ގައުމުތަކުން ސޫރިޔާ އެކަހެރިކޮށްފައި ވަނީ، 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާހލީ ހަނގުރާމައާ ގުޅިގެންނެވެ. ހަނގުރާމައިގައި ސޫރިޔާގެ އެތަކެއް ހާސް ބަޔަކު މަރުވެފައި ވެއެވެ.
ސައުދީ އަރަބިއްޔާއާއި ނިންމާ ގޮތަކީ މެދުއިރުމަތީގައި އަދި މުސްލިމް ދުނިޔޭގައި ބަލައިގަނެވޭ ގޮތަކަށް އަބަދުވެސް ވެއެވެ. ސައުދީން މިހާރު ވިސްނުމަކަށް ހަދާފައި އޮތީ ހާރިޖީ ހިދުމަތްތަކުގައި ސީރިއާއެކުގައި އަލުން ކުރިޔަށް ދާށެވެ. އެ ކަމަށް ގައުމުތަކަށް ދެކޭ ގޮތް ބެލުމަށް ލޮބީ ކުރުމަށް ފަހު މިހާރު ސައުދީން ވަނީ އެ މަޝްވަރާ ތަކާ ހަމައަށް ގޮސްފަ އެވެ.
ދެ ގައުމުގެ ގުޅުން. ނިމުމަކަށް އައި މިއީ 10 އަހަރު ކުރިންނެވެ. އެއީ ސީރިޔާގައި ދާހިލީ ހަނގުރާމައެއް ފެށުމުންނެވެ. އަލުން ހާރިޖީ ގުޅުމެއް އުފައްދާ ހިދުމަތްތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާ ކުރަނީ ސައުދީ އިސްވެ އެވެ. އެކަން އެންމެ ގާތުން ބައްލަވަނީ ވަލީއަހުދު ޕްރިންސް މުހައްމަދެވެ،
އޮފިޝަލުން ވިދާޅުވާ ގޮތުގައި ސައުދީ / ސިރިއާ މަޝްވަރާތަކަކީ ދެ ގައުމުގެ ރައްޔިތުންނަށް އަލުން ހާރިޖީ ހިދުމަތްތައް ދިނުމެވެ، އެކަން ވީހާވެސް އެކަން އަވަސް ކުރުމެވެ.
އަރަބި ލީގުގެ ގައުމުތަކުން ސޫރިޔާ އެކަހެރިކޮށްފައި ވަނީ، 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާހލީ ހަނގުރާމައާ ގުޅިގެންނެވެ. ހަނގުރާމައިގައި ސޫރިޔާގެ އެތަކެއް ހާސް ބަޔަކު މަރުވެފައި ވެއެވެ. އަދި އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ގެދޮރު ގެއްލި، އެ މީހުން ވަނީ ރެފިޔުޖީންނަށް ވެފައެވެ. ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ސީރިއާ ދިޔައީ އަސަދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކެއް ހުއްޓުވަން ފެށި ހިސާބުންނެވެ.
ދުރުވެފައިވާ ގައުމުތަކާއެކު ގުޅުން ބަދަހި ކުރަން ސައުދީ ސަރުކާރުން މަސައްކަތް ކުރެ އެވެ. ސައުދީ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު އިސްވެ ދާދި ފަހުން ވަނީ ހަތް އަހަރަށްފަހު އީރާނާއެކު ވެސް އަލުން ގުޅުން ގާއިމުކޮށްފަ އެވެ.