ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށްދިނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ ޓާމިނަލްއާއެކު ފަރެސްމާތޮޑާ އެއާޕޯޓް ފެންނަނީ ރީތި ރެސްޓޯރެންޓެއްހެނެވެ.
މިރޭ އޮތް ރަސްމިއްޔާތެއްގައި އެއާޕޯޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިރޭ ރަސްމީކޮށް ހުޅުވި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ހޯމަ ދުވަހު އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ޑިވެލޮޕް ކޮށްދިނީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީންނެވެ. ތިން ފުރާޅަށްވާ ގޮތަށް ހިޔާ ކޮށްފައިވާ ޓާމިނަލްއާއެކު ފަރެސްމާތޮޑާ އެއާޕޯޓް ފެންނަނީ ރީތި ރެސްޓޯރެންޓެއްހެނެވެ.
މި ވައިގެ ބަނދަރުން ސިފަކޮށްދެނީ ރާއްޖޭގެ ޖަޒީރާއެއްގެ މަލަމައްޗެވެ. ދިވެހިންގެ އިހު ޒަމާނުގެ ކަނޑުމަތީ ސަވާރީ އަކީ ހޭޅިފަށުގައި ހުންނަ އޮޑިހަރުގެތަކުގެ ކަމަޅިމަތީ ފަށަން ދަމާލައިގެން ބަންނަ އޮޑިދޯނިފަހަރު ކަމަށްވީއިރު އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވައިގެ ބަނދަރެއް އެފަދަ އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއާ ބުގިސްވެގެން އުފެއްދުނުއިރު ދިވެހިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް އެއާޕޯޓުން ސިފަވެގެން ދެއެވެ.
ރައީސްގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ އެެއާޕޯޓުން އެތައް ގޮތަކުން، ވަރަށް ގިނަ ތަފާތުތައް ފެންނަ ކަމަށް ވިދާޅުވިއެވެ.
"މިތަނުން ދަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. ފުރާ މީހުން ބޯޓަށް އަރާ މަންޒަރު ފެނުމަކީ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ތަނުގެ ޓާމިނަލް އިމާރާތް ތިމާވެށްޓާ ވަރަށް ރައްޓެހި. ދުވާލުގެ ވަގުތުގައި ގުދުރަތީ އަލިކަން ލިބޭ ގޮތަށް ހުރުމުން ކަރަންޓުގެ ހަރަދު ވަރަށް ބޮޑުތަން ކުޑަ ވެގެންދާނެ. އިމާރާތުގެ މެދުގައި ހުރި ބަގީޗާ އާއި މި ތަނުގެ ވައި ދައުރުވާ ނިޒާމުން ދަތުރުވެރިންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މޯލްޑިވިއަން އިން މިހާރު ވަނީ ފަރެސްމާތޮޑާ އެއާޕޯޓަށް ދަތުރުކުރެވޭނެ އަގުތައް ހާމަކޮށްފައެވެ. ފުރަތަމަ ދެ ދަތުރުގެ ޓިކެޓް ފެއާ އަގު -- ހެޔޮ އަގުގައި ވިއްކާނެ އެވެ. އެއީ 1،574 ރުފިޔާ އެވެ. ނަމަވެސް އޭގެ ފަހުން ޓިކެޓް ވިއްކާނީ 3،240 ރުފިޔާއަށެވެ.
މިއީ ނިސްބަތުން ބޮޑު އަދަދެކެވެ.
އެތެރޭގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދެވުމުގެ ގޮތުން މީގެ ކުރީން ސަރުކާރުން ވަނީ ކުރީގެ އަގުތަކަށް ވުރެ 200 ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު އެއަށް ވުރެ މާ ބޮޑު ތަނުން އަގު ބޮޑުކޮށްފައެވެ.