އާރުސީއެލަށް ދެ އަހަރު - ބޮޑު ބަދަލެއް، ފުރިހަމަ ކުރިއެރުމެއް

ގިނަ ރީޖަނަލް އެއާޕޯޓުތަކުގެ ސާމާނާއި ވަސީލަތް ހުރީ މުސްކުޅިވެ ބާވެ ހަލާކުވެފަ އެވެ. އެކަމަކު އާރުސީއެލުން ވަނީ އެ ވަސީލަތް އާ ކުރަން ވެސް މަސައްކަތް ކުރަމުންނެވެ. އަދި ބޮޑުބައެއް އާކޮށް ނިންމައިފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައަމަދު ރިޒްވީ: އާ އުންމީދުތައް ގެނެސް ދެއްވި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުސީއެލް) އުފެދުނުތާ އަދިވީ އެންމެ ދެ އަހަރެވެ. ނަމަވެސް މި ކުންފުންޏަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ހަގު ކުންފުންޏަކަށްވީ ނަމަވެސް މިހާރުގެ އެމްޑީ މުހައްމަދު ރިޒުވީ އެ ގެންދަނީ އާރުސީއެލް ކުރިއަށް ކޮއްޕަވަމުންނެވެ. އެކަން އެނގެނީ މިހާތަނަށް ނުވެ އޮތް އެންމެ ބޮޑު މަސައްކަތް ކަމަށްވާ ހުރިހާ ރީޖަނަލް އެއާޕޯޓް އިކްއިޕްމަންޓުގެ ބޮޑުބައި އާކޮށް ސިވިލި އޭވިއޭޝަންގެ ސްޓޭންޑަކަށް އެއާޕޯޓްތައް ފައްތަމުން ދިއުމެވެ. 

ފަރެންސްމާތޮޑާ އެއާޕޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ މިއަދު ރީޖަނަލް އެއާޕޯޓްސްތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ އެ މީހުންގެ ދާއިރާއިން ތަމްރީންވެފައި ތިބި މީހުންނެވެ. އަދި ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ އިމްއިޕްމަންޓުގެ 80 ޕަސެންޓް ހަމަކުރެވި އާ އިކްއިޕްމަންޓާއެކީ އެއާޕޯޓްތައް ސިވިލް އޭވިއޭޝަންގެ ސްޓޭންޑަޑަށް ފައްތަމުންދާ ކަމަށެވެ. 

"މިހާރު ގެންނަން ސްކޭނަރަކަސް ފަޔާ ސޫޓަކަސް އިކްއިޕްމަންޓަކަސް މި ގެންނަނީ ބްރޭންޑް ނިއު ޒަމާނީ އެއްޗިހި. އެ ޔަގީންކަން އަޅުގަނޑު އަރުވަން،" ކުރިން ގައުމީ އެއާލައިންގެ އެމްޑީގެ މަގާމުގައި ހުންނެވި ރިޒްވީ ވިދާޅުވި އެވެ. 

ރީޖަނަލް އެއާޕޯޓްސް އިން މި އަހަރުގެ ކުރީކޮޅު ވަނީ ފަޔާމަނުން ތަމްރީން ކުރަން ހއ. ހޯރަފުށީގައި ހާއްސަ ޒަމާނީ ވަސީލަތެއް ގާއިމްކޮށްފަ އެވެ. 

ރިޒްވީ ވިދާޅުވީ ކީކޭ؟ - އެ ކުންފުނިން ގާއިމް ކުރި ފަޔާ އެކެޑަމީއިން އަމިއްލަ ވަސީލަތް ބިނާ ކުރެވުނުމު ފައިދާ މިއަދު މުޅި ސިނާއަތަށް ލިބެމުންދާ ކަމަށެވެ. ކުރިން އަގު ބޮޑުކޮށް ބޭރަށް ގޮސް ހަދާ ފަޔާތަމްރީންތައް މިއަދު ރާއްޖޭގައި ތިބެގެން މި ހަދަނީ އަޅުގަނޑުމެން ހެދި ފަޔާ އެކަޑަމީގައި ރާއްޖޭގައި ތިބެގެން ދަނީ ހަދަމުންނެވެ.

