ރިސޯޓް ހޮލިޑޭއަށް ދެއަހަރު ؛ މި ވާހަކަ ބިޔަ ބޮޑު ރަޝިއާގައި

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް ކޮޅަށް ތެދު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވީ އެއް ބޭފުޅަކީ ޝާޒެވެ. އޭރު ފެށި މަސައްކަތް ފުޅާކޮށް މުޅި ރާޝިއާގައި މިހާރު ދަނީ ޓޫރިޒަމް އިސްތިހާރު ކުރަމުންނެވެ.

މުހައްމަދު އަފްރާހުގެ ރިޕޯޓް ކުރުމެއް: ރަޝިއާގެ ވެރިރަށް މޮސްކޯއިން 

ރާއްޖޭގެ އެއްވަނަ ޓޫރިޒަމް މާކެޓްމ ރަޝިއާގެ ވެރިރަށް މޮސްކޯގެ ޓޫރިޒަމް ދާއިރާގައި މިއަދު އޮތީ މުޅީން މި ވާހަކަ އެވެ. ދުނިޔޭގެ އެންމެ ބިން ބޮޑު ގައުމު ރަޝިއާގެ ޓޫރިޒަމް ދާއިރާގައި މިއަދު ދައްކާ ވާހަކައަކީ ބިން ކުޑަ ދިވެހިރާއްޖޭގެ ދިވެއްސަކު ރަޝިއާގެ ކުޅަދާނަ ޓީމްއަކާއެކު ހިންގާ ރިސޯޓް ހޮލިޑޭގެ ވާހަކަ އެވެ. 

ރިސޯޓް ހޮލިޑޭސްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ކޮވިޑުގެ އެންމެ ދަތި ވަގުތު ރަޝިއާގައި ފެއްޓެވި ރިސޯޓް ހޮލިޑޭސްއަށް ދެ އަހަރު ފުރުން މި ގައުމުގައި މިވަނީ ކުލަގަދަ ކޮށް ފާހަގަ ކޮށްފަ އެވެ. ރިސޯޓު ހޮލިޑޭގެ ދެވަނަ އަހަރީ ދުވަސް އިންތިޒާމުކޮށްފައި އޮތީ ވެސް ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިސްތިހާރުވާނެ ތަފާތު ވިސްނުމެއްގައި ފެއާއެއްގެ ސިފަ ޖައްސައިގެނެވެ. 

މުޅި އިވެންޓު އިންތިޒާމުކޮށްފައި އޮތީ ދިވެހި އެއްވެސް ސަރުކާރަކުން މިހާތަނަށް މި ފަދަ އިވެންޓެއް ނުރާވާ ފެންވަރުގައި ތަފާތު ކޮށެވެ. 

ދިވެހި ވަންތަ ސިފަތަކާއެކު މޮސްކޯގައި ބޮޑު އޮފީހެއް ހުޅުވައި ރިސޯޓް ހޮލިޑޭސްގެ ނަމުގައި 2021 ވަނަ އަހަރު ފެށި މި ވިޔަފާރީގެ އެންމެ ހާއްސަ ހަރަކާތަކީ ރާއްޖޭގެ ވިއްސަށް ވުރެ ގިނަ ރިސޯޓް ބްރޭންޑް އޮފިޝަލުން ރަޝިޔާއަށް ގެނެސްގެން މި ގައުމުގައި ހިންގި ބޮޑު މާކެޓިން އިވެންޓެވެ. މުޅި ހަރަކާތް އިންތިޒާމުކޮށްފައި އޮތީ ރާއްޖެ ވިއްކުމަށް ފޯކަސް ކޮށްގެންނެވެ. ރާއްޖޭގެ އެއްވަނަ މާކެޓުން އަންނަ ރަޝިއާ ޓޫރިސްޓުން އިތުރު ކުރާށެވެ.

