މަޑަވެލީ މާރާމާރީ ގުޅެނީ ޑުރަގާ ؛ އަނިޔާވި އަންހެން މީހާ ތިނަދުއަށް

ދެ މީހުން މަޑަވެއްޔަށް އައީ ހަފްތާއެއްގެ ކުރީންނެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުން ކަމަށް އެ ރަަށު މީހުން ބުނެއެވެ.

އަންހެން މީހާއަށް އަނިޔާ ކުރި ފިރިހެން މީހާ: އޭނާ ހުރީ މަސްތު ވެގެން ކަމަށް ބުނޭ

މަޑަވެލީގައި މިއަދު ގަޔަށް އަތްލައި އަނިޔާކުރި މާރާމާރީގައި ގެއްލުންތައް ލިބުނު އަންހެން މީހާ މިރޭ ގދ. ތިނަދޫއަށް ގެންގޮސްފި އެވެ.

އަންހެން މީހާ ތިނަދޫއަށް ގެންގޮސްފައި ވަނީ މަޑެވެލީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ސޮމަދު ހޮސްޕިޓަލަށެވެ. އެ މީހާ ތިނަދޫއަށް ގެންގޮސް ދީފައި ވަނީ ފުލުހުންނެވެ.

އަންހެން މީހާ އޮބައިގަނެގެން، ފިރިހެން މީހާ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވެ ދައުރުވަމުން ދެއެވެ. އެ ފިރިހެން މީހާ ވަނީ އަންހެން މީހާ މަގުމަތީގައި ދަމާ ކޫއްތައި އެތަށް ހިސާބަކަށް ގެންގޮސްފަ އެވެ. ފަޔާއި އަތުން އަންހެން މީހާގެ ގައިގައި ވަރަށް ބާރަށް ޖަހައި ހަދާފަ އެވެ. 

އެ އަނިޔާތައް ކުރީ އެ ރަށުގެ ވަރަށް ގިނަ ބަޔަކު އެ ސަރަހައްދަށް ވަނީ ޖަމާވެ މަންޒަރު ބަލާން ތިއްބަ އެވެ. އަންހެން މީހާއަށް އަނިޔާ ނުކުރުމަށް އެތާނގައި ތިބި ބައެއް މީހުން ގޮވަމުން ދިޔަ ނަމަވެސް އެކަމަކަށް އެ މީހާ ސަމާލު ކަމެއް ނުދެއެވެ.

އޭނާ ހުއްޓުވީ އަންހެން މީހާ މަގުމަތީގައި ދަމަމުން ގެންދަނިކޮށް އެތަނަށް ދިޔަ ޒުވާން ފިރިހެނެކެވެ. އޭނާ ވަނީ އެ ފިރިހެން މީހާގެ ގައިގައި އޮޅުލައިގަނެ ހުއްޓުވާފައެވެ. އޭނާ ހިފެހެއްޓުމުން ވެސް ގަދަ ކަން ދައްކަން މަސައްކަތްކޮށް އަންހެން މީހާއަށް އަލުން އަނިޔާ ކުރަން މަސައްކަތް ކުރެއެވެ.

ފުލުހުން މިރޭ ބުނީ މަޑަވެލީފައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ދެ މީހުން ވެސް މަސްތުގެ ވަބާގައި ޖެހިފައި

މަޑަވެލީ މީހުން ބުނާ ގޮތުން އަނިޔާ ކުރި ފިރިހެންް މީހާ އާއި އަނިޔާ ލިބުނު އަންހެން މީހާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެނެވެ.
ފިރިހެން މީހާއަކީ މަޑަވެލީ މީހެކެވެ. އަންހެން މީހާ ނިސްބަތް ވަނީ ރ. އިނގުރައިދޫ އަށެވެ. އުމުރަކީ 30 އަހަރެވެ.

އެ ދެ މީހުން މަޑަވެއްޔަށް ދިޔައީ މީގެ ހަފްތާއެއްގެ ކުރީންނެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުން ކަމަށް އެ ރަަށު މީހުން ބުނެއެވެ. އެގޮތުން މިދިޔަ ދެ ތިން ދުވަހުވެސް އެ މީހުން މަސްތުގެހާލަތުގައި އެ ރަށުތެރޭ އުޅުނެވެ. އޭގެ ފަހުން މިއަދުގެ މާރާމާރީ ހިނގި ސަބަބެއް ނޭނގެ އެވެ.

"ރޭ ވެސް ދެ މީހުން މަސްތުގެ ހާލުގައި އުޅުނު. ދެން ފެނުނީ މިއަދުގެ ވީޑިއޯ. ވީގޮތެއް ނޭނގެ،" އެ ރަށުގެ ކައުންސިލް މެންބަރަކު ވިދާޅުވި އެވެ.

ފިރިހެން މީހާ އަންހެން މީހާއަށް އަނިޔާ ކުރިއިރު ކައިރިވާން ނުކުރި ތިބީވެސް އެ މީހާ ހުރި ހާލަތުން ކަމަށް އެ ތަނުގައި ތިބި ބައެއް މީހުން ބުނެ އެވެ.

ކޮމެންޓް

5
450
ނައީމް
1 year ago

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ، މި ފެންނަނީ މާތްﷲ މަސްތުވާތަކެތި ހަރާމް ކުރެއްވި ސަބަބެވެ. މި ނޫންވެސް ކިތަންމެ ސަބަބެކެވެ، ނަސޭހަތަކީ އެވަބާގައި ނުޖެހުމެވެ.

އަމީން
1 year ago

މިހާރު މިގޯސްވީ މަޑަވެލި މީހުން ދޯ

ޝާ
1 year ago

ނޫނޭ، ކަލޭމެންގެ ކުށެއް ނެތް. ކުށްވެރިންނަކީ އަހަރެމެނެވެ.

މަލްކޯ
1 year ago

މިއީ ބޮއިގެން ހުރި މީހެއްކަން ކުރިން ވެސް އެނގޭ ވީޑިއޯ ބެލުމުން ވެސް އެކަމަކު އޭނާ މައިތިރި ނުކޮށް ގިނައިރުވި މައްސަލަ ކުޑައެއް ނޫން

އަމީން
1 year ago

ރަނގަޅު ވާހަކައެއް. މަޑަވެލީ މީހުން ބަލަން ތިބި ތިބުންވެސް ގޯސް. ޑްރަގް ބުޔަސް މީހަކަށް އަނިޔާ ކުރާއިރު ބަލަން ތިބެގެން ނުވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.