި ވަނީ މަސްތުވާތަކެއްޗައް ފަރުވާ ދޭ ތަންތަނާއި ފަރުވާގެ ކަންކަން ހިނގާ ގޮތް ބަލަން ހެދި ދިރާސާއަކާ ހަވާލާ ދީ އެވެ. 

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމާއު ޝަރީފް ސަރުކާރު ޓީވީ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ ޖަލުތަކުގައި ފަރުވާ ޕްރޮގްރާމް ހިންގަންޖެހޭ 300 މީހަކަށް އެ ޕްރޮގްރާމް ހިންގާފައި ނުވާ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ ޖަލުގެ އާބާދީގެ 80 ޕަސެންޓް ގައިދީންނަކީ އެންޑީއޭގެ ފަރުވާ ނުލިބި ތިބި އަދި އެ ފަރުވާ ބޭނުންވެފައި ތިބި މީހުން ކަމަށެވެ.

"ފާހަގަވެފައި ވަނީ އެއް ދޮރުންވަދެ އަނެއްދޮރުން ނެރެ ފަރުވާއިން ވަކިކޮށް ޖަލުހުކުމަށް ފޮނުވާލާފައިވާކަން،" ސަރުކާރު ޓީވީގެ ޕްރޮގްރާމްގައި ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑުރަގް ކޯޓުން ފަރުވާގެ ހުކުމެއް އައިސްގެން ފަރުވާ ހޯދާ މީހުން ގިނަ އެވެ. އެކަމަކު އަމިއްލައަށް ބޭނުން ވެގެން ފަރުވާ ހޯދާ މީހުން މަދެވެ. އަދި ދިރާސާއިން އެނގުނު ގޮތުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު ވެސް މަސްތުވާތަކެތީގެ ތެރެއައްދާ މީހުން ގިނަ އެވެ.

  •  ދިރާސާގައި ހެދީ މަސްތުވާތެކެތި އޮތް ހާލަތު ބަލަން
  •  މައުލޫމާތު އެއްކުރީ 10 އަހަރުގެ މުއްދަތަކަށްފަހު
  •  ނަތީޖާގައި ވަގުތުން ބަދަލުކުރަން ޖެހޭ ކަންކަން ހުރި

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.