ތަރާވީސް ކުރާ ވަގުތު ބަހުގެ ހިދުމަތް މެދުކަނޑާލާނެ

ނަމާދު ވަގުތުތަކުގައި މިސްކިތްތައް ހުންނަ ރޫޓު ތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުން ފުލުހުން ވަނީ މަނާ ކޮށްފަ އެވެ.

މިނީ ބަހެއް: ރޯދަ މަހު ތިން ގަޑިއިރަށް ބަހުގެ ހިދުމަތް މެދުކަނޑާލާނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ދެމުން ގެންދާ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގެ ތެރެއިން މާލޭގެ ބަސް ދަތުރުތައް ތަރާވީސް ނަމާދު ކުރާ ވަގުތު މެދުކަނޑާލާނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން އާންމު ކޮށްފައިވާ ބަސް ޝެޑިއުލްގައިވާ ގޮތުގައި، ރޯދަމަހު ބަހުގެ ހިދުމަތް ފަށާނީ ހެނދުނު 6:00 އިން ފެށިގެންނެވެ. އިރުއޮއްސި 6:00 ދަތުރުތައް މެދުކަނޑާލާނެ އެވެ.

އޭގެ ފަހުން ދެން ހިދުމަތް ފަށާ ގަޑިއަކީ ރޭގަނޑު 9:00 އެވެ. ދެން ހިދުމަތް މެދުކަނޑާލާނީ މެންދަމު 12:15 ގައެވެ. އެއީ ބަސް ދަތުރުކުރާ އެންމެ ފަހު ގަޑި އެވެ. 

ތިން ގަޑިއިރަށް ބަހުގެ ހިދުމަތް މެދުކަނޑާލާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެ ވަގުތު ބަހުގައި ދަތުކުރާ މީހުންނަށް ދަތިވާނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.

ބައެއް ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޓްވީޓެއް ކުރައްވަމުން ވިދާޅުވީ، އެވަގުތު މަޖީދީ މަގުން ދުއްވުމުގެ ހުއްދަ ނެތް ކަމަށެވެ. މަޖީދީ މަގުގައި ތިން މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާނެ ކަމަށާއި އެވަގުތު މަގު ބްލޮކް ވާނެ ކަމަށެވެ.

ނަމާދު ވަގުތުތަކުގައި މިސްކިތްތައް ހުންނަ ރޫޓު ތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.

އާންމު ގޮތެއްގައި އާރްޓީއެލްގެ މަހުގެ ހިދުމަތް ދެނީ ފަތިހު 5:45 އިން ފެށިގެން މެންދަމު 12:45 އާ ދެމެދު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.