ދެކުނަށް ވަރަށް ވިއްސާރަ، ސީނުގައި ޑެންގީ ފެތުރެނީ

މި ދުވަސްވަރަކީ ވިއްސާރަ ވެސް މޫސުމަށްވުމާ ގުޅިގެން ހުން އިތުރަށް ފެތުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އައްޑޫގެ ރަށަކަށް ވާރޭ ވެހެނީ: އަތޮޅަށް މޫސޫން ވެސް ގޯސް އަދި މަދިރި އާލާވެ ޑެންގީވެސް އިތުރުވެފައިވޭ -- އައްޑޫ ލައިވްގެ ފޮޓޯއެއް

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑު އަތޮޅު / އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރުން އިތުރުވެފައިވާ ކަމަށް ބުނެ ސީނު އަތޮޅުގެ ރައްޔިތުން އެކަމަށް ސަމާލު ވާން އިންޒާރުކޮށްފި އެވެ.

ސިޓީގެ ވެރިރަށް ހިތަދޫގައި ހުންނަ މައި ހޮސްޕިޓަލް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްގެ ބަޔާނެއް ނެރެފައި ވަނީ ރޭގަ އެވެ. 

ހެލްތު އެޑްވައިޒަރީއެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ނެރެ ފޭސްބުކްގައި ޕޯސްޓް ކޮށްފައިވާ އެ ލިޔުމުގައި ބުނެފައި ވަނީ ދެކުނުގެ އެ ހޮސްޕިޓަލަށް އެއްކުވެރިފައިވާ ތަފާސްހިސާބުތަކުން މި ދުވަސްވަރު އެ އަތޮޅުގައި ޑެންގީ ހުން އިތުރުވަމުންދާ ކަމަށް ފާހަގަ ވެފައިވާ ކަމަށެވެ.

އަދި މި ދުވަސްވަރަކީ ވިއްސާރަ ވެސް މޫސުމަށްވުމާ ގުޅިގެން ހުން އިތުރަށް ފެތުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. 

ހިތަދޫން "މި" ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ވެސް މި ދުވަސްވަރު ހުމުގެ ރޯގާ އެ އަތޮޅުގައި ވަރަށް ބޮޑަށް ފެތުރިފައި ވެއެވެ. 

ހޮސްޕިޓަލްގެ އިލްތިމާސްތައް

  •  ހުމުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅާ
  •  މަދިރި އާލާފާ ވަދަ ގޮތްގޮތަށް އަމަލު ނުކުރޭ
  •  ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެއް އުކާ ނުލާ
  •  ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އަޅާ
  •  މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރޭ
ޑެންގީ ހުން ޖެހުމުން - ޑެންގީ ހުން ޖެހުމުން ގަދައަށް ހުން އައުމާއެކު ގައިގަ އާއި ބޮލުގައި ރިއްސުމުގެ އިތުރުން ލޮލުގައި ރިއްސުމާއެކު ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.

އައްޑުއަށް މޫސުން ވެސް ގޯސް

ސ. އަތޮޅުގައި މަދިރި ގިނަވަ ޑެންގޫ ހުން އިތުރު ވެފައިވާއިރު އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ ހަތަރު އަތޮޅަށް މޫސޫން ވެސް އެހައި ގޯހެވެ. މުސުމާބަހޭ ފޯކާސްޓްތައް މެޓް އޮފީހުން މިއަދު ނެރުނު އިރު ވެސް ދެކުނަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓެއް އިޝޫ ކޮށްފައި ވެއެވެ.

މި އެ އެލާޓް އައްޑޫ އާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 1:30 އާ ހަމައަށް އޮންނާނެ އެވެ. 

އެލާޓްގެ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.