މި މި މިސައިލް 800 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވާ ކަށަވަރު ކޮށްފައި ވެއެވެ. އަދި އެ މިސައިލް ޓެސްޓުތަކާ ގުޅިގެން ސަރަޙައްދީ ސުލްހަ ނުބައިވެފައި ވެއެވެ.
ހަތިޔާރުތައް ނެރެ ދެއްކުމާއި ޓެސްޓް ކުރުމަކީ އުތުރު ކޮރެއާގެ އާންމު އާދަ އެވެ. އެކަމަކު އެއަކީ ސަމާސާއަށް ނުވަތަ ދައްކާލުމުގެ ޝޯއެއްގެ ގޮތުގައި ކުރާ ކަމެއް ނޫނެވެ. އެއީ އުތުރު ދިފާއު ސާބިތު ކަންމަތީ އޮތްކަން ދުނިޔެއަށް ހާމަ ކޮށްދީ އެ ގައުމުގެ ބާރުވެރި ކަމާއި އަސްކަރީ ގާބިލުކަން އެމެރިކާގެ ލޮލުން ކައްސާލިއަ ނުދޭން ވެގެން ކުރާ ކަމެކެވެ.
އުތުރުގެ ހަރަކާތްތެރި ކަމާހެދި އެމެރިކާއާއި ދެކުނު ކޮރެޔާ އަދި ޖަޕާނަށް ވެސް ލޮލުފިޔައެއްޖެހޭ ވަރެއް ނުވެ އެވެ. އެހެންވެގެން "ފްރީޑަމް ޝީލްޑް 23" ގެ ނަމުގައި އާ ޑްރީލް ތަމްރީނުތަކެއް މިހާރު ވެސް އޮތީ ޖައްސަފަ އެވެ. ބޭނުމަކީ ސަމާލުވެ އޮތުމާއެކު އިންޒާރު ދިނުމެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާއިން އަމިއްލަ އަސްކަރީ ޑްރީލްތައް ކުރިއަށް ގެންދާއިރު އުތުރުގެ ލީޑަރު ކިމް ޖޮންގް އުން ވަނީ "ނިއުކްލިއާ ކައުންޓަ އެޓޭކެއް ސިމިއުލޭޓްކޮށް" ދެ ދުވަހުގެ ޑްރިލްތައް ސުޕަވައިޒްކޮށް ދެއްވާފަ އެވެ.
އުތުރުގެ ޓެސްޓްތަކުގެ ސިލްސިލާގައި އެންމެ ފަހުން އިއްޔެ ޓެސްޓެއް ކުރީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލަކާއެކު އެވެ. މިއީ ކުރު ރާސާތާގެ މިސައިލެއް ނަމަވެސް ހާއްސަ ސިފަތަކެއް ލިބިފައިވާ މިސައިލެކެވެ. މި މިސައިލް ފޮނުވައިލާފައި ވަނީ ކޮރެއަން ޕެނިންސިއުލާގެ އުތުރުން މާކަނޑުގެ ތެރެއަށެވެ. މިއީ ނިއުކްލިއަ ވޯހެޑް އުފުލޭ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ތައް ކައިރިކައިރީ ޓެސްޓް ކުރުމަށް ފަހު ފޮނުވާލި މިސައިލެކެވެ.
މިސައިލް ޓެސްޓް ކުރުމާއެކު ދެކުނުން ވަނީ އެކަން ވަގުތުން ދުނިޔޭގެ ސަމާލު ކަމަށް ގެންގޮސް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަނެއްކޮޅުން ޖަޕާނުން ވެސް ވަނީ އެއީ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށް ސިފަކޮށް ވާހަކަ ދެއްކުމާއެކު އެމެރިކާގެ ސަމާލު ކަމުގައި މިކަން ސީރިއަސްކޮށް އޮތްތޯ ވެސް އަހާފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ދާދި ކަރިން ބަލާ ކަމަށެވެ. މިފަހަރު އުތުރުގެ އަމާޒު ޓެސްޓަކީ ނުރައްކަލެއްވާރުގެ ޓެސްޓެއްގެ ގޮތު ނުބަލާ ނަމަވެސް އދ. ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ނިންމުންތަކާ ހިލާފު އެ ކަންކަމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
އުތުރުގެ ކުރު ރާސްތާ ބެލިސްޓިކް މިސައިލް ފޮނުވާލައި ޓެސްޓެއް ހެދީ މިސައިލް ޓެސްޓް ކުރަން ހާއްސަ ޑޮންޗެންގްރީގަ އެވެ. މި މި މިސައިލް 800 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވާ ކަށަވަރު ކޮށްފައި ވެއެވެ. އަދި އެ މިސައިލް ޓެސްޓުތަކާ ގުޅިގެން ސަރަޙައްދީ ސުލްހަ ނުބައިވެފައި ވެއެވެ.