މަޑަވެލީ ފިރިހެނަކު އަންހެނަކަށް ފިސާރި އަނިޔާކޮށްފި

ފިރިހެން މީހާ ވަނީ އަންހެން މީހާ މަގުމަތީގައި ދަމަމުން ގެންގޮސްފައެވެ. އަދި ދޭތެރެއަކުން އަންހެން މީހާގެ ގައިގައި ވަރަށް ބާރަށް ޖަހައެވެ.

އަންހެން މީހާއަށް އަނިޔާކުރި މީހާ (ވ) ހުއްޓުވަނީ

މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް ވަރަކަށް އަނިޔާކޮށްފި އެވެ. 

ފިރިހެން މީހާ އަންހެން މީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. ފިރިހެން މީހާ ވަނީ އަންހެން މީހާ މަގުމަތީގައި ދަމަމުން ގެންގޮސްފައެވެ. އަދި ދޭތެރެއަކުން އަންހެން މީހާގެ ގައިގައި ވަރަށް ބާރަށް ޖަހައެވެ.

ރަށުގެ ވަރަށް ގިނަ ބަޔަކު އޭރު އެ ސަރަހައްދަށް ވަނީ ޖަމާވެފައެވެ. އަންހެން މީހާއަށް އަނިޔާ ނުކުރަން އެތާންގައި ތިބި މީހުން ގޮވަމުން ދިޔަނަމަވެސް އެ ވާހަކައަކަށް އޭނާ ސަމާލު ކަމެއް ނުދެއެވެ. އޭނާއަކީ އިންސާނެއްގެ ސިފާގައި ހުރި ޖަނަވާރެއް ކަމަށާ ފުލުހަށް އަވަހަށް ގުޅަން ބުނާ އަޑުވެސް އިވެއެވެ.

އަންހެން މީހާ މަގުމަތީގައި ދަމަމުން ގެންދަނިކޮށް އެތަނަށް އައި ޒުވާން ފިރިހެނަކު ވަނީ އަންހެން މީހާއަށް އަނިޔާ ކުރަމުން ދިޔަ ފިރިހެން މީހާ ހުއްޓުވާފައެވެ. އޭނާ ހިފެހެއްޓުމުން ވެސް ގަދަ ކަން ދައްކަން މަސައްކަތްކޮށް އަންހެން މީހާއަށް އަލުން އަނިޔާ ކުރަން މަސައްކަތް ކުރެއެވެ.

ފުލުހުން ދެންމެ ބުނީ މަޑަވެލީފައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިއަދު ހުށައެޅިފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަންހެން މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ.

ބައެއް މީހުން ބުނާ ގޮތުން އެ ފިރިހެންް މީހާ އާއި އަންހެން މީހާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. މި މާރާމާރީ ހިންގި ސަބަބެއް ސާފެއް ނުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.