މަޑަވެލީގައި މާރާމާރީ ހިންގި މީހާ ޝަރީއަތް ނިމެންދެން ޖަލަށް

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 33 އަހަރުގެ މީހާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މަޑަވެލީ މެޖިސްޓްރޭޓް އަމުރު ދެއްވާފައިވާ ކަމަށެވެ.

އަންހެން މީހާއަށް އަނިޔާ ކުރި ފިރިހެން މީހާ: ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުުރުކޮށްފައި

މަޑަވެލީގައި އަންހެނެއްގެ ގަޔަށް އަތްލައި އަނިޔާކުރި މައްސަލާގައި ހިމެނޭ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި ހިނގި ހާދިސާގައި އަންހެން މީހާ އޮބައިގަނެގެން، ފިރިހެން މީހާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވެ ދައުރުވަމުން ދެއެވެ. އެ ފިރިހެން މީހާ ވަނީ އަންހެން މީހާ މަގުމަތީގައި ދަމާ ކޫއްތައި އެތަށް ހިސާބަކަށް ގެންގޮސްފަ އެވެ. ފަޔާއި އަތުން އަންހެން މީހާގެ ގައިގައި ވަރަށް ބާރަށް ޖަހައި ހަދާފަ އެވެ. 

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 33 އަހަރުގެ މީހާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މަޑަވެލީ މެޖިސްޓްރޭޓް އަމުރު ދެއްވާފައިވާ ކަމަށެވެ.

ފިރިހެން މީހާއަކީ މަޑަވެލީ މީހެކެވެ. އަންހެން މީހާ ނިސްބަތް ވަނީ ރ. އަތޮޅު ރަށަކަށެވެ. އުމުރަކީ 30 އަހަރެވެ.

އެ ދެ މީހުން މަޑަވެއްޔަށް ދިޔައީ މީގެ ހަފްތާއެއްގެ ކުރީންނެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުން ކަމަށް އެ ރަަށު މީހުން ބުނެއެވެ. އެގޮތުން މިދިޔަ ދެ ތިން ދުވަހު ވެސް އެ މީހުން މަސްތުގެ ހާލަތުގައި އެ ރަށުތެރޭ އުޅުނެވެ. އިއްޔެވެސް ތިބީ "ބޮއިގެނެ" ވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.