އަންހެން މީހާގެ ވީޑިއޯ: ޑީކޭ ދެކެ ލޯބިވޭ، އެނބުރި އަންނާނަން!

ބަނދަރަށް އެއްވެފައިވާ ބައެއް މީހުންނާ ދިމާއަށް ހުތުރު ބަހުން މުހާބަތު ކުރުމާއެކު އޭނާ ބުނަމުން ދިޔައީ ހިނގައި ދިޔައީ އޭނާ އާއި ޑީކޭގެ މައްސަލައެކެވެ. އޭނާ ޑީކޭ ދެކެ ލޯބި އެވެ.

އަންހެން މީހާ މަޑެވެލިން ތިނަދޫއަށް ގެންދަނީ

އިއްޔެ ހައިރާން ވާން ޖެހުނީ މަޑަވެލީގައި އިއްޔެ ގަޔަށް އަތްލައި އަނިޔާކުރި މާރާމާރީގައި ގެއްލުންތައް ލިބުނު އަންހެން މީހާއަށް ފިރިހެން މީހާ ކަންކުރި އަނިޔާވެރި ގޮތުންނެވެ. މިހާރު މުޅީން ތަފާތެވެ. މިއަދު އެންމެ ހައިރާންކަން އޮތީ އަންހެން މީހާއަށް ރައްކާތެރިކަން ދޭން ތިނަދޫއަށް ގެންދަން އެ ރަށަށުގައި ގާއިމުވެ ތިބި ފުލުހާއި "ޖެންޑާ މީހުން" ދިއުމުން އޭނާއަށް އަނިޔާކުރި ފިރިހެން މީހާގެ ދިފާއުގައި އަޑު އުފުލައި ވާކަ ދައްކައިގަތުމުންނެވެ. އަނިޔާވެރި ފިރިހެން މީހާ ދޫކޮށްލަން އަންހެން މީހާ ގޮވާލާން ފަށައިގަތުމުންނެވެ. އެ މަންޒަރުގެ ވީޑިއޯ ބޭރުވެ މިހާރު އެބަ ވައިރަލް ވެއެވެ. 

އަންހެން މީހާ މަޑަވެލީން ތިނަދުއަށް ގެންގޮސްފައި ވަނީ މަޑެވެލީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ތިނަދޫ ސޮމަދު ހޮސްޕިޓަލަށް ދައްކާށެވެ. އެ މީހާ ތިނަދޫއަށް ގެންގޮސް ދީފައި ވަނީ ފުލުހުންނެވެ. އޭގެ ފަހުން ރައްކާތެރިކަން ދޭން އަމާން ހިޔާއަށް ގެންދާ ގޮތަށެވެ. 

އަންހެން މީހާ ނިސްބަތް ވަނީ ރ. އިނގުރައިދޫ އަށެވެ. އުމުރަކީ 30 އަހަރެވެ. އޭނާއަށް އަނިޔާކުރި ފިރިހެން މީހާއަކީ މަޑަވެލީ މީހެކެވެ. އެ ދެ މީހުން މަޑަވެއްޔަށް ދިޔައީ މީގެ ހަފްތާއެއްގެ ކުރީންނެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުން ކަމަށް އެ ރަަށު މީހުން ބުނެއެވެ. އެގޮތުން މިދިޔަ ދެ ތިން ދުވަހު ވެސް އެ މީހުން މަސްތުގެ ހާލަތުގައި އެ ރަށުތެރޭ އުޅުނެވެ. އިއްޔެވެސް ތިބީ "ބޮއިގެނެ" ވެ. 

އަންހެން މީހާ އޮބައިގަނެގެން، ފިރިހެން މީހާ މާރާމީ ހިންގައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ އާންމުވެ ވަރަށް ގިނަ ބަޔަކު އަންހެން މީހާއަށް ހަމްދަރުދީވެ ވާހަކަ ދެއްކި އެވެ. އަންހެން މީހާއަށް އިންސާފު ހޯދާ ދިނުމަށް ގޮވާލާ މަޖިލީސް މެންބަރުންނާއި ސިޔާސީ ޕާޓީތަކުގައި އިސްކޮށް ތިއްބެވި އަންހެން ބޭފުޅުން ޓްވީޓްކޮށް ހެއްދެވި އެވެ.

