ރާއްޖޭގައި މެރިން އެކްސްޕޯ ބާއްވާން ފެށީ 2014 ވަނަ އަހަރު އެވެ. މިހާރު އެއީ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ އެންމެ ބޮޑު ވިޔަފާރި އާއި މައުލޫމާތާއި ޕްރޮމޯޝަނުގެ އިވެންޓެވެ.
ރާއްޖޭގައި ބާއްވާ ކަނޑު ފަޅާއި ދަތުރުފަތުރުގެ ހިދުމަތްތައް އެއްތަން ކުރާ އެންމެ ބޮޑު، އެންމެ އަގު ބޮޑު ފެއާ، ގައުމީ ބޯޓިން ޖަމިއްޔާ، ބޯޓިން އެސޯސިއޭޝަން (އެންބީއެމް) މެރައިން އެކްސްޕޯ މިއަހަރުގެ އެޑިޝަން މިއަދު ހުޅުމާލޭގައި ފަށައިފި އެވެ. ފެއާ ހުޅުވައި ދެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
މިއީ ކޮންމެން ދާންޖެހޭ އެކްސްޕޯއެކެވެ. ސަބަބަކީ މިއީ ދިވެހިރާއްޖޭގެ މެރިން އިންޑަސްޓްރީގެ "އެންމެ ފުން ކަނޑެ" ވެ. އެރިލައި ފީނާލަން ޖެހެ އެވެ. މައުލޫމާތަކުން މުއްސަނދިވެލުން ވިޔަސް ވިޔަފާރިއެއްގެ ހިޔާލު އުފަންވުން ކަމަށް ވިޔަސް ސިނކުޑީގައި ހުވަފެނެއް އުފަން ކުރުވުން ކަމަށް ވިޔަސް ކޮންމެވެސް ސިފައެއްގެ މުއްސަނދި ކަމެއް ލިބޭނެ އެވެ.
މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ހަތް އެޑިޝަނެކާއެކު ކާމިޔާބު އަދި ރާއްޖޭގައި ވަރަށް ތަރުހީބު ބޮޑު މެރިން އެކްސްޕޯގެ މިއަހަރުގެ ތަފާތު އެތައް ކަމެއް ހިމަނާފައިވާއިރު 160 ސްޓޯލް އަށްވުރެ ގިނަ ސްޓޭންޑް / ސްޓޯލް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ގާއިމު ކޮށްފައި ވަނީ މުޅި މެރިން އިންޑަސްޓްރީ ކަވަރުވާ ގޮތަށް މެރިން އިންޑަސްޓްރީގެ ހުރިހާ އޭރިއާކަށް ފޯކަސް ކޮށްގެނެވެ. އަދި އެކްސްޕޯގެ މުޅި ފްލޯ އޯގަނައިޒްކޮށްފައި އޮތީ އައުޓްޑޯ އޭރިއާއަކާއި ޓްރޭޑް އޭރިއާއެއްގެ އިތުރުން ޑައިވިން އިންޑަސްޓްރީއަށް ހާއްސަ ކޮށްފައިވާ އޭޝިއަން ޑައިވް އެކްސްޕޯގެ ފުރަތަމަ ޗެޕްޓާއާ ވެސް އެކީގަ އެވެ.
މިޑިއާއާ ޕާޓްނަރަކަށް "މި" ނޫސް ހަމަޖައްސައި މެއިން ސްޕޮންސާކަން ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީ ދީފައިވާ އެކްސްޕޯގެ 2023 ގެ އެޑިޝަން ހުުޅުވައި ދެއްވައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ނަހުލާ ވަނީ ބޮޑެތި ހުރިހާ ސްޓޯލަކަށް ވަޑައިގެން މައުލޫމާތާއި ފުރުސަތުތަކުގެ ފަހިކަން އޮތް މިންވަރާއި މެރިން އިންޑަސްޓްރީގެ އޮނޮވޭޝަންތަކާއި ބެހޭ ގޮތުން ސުވާލު އައްސަވާ ލީޑިން ކުންފުނިތަކާއި މެދު ސައިޒްގެ ކުންފުނިތަކަށް ހިތްވަރު ދެއްވާފަ އެވެ.
އަހަރުން އަހަރަށް މެރިން އެކްސްޕޯ ތަރައްގީކޮށް އޯގަނައިޒް ކުރުމުގެ ފެންވަރު މައްޗަށް ޖައްސާފައިވާއިރު މި އަހަރުގެ އެޑިޝަންގައި އާ ކޮމްޕޯނަންޓްތަ ހިމަނާފައި ވުމުން އެކަމަނާ ވަނީ މެރިން އެކްސްޕޯ އިންތިޒާމް ކުރާ ފަރާތަށް ތައުރީފު ކުރައްވާ ދިވެހި ސަރުކާރާއި ރައްޔިތުން ނަމުގައި ޝުކުރު އަދާ ކުރައްވާފަ އެވެ. މީގެ އިތުރުން ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ބިމަށް ވުރެ ކަނޑު ބޮޑު ގައުމަކަށް ވާތީ މި ހާއްސަ ފެއާގެ މުހިންމުކަން ވެސް ސްޓޯލްތަކުގައި ތަކުރާރުކޮށް އެކަމާ ފާހަގަކޮށް ދެއްވި އެވެ.
