އުޅަނދުތަކުގެ ޑިޒައިނަށް ތައުރިީފު ކުރައްވާ ރައީސް ވިދާޅުވި ގޮތުގައި އައީބީބީގެ މަސައްކަތް ވަރަށް ފުރިހަމަ އެވެ. އިތުރަށް ކުރިޔަށް ވަޑައިގަތުމަށް ހުރިހާ އެއްބާރުލުމެއް ދޭނެ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ތަފާތު ބޮޑު އެއް އެކްސްޕޯއަކީ މެރިން އެކްސްޕޯ އެވެ. އަބަދުވެސް މެރިން އެކްސްޕޯގައި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެ އިތުރަށް ކުރިއަށް ކޮށްޕާލައި ދެއެވެ.
މިފަހަރުގެ ފެއާގައި އައިބީބީ މެރިން މޯލްޑިވްސް އިން ވަނީ ހުޅަނގާއި އިރުވައިގައި ވެސް ކަނޑަށް ވަރުގަދަ ކަނޑަށް ފަސޭހަކޮށް ރިސޯޓްތަކުގެ ސަޕްލައި އަށް ހާއްސަ ދެ އުޅަނދެއް، މެރިން އެކްސްޕޯގެ ތެރެއިން ރާއްޖެއަށް ތައާރަފުކޮށް ދީފަ އެވެ. ފަރުމާގެ ގޮތުން ވެސް މުޅީން ތަފާތު މި ދެ އުޅަނދާއެކު ރިސޯޓް ސަޕްލައިއަށް މިހާރު ބޭނުން ކުރާ އޮޑިފަހަރުގައި ހުރި މައްސަލަތަކަށް ވަނީ ހައްލު ހޯދައިދީ ކަނޑަށް ގަދަކޮށްދީފަ އެވެ.
ޝުކުރު އޮތީ މެރިން އެކްސްޕޯ 2023 އަށެވެ. ދެން އައިބީބީ މެރިން މޯލްޑިވްސް އަށެވެ. -- އައިބީބީ މެރިން ދެ އުޅަނދު މެރިން އެކްސްޕޯގެ ތެރެއިން މި ދެ އުޅަނދު ރާއްޖެއަށް ތައާރަފުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އިއްޔެ ވަނީ މެރިން އެކްސްޕޯއަށް ވަޑައިގެން އައިބީބީގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވާފަ އެވެ.
މި ދެ އުޅަނދަކީ އާރްއެސް85 ކޯލްޑް-ރޫމް އާއި ސީ95 ކާގޯ އެވެ. މި ދެ އުޅަނދު ޑިޒައިންކޮށް ހުރިހާ މަސައްކަތެއް ނިންމީ ރާއްޖޭގެ ކެޕްޓަނުންނާއި ފަޅުވެރިންނާއި މަޝްވަރާކޮށް ހިޔާލު މިހާރު ވެސް މި އުޅަނދުތައް ބަނުމަށް އޯޑަރު ކުރެވެ އެވެ.
މި ދެ އުޅަނދު ތައާރަފުކޮށް ދެއްވާ އަދި އުޅަނދުތަކުގެ ޑިޒައިނަށް ތައުރިީފު ކުރައްވާ ރައީސް ވިދާޅުވީ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އިތުރަށް ކުރިޔަށް ވަޑައިގަތުމަށް އެމަނިކުފާނާއި ސަރުކާރުން ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
ކޯލްޑް ސްޓޯރޭޖް ދެ ރޫމް ހިމެނޭ މި އުޅަނދުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ރައްކާ ކުރެވޭނެ ފްރީޒަރާއި ފިނި ކުރި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކުކުޅު ފަދަ ބާވަތްތައް ގެންގުޅެވޭ ޗިލާއެއް ބެހެއްޓެ އެވެ. އަދި ތައްޓުގައި ހިލަ އާއި ހިލަވެއްޔާއި ސިމެންތިއާ ލަކުޑިއާއި ފިލާ ބަރު ކުރެވެ އެވެ.
ރ. އަތޮޅުގައި ބޯޓު ޔާޑު ހިންގާ އައިބީބީ، ބޯޓު ބަނުމުގައި ތަޖުރިބާ ބޮޑެވެ. ކާގޯ އުޅަނދުތަކާއި މަސް ދޯނިފަހަރާއި ސަފާރީ އާއި ކުންފުނިތަކާއި ރިސޯޓްތަކާއި ރާއްޖޭގެ މަސްވެރިންނާއި އަދި އެ ނޫންވެސް އަމިއްލަ ފަރާތްތަކަށް އުޅަނދު ބަނދެ އެވެ.