ފަރުދާ ކަހާލުމުން މަންޒަރު ބަދަލުވެފައި

މުޅި މަންޒަރު ނިއުޅި އަސްލު ހާމަވީއިރު ކަން އޮތީ ކުރީން ހީކުރެވިފައިވާ ގޮތަކަށް ނޫނެވެ. އަންހެން މީހާ ތިނަދޫއަށް ފުލުހުން ދިއުމުން އަނިޔާ ލިބުނު އަންހެން މީހާ ވަނީ އޭނާއަށް އަނިޔާކުރި ފިރިހެން މީހާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. 

ފުރުވާލާން އަންހެން މީހާ ރަށު ބަނދަރުއްޗަށް ގެންދިޔައިރު ހުރީ އަނިޔާ ކުރި ވަގުތު ލައިގެން ހުރި ހުދު ހެދުމުގަ އެވެ. ކޮނޑުގައި ދަބަހެއް އަޅުވާފައި ވެއެވެ. މަޑަވެލީގެ ގިނަ ބަޔަކު ވެސް ބަނދަރު ސަރަހައްދުގައި ތިއްބެވެ. އެތާނަގައި އޭނާ ވަނީ ފިރިހެން މީހާއަށް "ޑީކޭ" ގެ ނަމުން މުހާތަބުކޮށްފަ އެވެ.

ދެ ކުދިން ވެސް ތިބޭ އަދި މީގެ ކުރީން ވެސް ޖެންޑާގެ ބެލުމުގެ ދަށުގައި ބަހައްޓަން ޖެހުނު އަންހެން މީހާ، ޑީކޭ ދެކެ ވަރަށް ލޯބިވާ ކަމަށް އަޑު ހަރުކޮށް ގޮވާލަ އެވެ. އަދި ޑީކޭ ހޯދަން އެނބުރި މަޑަވެއްޔަށް ދާނެ ކަމަށް ވެސް ބުނަމުން ދިޔައެވެ.  އެ ދެ މީހުން އަލުން އެނބުރި މަޑަވެއްޔަށް އަރާނެ ކަމަށް ވެސް ބުނެ އެވެ. އެވާހަކަތައް އޭނާ ގޮވަމުން ދިޔައީ ބަނދަރަށް އެއްވެފައިވާ މަޑަވެލީ މީހުންނަށް އިއްވާލާށެވެ. އަނިޔާ ލިބުނަސް ފިރިހެން މީހާ ދެކެ ލޯބިވާކަން މަޑަވެއްޔާއި އެންމެނަށް އަންގާލާށެވެ.

އަދި ބަނދަރަށް އެއްވެފައިވާ ބައެއް މީހުންނާ ދިމާއަށް ހުތުރު ބަހުން މުހާބަތު ކުރުމާއެކު އޭނާ ބުނަމުން ދިޔައީ ހިނގައި ދިޔައީ އޭނާ އާއި ޑީކޭގެ މައްސަލައެކެވެ. އޭނާ ޑީކޭ ދެކެ ލޯބި އެވެ. 

ކޮމެންޓް

3
450
އެންމެ އިގޭ
1 year ago

ތީ ރ.އިންންމާދޫ އަންހެނެއް ނިއުމާ ކީޔާ މީހެއް ތީ

ރެއްކަބޭ
1 year ago

މިކަހަލަ --ން ވަރަށް ގިނަ ގައުމެއްމީ. މީގެ އަހަރެއްވަރުކުރިން ތިނަދޫ މީހަކު އޭނާގެ އަންހެނުންނަށް ޖިންސީގޮތުން އަނިޔާކޮށް އެކަމުގައި ނިޔާވެގެންދިޔައީ. އެވަރުވެގެންދިޔައިރުވެސް ފިރިމީހާ އަނިޔާކުރާވާހަކަ އެއްވެސް މީހެއްކައިރީ ބުނެފައެއްނުވޭ. އަނިޔާގެވާހަކަ ދައްކާއިރު މީހަކު ބިރުން ފިއްކަޑައިގެންދާވަރުގެ ކަންކަން ޖިންސީގޮތުން ކޮށްފައިވޭ.

މާލްކޮ
1 year ago

މިއަދި މާ ގަދަ ގޮލައެއްނު، ގައުމަކާ އެ ޗެލެންޖު ކޮށްލަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.