ދެ ދުވަހަށް ދެމިގެން ދިޔަ މި ހަރަކާތް ރޭ ނިމިފައިވާއިރު މި ހަރަކާތުގައި ބައިވެރިވުމަށް ރަޝިއާގެ އެކި ކަންކޮޅު ތަކުން ޓްރެވަލް އެޖެންޓުން މޮސްކޯއަށް އައިސްފައިވެ އެވެ. މި އިވެންޓުގައި ރަޝިއާގެ އެންމެ ނުފޫޒު ގަދަ އެޖެންޓުން ބައިވެރިވިއިރު މި ހަރަކާތް ރާވާފައި ވަނީ ރާއްޖޭން މި ތަނަށް އައިސްފައި ތިބި ރިސޯޓުތައް ވިއްކަން ވެސް ފުރުސަތު ފަހިވާ ގޮތަކަށެވެ.   

ފުރަތަމަ އިއްޔެ އޮތީ ރިސޯޓުތަކާއި ރަޝިއާގެ ޓްރެވަލް އެޖެންޓުން ބައްދަލުވެވޭ ގޮތަށް ރާވާފައިވާ "ބީ ޓް ބީ" އިވެންޓެކެވެ. މި ބައި ވެސް އިންތިޒާމުކޮށްފައި އޮތީ ފަސޭހަ ކަމާއެކު ހިތްގައިމު މާހައުލެއްގައި ގޮސް ވިޔަފާރީގެ ވާހަކަތައް ދެއްކޭނެ ތަނަ ވަސް މާހައުލެއްގަ އެވެ. 

ރިސޯޓް ހޮލިޑޭސްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރަޝިއާގައި ބޭއްވި ރަސްމިއްޔާތު -- މުހައްމަދު އަފްރާހު | މި

މި އިވެންޓުގައި ބައިވެރިވި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އޯގާ ރިސޯޓުގެ ސީނިޔަ އޮފިޝަލަކު "މި" ނޫހަށް ކިޔައިދިން ގޮތުގައި އެ ރިސޯޓަށް ލިބިގެން ދިޔަ ފުރުސަތު ތަކަކީ ދުވަހު ވެސް މިހާތަނަށް ލިބުނު ފުރުސަތެއް ނޫނެވެ. 

"ދުނިޔޭގެ އެންމެ ބޮޑު ފެއާ އައިޓީބީގައި ވެސް ބައިވެރިވާން ގޮސްފައި އަހަރެމެން މިއައީ. އެކަމަކު މި ވަރަށް މީޓިން ތަކެއް ނުބޭއްވޭ، މި ލިބުނީ އޯގަ ރިސޯޓުގެ ޕްރޮޑަކްޓު ރަޝިއާގައި އިސްތިހާރު ވެގެން ދާން ރަނުގެ ފުރުސަތެއް،" އޯގަ ރިސޯޓުގެ އެ އޮފިޝަލް ވިދާޅުވި އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ޗެއިން އަންނަތާރާ އާއި ޔުނިވާސަލް ފަދަ ބްރޭންޑްތައް ވެސް ތަމްސީލްކުރި ފަރާތްތަކުން ވެސް ވަނީ ޝާޒް ވަލީދާއި އޭނާގެ ރިޒޯޓް ހޮލިޑޭސް މި މަސައްކަތަށް ތައުރީފު ކޮށްފަ އެވެ. 

ރިސޯޓް ހޮލިޑޭސް އިން ރަޝިއާގެ ޓްރެވަލް ކުންފުނިތަކަށް ދައުވަތު ދީގެން ބޭއްވި އިވެންޓް -- މުހައްމަދު އަފްރާހު | މި

"މި ސްކޭލްގައި މިކަން [މިފެންވަރުގައި ޓޫރިޒަމް ހަރަކާތެއް] ހިންގާ ކަމަށް ކުރިން ވިސްނިފައެއް ވެސް. އެކަމަކު މިއީ ހަމަ އާދަޔާ ހިލާފު މަސައްކަތެއް،" އަންނަތާރާ ބްރޭންޑުން މި އިވެންޓުގައި ބައިވެރިވާން ވަޑައިގެން މޮސްކޯގައި ހުންނެވި އިސް އޮފިޝަލަކު ވިދާޅުވި އެވެ. 

މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މީގެ 20 އަކަަށް އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް ޓޫރިޒަމް ދާއިރާގެ މަސައްކަތަށް އެކަނި ނުކުންނެވި ޝާޒް ވިދާޅުވީ އޭނާގެ ކުންފުނީގެ ފޯކަސް މިހާރު އޮތީ ރަޝިއާގެ ގިނަ ސިޓީތަކުގައި އޮފީސް ހުޅުވައި ރާއްޖެ އިސްތިހާރު ކުރުން ވަރުގަދަ ކުރަން ކަމަށެވެ. އެ މަސައްކަތުގައި ރިސޯޓް ހޮލިޑޭސް ރަޝިއާ އޮފީހުގައި މަސައްކަތް ކުރާ ޓީމުގެ މެންބަރުންގެ ނަންތައް ފާހަގަކޮށް އޭނާ ވަނީ ޝުކުރު ވެސް އަދާ ކޮށްފަ އެވެ. 

ރިސޯޓް ހޮލިޑޭ - ދިވެހި ޓޫރިޒަމް ފްރެންޗައިޒެއް

ރިސޯޓް ހޮލިޑޭސްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރަޝިއާގައި ބޭއްވި ރަސްމިއްޔާތު -- މުހައްމަދު އަފްރާހު | މި

ރިސޯޓް ހޮލިޑޭސް މުޅި ރަޝިއާ އަށް ފަތުރާލުމުގެ ޕްލޭނެއް ޝާޒު ގެންގުޅުއްވާއިރު މިފަހަރުގެ އިވެންޓުގެ ތެރޭގައި ރަޝިއާގެ ވިޔަފާރިވެރިޔަކު ވަނީ ފްރެންޗައިޒް އުސޫލުން ރިސޯޓް ހޮލިޑޭގެ އޮފީހެއް އޭނާ އަމިއްލަ ހަރަދުގައި އެހެން ސިޓީއެއްގައި ހުޅުވާނެކަން އިއުލާނު ކުރައްވާފަ އެވެ. މިކަން ވެފައި ވަނީ ވެސް ތަފާތު ކަމަށެވެ. އެއީ ދިވެއްސެއްގެ ނަމެއް ފްރެެންޗައިޒް އުސޫލުން ބޭރު ގައުމެއްގެ ސިޓީތަކުގައި ބޭނުން ކުރަން ފެށުމެވެ. 

ރިސޯޓްތަކުން ތައުރީފާއެކު ބަލައިގަތުން - މި އިވެންޓަށް ރާއްޖޭން އައިސް ތިބި ހުރިހާ ރިސޯޓުތަކެއްގެ ތަމްސީލް ކުރާ ފަރާތްތަކުން ވެސް ޝާޒް ވަލީދު ރަޝިއާގައި ރާއްޖެ ވިއްކަން ކުރައްވާ މަސައްކަތްތަކަށް ވަނީ ތައުރީފު ކޮށްފަ އެވެ. އެމީހުން ބުނެފައިވާ ގޮތުގައި ދުވަހަކު ވެސް މި ސްކޭލްގައި މަސައްކަތް ކުރައްވާ ދެވަނަ ދިއްސަކު އަދި ފެނިފައެއް ނުވެ އެވެ. އަދި މި ފެންވަރުގެ ޓޫރިޒަމް މާކެޓިން އިވެންޓެއްގައި ބައިވެރިއެއް ނުވެވެ އެވެ.

