ޓޫރިޒަމް ވިޔަފާރިވެރިޔާ ޝާޒް ވަލީދު ރަޝިއާގައި ހިންގާ ރިސޯޓް ހޮލިޑޭއަށް ދެ އަހަރު ފުރުން ފާހަގަ ކުރުން: ރާއްޖޭގެ އެއްވަނަ މާކެޓު ފުޅާ ކުރަން އެންމެ ބޮޑު މަސައްކަތެއް ކުރާ އެއް ކުންފުންޏަކީ ރިސޯޓް ހޮލިޑޭސް އެވެ.
ކޮވިޑުގެ އެންމެ ދަތި ވަގުތު ރިސޯޓް ހޮލިޑޭސްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ރަޝިއާގައި ފެއްޓެވި ރިސޯޓް ހޮލިޑޭސްއަށް ދެ އަހަރު ފުރުން މި ގައުމުގައި މިވަނީ ކުލަގަދަ ކޮށް ފާހަގަ ކޮށްފަ އެވެ.
ރިސޯޓު ހޮލިޑޭގެ ދެވަނަ އަހަރީ ދުވަސް އިންތިޒާމުކޮށްފައި އޮތީ ވެސް ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިސްތިހާރުވާނެ ތަފާތު ވިސްނުމެއްގައި ފެއާއެއްގެ ސިފަ ޖައްސައިގެނެވެ.