މިއަދު މެރިން އެކްސްޕޯ ހުޅުވާލާ ކަނޑުދަތުރު ފަތުރުގެ އިންޑައްޓްރީގެ މައުލޫމާތާއި ވިޔަފާރިއާ ފުރުސަތުގެ ފުން ކަނޑަކަށް މީހުން ވައްދާން ފެށި އިރު އެކްސްޕޯ އިންތިޒާމްކޮށްދޭ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން ވަނީޫ އެޑެކްސް އިންތިޒާމު ކުރާ ޔޫޑަބްލިއު-360 ގެ އޭޝިއަން ޑައިވް އެކްސްޕޯ (އެޑެކްސް) ގެ ބޮޑު ކޮންފަރެންސް ފެއާގެ ތެރެއަށް ފުރަތަމަ ފަހަރަށް ގެނެސް ޕެނަލް ޑިސްކަޝަންތަކެއް އޯގަނައިޒްކޮށްފަ އެވެ. މި ޑިސްކަޝަންތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ދިވެހި ރާއްޖޭގައި މެރިން އެކްސްޕޯ ބާއްވާން ފެށީ 2014 ވަނަ އަހަރު އެވެ. މިހާރު އެއީ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އާއި މައުލޫމާތާއި ޕްރޮމޯޝަނުގެ ހަރަކާތެކެވެ.
މުޅި މި އިވެންޓްގައި މަސްވެރިކަމާއި، ވޯޓާ ސްޕޯޓްއާއި ސާފާރީ އަދި ޔޮޓު ފަދަ ޕްރޮޑަކްސްޓް ދައްކާލާނެ އެވެ. އަދި ދާއިރާ އާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އެއްކޮށް ޒިޔާރާތް ކުރާ މީހުންނާ ހިއްސާކުރެ އެވެ. މިފެއާއަށް ވަން މީހަކު ލޯންޗެއް ބަންނަން ހިޔާލު ކުރާ ހިސާބުން ފަށައި ބަނދެ ނިމި ފެނަށް ޖެއްސުމާ ހަމައަށް ބޭނުން ވާނެ ހުރިހާ ކަމެއްގެ ހުރިހާ މައުލޫމާތު އެއްތަންކޮށްފައި ވެއެވެ.
މިއަދު ފެށި ބޮޑު އެކްސްޕޯގައި މީގެ ކުރީން ނުފެންނަ އާ ތިން ސެގްމެންޓެއް ވެސް ހިމަނާފައި ވެއެވެ. އެގޮތުން "ގޯލްޑަން ވޭވްސް ވީއައިޕީ ލަންޗް" އާއި ދިވެހިން އުފައްދާ ބީޗް ވެއާ ދައްކާލާ "ފެޝަން ރަންވޭ" އާއި ޔޮޓެއްގައި ބާއްވާ ނެޓްވޯކިން އިވެންޓް ހިމެނެ އެވެ.
ފެޝަން ރަންވޭ އޮންނާނީ މި މަހުގެ ހުކުރު ދުވަހުގެ ރޭ 10:00 އިން 10:45 އަށެވެ. މި ބައިގައި ދައްކާލާނީ ދިވެހި ހުނަރުވެރިންގެ ބީޗްވެއާ އަދި ސާފްވެއާ ބްރޭންޑުގެ ހެދުންތަކެވެ. މިއީ އެ މީހުންގެ އުފެއްދުންތައް ވިޔަފާރި ބާޒާރަށް ދައްކާލަން ބާއްވާ ޕްލެޓްފޯމެކެވެ. މި އަހަރު އެމްއެމްއީ ފެޝަން ރަންވޭގައި ބީޗްވެއާ އާއި ސާފްވޭއާ އެޕަރަލްސްގެ 10 ބްރޭންޑެއްގެ ލައިންއަޕް ހިމަނާފައި ވެ އެވެ.
ސްޕޮންސަރުންނަށް ހާއްސަކޮށް ހޮޓެލް ޖެންގައި ވަރަށް ހާއްސަ ލަންޗެއް ބާއްވަ އެވެ. ގޯލްޑަން ވޭވްސް / ވީއައިޕީ ލަންޗް އޮންނާނީ ފެއާގެ އެންމެ ފަހު ދުވަހު އެވެ. މިއީ ހަމައެކަނި ލަންޗެއް ނޫނެވެ. ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އޯނަރުންނާއި ޓޮޕް އެގްޒެކެޓިވްއާ ބައްދަލުވާން ފުރުސަތު ލިބޭނެ ރަނުގެ ފުރުސަތެކެވެ.
އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޔޮޓެއްގައި ހާއްސަ ނެޓްވޯކިން އިވެންޓެއް ވެސް ބާއްވަން ނިންމާފައިވެ އެވެ. މި ނެޓްވޯކިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެގްޒިބިޓަރުން ދެ އެވެ.