ޝާޒް ދެއްކީ އިވެންޓް ބޭއްވުމުގެ ބެންޗްމާކެއް

ރިސޯޓް ހޮލިޑޭސްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރަޝިއާގައި ބޭއްވި ރަސްމިއްޔާތު -- މުހައްމަދު އަފްރާހު | މި

ދެ ދުވަހުގެ މުޅި އިވެންޓުގެ ނޭޗާ އޮތީ އެއް ކަމަކަށް ފޯކަސް ކޮށްފަ އެވެ. މުޅި ހަރަކާތް ރިސޯޓް ހޮލިޑޭސް އިން އިންތިޒާމު ކުރަމުން ގޮސްފައިވާއިރު "އަތުން ނައްޓާލައިގެން" ތަންފުކެއް ވެސް ގޮސްފައެއް ނުވެ އެވެ. އެޖެންޓުންނާއި ރިސޯޓުތަކުން ބައްދަލު ކުރަމުން ދިޔަ ވަގުތު ހުރިހާ މޭޒުތަކެއްގައި ވެސް ހެނދުނުން ފެށިގެން ހަވީރުވުމާ ހަމައަށް އޮތީ ފުރިފަ އެވެ. އިރުއޮއްސުމާ ހަމައަށް ރަޝިއާގެ ޓްރެވަލް ކުންފުނި ތަކުން ދިޔައީ ކިޔޫ ހަދައިގެން އައިސް ދިވެހި ވިޔަފާރިތަކާ ބައްދަލު ކުރަމުންނެވެ. 

މި ހަރަކާތަށްފަހު ރޭގަނޑު އޮތީ މިއުޒިކާއެކު ދެ އަހަރު ބުރަ މަސައްކަތް ކުރި އެޖެންޓުންނާއި މުވައްޒަފުން އަދި އެހީތެރިވެދިން ރިސޯޓުތަކުގެ އަގު ވަޒަން ކުރުމެވެ. މުޅި ނައިޓްގެ ތީމްއަކީ ހޮލީވުޑްގެ މަޝްހޫރު ހިޔާލީ ކެރެކްޓާ ޖޭމްސް ބޮންޑެވެ. ހުރިހާ ބައިވެރިން ހެނދުން އަޅައިގެން ތިބީ ވެސް އެ ތީމަށް ކަޅު ކުލައިގަ އެވެ. 

މި ހަރަކާތުގައި ރާއްޖެ ވިއްކުމުގައި ހަރަކާތްތެރިވި ރަޝިއާގެ 10 ޓްރެވަލް ކުންފުނި ނަގައި އެ ފަރާތް ތަކަށް ހާއްސަ އިނާމު ތަކެއް ވެސް ދިނެވެ. އަދި ރިސޯޓް ހޮލިޑޭސްގެ މުވައްޒަފުން ދެ އަހަރުތެރޭ ކުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ކުންފުނީގެ އެންމެ ފާހަގަ ކުރެއްވޭ މުވައްޒަފުންގެ އިނާމު ދިނުމާއި ދެވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުންވެސް އޮތެވެ. ކޭކު ފެޅުމުގައ ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. މުހައްމަދު ނައުޝާދު ބައިވެރިވަޑައިގަތެވެ. 

ރިސޯޓް ހޮލިޑޭސްގެ ދެވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރަޝިއާގައި ބޭއްވި ރަސްމިއްޔާތު -- މުހައްމަދު އަފްރާހު | މި

ޑރ. ނައުޝާދު ވިދާޅުވީ ކޮވިޑް-19 އަށްފަހު ރާއްޖެ ފޭބި ފުރަތަމަ ޓޫރިސްޓަކީ ވެސް ރަޝިއާ މީހެއް ކަމަށާއި ރިސޯޓް ހޮލިޑޭސް އިން ރަޝިއާގައި ރާއްޖެ އިސްތިހާރު ކުރަން ކުރަމުން ގެންދަނީ ތަފާތު މަސައްކަތެއް ކަމަށެވެ. އަދި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޭރު މީހުން ބަލަން ޖެހޭނެ ބެންޗް މާކެއް ވެސް މި މަސައްކަތުން ފެނިގެންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

"ރަޝިއާ މީހުން އިތުރު ކުރަން ޝާޒްގެ ރޯލު ވަރަށް ބޮޑު. އެ ބާރާއެކު ޓޫރިޒަމް ކޮވިޑް-19 އަށްފަހު އަލުން ރިކަވާ ވެގެން މިދިޔައީ. އެހެންވެ އެކަމަށްޓަކައި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރަން،" ނައުޝާދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.