ބައި ގަރުނުގެ ކުރިއެރުން ދެ އަހަރުން

"އޭވިއޭޝަން ދާއިރާއަށް ބައި ގަރުނުން ނުލިބުނު ކުރިއެރުން އަޅުގަނޑުމެން ދެ އަހަރުން ހޯދައިފިން. މިހާރު އަޅުގަނޑުމެން ކުރަމުން މި މިދަނީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން އެކަން ކުރާނަން. މީޑިއާގައި އަޑުގަދަ ނޫނަސް ދުވާލަކު ހެޑްލައިނެއް ނުހެދިޔަސް ރައީސް ވެފައިވާ ވަދުއު ރަނުންރަނަށް ފުއްދަން އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަން." 

ބައި ގަރުނުން ނުލިބުނު ކުރިއެރުން އަޅުގަނޑުމެން ދެ އަހަރުން ހޯދައިފިން. މިހާރު އަޅުގަނޑުމެން ކުރަމުން މި މިދަނީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް. އަޅުގަނޑުމެން އެކަން ކުރާނަން. މީޑިއާގައި އަޑުގަދަ ނޫނަސް ދުވާލަކު ހެޑްލައިނެއް ނުހެދިޔަސް ރައީސް ވެފައިވާ ވަދުއު ރަނުންރަނަށް ފުއްދަން އެންމެ ތަންފުކެއް ވެސް ދުލެއް ނުދޭނަން،

މުހައްމަދު ރިޒުވީ | މެނޭޖިން ޑިރެކްޓަރު

އޭނާ އިތުރަށް ވިދާޅުވީ ފަރެންސްމާތޮޑާ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސް އުފެދުނު ފަހުން އެ ކުންފުނީގެ ބައިވެެރިވުމާއެކު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ޓީމުގެ މަސައްކަތުން ކުރެވުނު ފުރިހަމަ މަސައްކަތެއް ކަމަށެވެ. 

"އެއާޕޯޓަށް 45 ވަޒީފާއަށް ހުޅުވާލި ފުރުސަތުގައި 157 ފަރާތަކުން ކުރިމަތިލި 45 ވަޒީފާއާއެކު މި ސަރަހައްދަށް އަހަރަކު ހަތް މިލިއަން ރުފިޔާގެ އާމްދަނީއެއް ވަންނާނެ،" ރިޒްވީ ފާހަގަކުރެއްވި އެވެ. 

ރީތި ޓާމިނަލްއަކާއެކު ހުޅުވި މި އެއާޕޯޓާބެހޭ ގޮތުން ރިޒްވީ ވިދާޅުވީ މި އެއާޕޯޓަކީ ހަމައެކަނި 1200 ކިލޯމީޓަރުގެ ތާރުގަނޑެއް ނޫން ކަމަށާ މިތަނުގެ ސަބަބުން މުޅި ސަރަހައްދަށް ފައިދާ ލިބިގެންދާނެ އެވެ. އަދި މިހާރު އެ ކުންފުނިން ކުރާ މަސައްކަތަކީ ރޭގަނޑު ފްލައިޓަށް ހުޅުވާލަން އެއާޕޯޓްތަކުގައި ލައިޓު ޖެހުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަމާޒަކީ ކުޅުދުއްފުށީ އެއާޕޯޓް މިމަހުގެ ނިޔަލަށް ނިންމުން. ހަމަމިއާއެކުއެކީގައި ހޯރަފުއްޓާއި މާވަރުލު އެއާޕޯޓުގެ ލައިޓްތައްވެސް އެކުއެކީގައި ނިންމާލުން،" 

އަލަށް ހުޅުވި ފަރެސްްމާތޮޑާ އެއާޕޯޓް: ވަރަށް ރީތި ފުރިހަމަ އެއާޕޯޓެއް -- ރައީސް އޮފީސް
އާރްއޭސީއެލް އުންމީދީ ދިމާލަކަށް - ރީޖަނަލް އެއާޕޯޓް ކުންފުނިން ދަނީ އުންމީދީ ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރު ވަމުންނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 20 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރު މި އަދަދު ދެ ގުނަ އިތުރު ކުރަން އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެކުންފުނިން މިހާރު ބަލަހައްޓާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ އިންޑިއާގެ ލޯނުން ފަށާފަ އެވެ. މިއީ މާލޭން ބޭރުގައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.