ރައީސް ވިކްރަމަސިންހާ ވިދާޅުވާ ގޮތުގައި 2026 ވަނަ އަހަރާ ހަމައަށް ބަނގުރޫޓުވުުމުގެ ތަދުމަޑުކަން ލަންކާގައި އޮވެދާނެ އެވެ. އެހެން ކަމުން އައިއެމްއެފުން ޑިމާންޑް ކުރާ އިސްލާހުތައް ތަންފީޒު ކުރުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ އެވެ.
މިދިއަ 70 އަހަރުގެ ތެރޭ ސްރީލަންކާއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ދައްޗާއި ތަދުމަޑުކަމާ އެ ގައުމު ކުރިމަތިލައި އެ ވަޅުގަނޑުގެ ތެރޭގައި އަދިވެސް އޮތް އިރު އިގްތިސޯދު މިދިޔަ އަހަރު 7.8 ޕަސެންޓްގެ ރެކޯޑް އަދަދަކަށް ދަށްވެފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ލަންކާގެ ބޯހިމެނުމާއި ތަފާސްހިސާބު ޑިޕާޓްމަންޓުން މިދިއަ ބުރާސްފަތި ދުވަހު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަތަރު ވަނަ ކުއާޓަރުގެ ޖުމްލަ ދައުލަތުގެ އުފެއްދުންތެރިކަން 12.4 ޕަސެންޓް ދަށްވެފައި ވެއެވެ.
ސޮވެރިން ކްރެޑިޓް ހަދައިދޭ މޫޑީސް އިންވެސްޓާސް ސާވިސް ބުނެފައިވާ ގޮތުގައި އުފެއްދުންތެރި ކަމުގެ ކުރިއެރުން މިއަހަރު ތިން ޕަސެންޓް ދަށްވާނެ އެވެ. ނަމަވެސް ރަނގަޅު ބެލެންސެއް ހޯދިއްޖެ ނަމަ 2024 ވަނަ އަހަރު ކުރިއެރުން އަލުން ލިބެން ފަށާނެ ކަމަށް ފޯކާސްޓެއް ކުރެވެ އެވެ.
އިގްތިސޯދީ ތަދުމަޑު ކަމުގެ ލަންކާ ބޮޑެތި ހަމަނުޖެހުން އުފެދި މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ސަރުކާރު އިސްތިއުފާ ދިނީ ގައުމު ނުދެކޭ ވަރުގެ ބޮޑު އާންމު ނުތަނަވަސް ކަމުގެ ހަމަނުޖެހުމަކަށް ގޮސް އަރައިގަތުމަށް ފަހު އެވެ. އޭގެ ފަހުން ރަނިލް ވިކްރަމަ ސިންހާއާއެކު އުފެއްދި އާ ސަރުކާރަކުން ވަނީ ލަންކާގެ އާންމު މާލިއްޔަތު ދަތިވެފައި އޮތް ދަތިކަމުން އަރައިގަތުމަށް ކޮންމެހެން ބޭނުންވާ ބޭނުންވާ ބެއިލްއުޓް ޕްރޮގްރާމެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަން އަދިވެސް މުޅީން ކޮޅެއްގައި ނުޖެހެ އެވެ.
"އަޅުގަނޑުމެނަށް، މި ގައުމުގެ އިގްތިސޯދަށް މިހެން ދިމާވީ ދަރަނި ބޮޑު ވެގެން ... ގިނަގިނައިން ކަރަންޓް ކެނޑުމާއި، ތެލާއި ރޯ މެޓީރިއަލްސް، ބޭރު ފައިސާގެ ދަތި ބޮޑު ވެގެން" ބޯހިމެނުމުގެ ތަފާސްހިސާބު ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވެއެވެ.
އެ ޑޭޓާއިން ދައްކާ ގޮތުގައި ލަންކާގެ މާލީ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވާއިރު، ސެޕްޓެމްބަރު މަހު އިންފްލޭޝަން ގާތްގަނޑަކަށް 50 ޕަސެންޓަށް ދިޔަ އެވެ.
ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ޓެކްސް ބޮޑުކޮށް، ތެލާއި ކަރަންޓުގެ ސަބްސިޑީތައް ނިމުމަކަށް ގެންގޮސްފަ އެވެ. އެ އިސްލާހުތަކަކީ އައިއެމްއެފުން ދޭ 2.9 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖުގެ ޝަރުތެކެވެ. އެ ޕެކޭޖް އަންނަ ހަފްތާގައި އައިއެމްއެފުން ފައިނަލް ކުރާނެ ކަމަށް މިހާރު ވަނީ ގާތްގަނޑަކަށް ބެލެވިފައެވެ.
އެކަމަކު ޓެކްސްގެ މައްސަލަ އާއި ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ މަގުބޫލުކަން ގެއްލި މުޅި ގައުމުގައި މުޒާހަރާތަކާއި ސިނާއީ މަސައްކަތުގެ ހުއްޓުވުންތައް ވަނީ އެކި ދިމާއިން ފަށައިގެންފަ އެވެ. ގާތްގަނޑަކަށް 40 ޓްރޭޑް ޔޫނިއަނުން މިދިއަ ބުރާސްފަތި ދުވަހު އިންޒާރު ދީފައި ވާގޮތުން ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމަށް ލުއިތަކެއް ދިނުމަށް ކުރާ ޑިމާންޑްތައް ފުއްދައި ނުދީފިނަމަ އަންނަ ހަފްތާގައި އާންމު ބިޔަ މަދަނީ ހަޅުތާލެއް ކުރާނެ އެވެ.
ލަންކާ ސަރުކާރުގެ އަމާޒަކީ އޭޕްރީލް މަހު ދަރަނި އަލުން ރީ ސްޓްރަކްޗާ ކުރުމުގެ ސްޓްރެޓެޖީއެއް އިއުލާނުކޮށް ހަ މަސް ދުވަހުގެ ތެރޭގައި އައިއެމްއެފް އިން ބެއިލްއައުޓް ޕެކޭޖެއް ރިވިއު ކުރުމުގެ ކުރިން ވިޔަފާރި ކްރެޑިޓަރުންނާއެކު މަޝްވަރާތައް ވަރުގަދަ ކުރުން ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.
ރައީސް ވިކްރަމަސިންހާ ވިދާޅުވާ ގޮތުގައި 2026 ވަނަ އަހަރާ ހަމައަށް ބަނގުރޫޓުވުުމުގެ ތަދުމަޑުކަން ލަންކާގައި އޮވެދާނެ އެވެ. އެހެން ކަމުން އައިއެމްއެފުން ޑިމާންޑް ކުރާ އިސްލާހުތައް ތަންފީޒު ކުރުން ނޫން ގޮތެއް ލަންކާގެ ސަރުކާރަކަށް ނޯންނާނެ އެވެ.
ބޯހިމެނުމާއި ތަފާސްހިސާބު ޑިޕާޓްމަންޓުން ބުނި ގޮތުގައި ދަނޑުވެރިކަމުގެ ދާއިރާ މިދިޔަ އަހަރު 4.6 ޕަސެންޓް ދަށްވެފައިވާއިރު، ސިނާއަތްތައް 16 ޕަސެންޓް ދަށްވެފައިވެ އެވެ. ހިދުމަތްތައް މީގެ އަހަރަކާ އަޅާބަލާއިރު ދެ ޕަސެންޓް ދަށްވެފައިވެ އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ޖުލައި - ސެޕްޓެމްބަރު ކުއާޓަރުގައި އިގްތިސާދު 11.8 ޕަސެންޓް ދަށްވެފައިވާއިރު، މިއީ މިހާތަނަށް ލަންކާގައި ދެވަނައަށް އެންމެ އިގްތިސޯދު ދަށްވި ކުއާޓަރެވެ.
"2022 ވަނަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ކުރިމަތިވީ ވަރަށް ބޮޑު އިންފްލޭޝަނާއި ތެލުގެ ދަތިކަމާއި އިންޓަރެސްޓް ރޭޓް ބޮޑުވުން" އޭޝިއާ ސެކިއުރިޓީޒްގެ ރިސާޗްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ސަންޖީވާ ފެރްނާންޑޯ ވިދާޅުވި އެވެ.