ގާސިމްގެ ހާއްސަ މުޝީރުންނަށް އާމާލް، އިރުތިޝާމްް، ހުސައިން

ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުގައި ޖޭޕީގެ ލީޑަރަށް ވަނީ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި ފަަސް ބޭފުޅަކު އައްޔަަން ކުރުމުގެ ބާރު ދީފަ އެވެ.

ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވި ތިން ބޭފުޅުން

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އިތުރު ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުގައި ޖޭޕީގެ ލީޑަރަށް ވަނީ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި ފަަސް ބޭފުޅަކު އައްޔަަން ކުރުމުގެ ބާރު ދީފަ އެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވާ ލިޔުން ހަވާލު ކުރެއްވިއެވެ.

އަދި މިއަދު އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައި އިތުރު ތިން ބޭފުޅަކު ވަނީ އެ މަގާމަށް އައްޔަން ކުރައްވާފައެވެ. އެއީ؛

  • 1.ޑރ. ހުސައިން ރަޝީދު ހަސަން
  • 2.ޑރ. އާމާލް އަލީ
  • 3.އިރުތިޝާމް އާދަމް

ޑރ. ހުސައިން އަކީ ޖުމްހޫރީ ޕާޓީގެ ފައުންޑަރެކެވެ. ނިމިގެންދިޔަ އަހަަރުތަކުގައި ހުންނެވީ ޕާޓީގެ ނާއިބު ލީޑަރުގެ މަގާމުގައެވެ. ނަމަވެސް އެންމެ ފަހުން އޮތް ކޮންގްރެސްގައި އެ މަގާމަށް ހޮވިވަޑައެއް ނުގަތެވެ.

ޑރ. އާމާލް އަކީ ވެސް ރައީސް ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ތައުލީމީ ދާއިރާގެ ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ހަރަކާތްތަކުގައި އުޅުއްވާތާ އަހަރުތަކެއް ވެއްޖެ އެވެ.

އިރުތިޝާމް އާދަމް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި 2019 ގެ މަޖިލީސް އިންތިހާބަށް ކުރިމަތިލެއްވި އެވެ. ނަމަވެސް ކާމިޔާބު ލިބިވަޑައެއް ނުގަތެވެ.

ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އިތުރު ތިން ބޭފުޅަކު އައްޔަން ކުރައްވާއިރު އެޑްވައިޒަރުންގެ ގޮތުގައި  ފަސް ބޭފުޅަކު ވަނީ ހަމަޖައްސަވާފަ އެވެ.

  • 1.މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހްމަދު
  • 2.މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު
  • 3.މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު
  • 4.ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު
  • 5.ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް

މި ބޭފުޅުންގެ ތެރެއިން އިލްހާމާއި ރިޔާޒް އަދި ނިހާން ކުރީން ވެސް ތިއްބެވީ ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގަ އެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ ގޮތުގައި މުޅީހެން ހަމަޖައްސަވާފައި ވަނީ ކުރީން ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. އިލްހާމާއި ރިޔާޒް އަދި ނިހާނަކީ ޕީޕީއެމްގެ އިސް މަގާމުތައް ފުރުއްވާ އެ ޕާޓީގައި ވަރަށް ދިގު މުއްދަތު މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އަޒްލީނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ނަވާޒް ފުލުސް ހިންގެވީ ވެސް ރައީސް ޔާމީންގެ ސަރުކާރުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.