މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި މިއީ ފުރަތަމަ ރިލީސް ކަމުން މި ފަހަރު ހާމަކުރާނީ އަސާސީ މައުލޫމާތެވެ.
މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޭއްވި ރާއްޖޭގެ އެންމެ ބޮޑު ގުނުން ބޯހިމެނުގެ ނަތީޖާ މި މަހުގެ 30 ވަނަ ދުވަހު އާންމުކުރުމަށް ނިންމައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި މިއީ ފުރަތަމަ ރިލީސް ކަމުން މި ފަހަރު ހާމަކުރާނީ އަސާސީ މައުލޫމާތެވެ. އެއީ؛
ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ބޯހިމެނުނުގެ މަސައްކަތް -- މަސައްކަތު އާބާދީ މަސައްކަތް ކުރާ އިންޑަސްޓްރީ އާއި އޮކިއުޕޭޝަން އަދި އެކި ދާއިރާތަކުން ނެގިފައިވާ ތަފްސީލް މައުލޫމާތު ވެލިޑޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީހުރައް ފަހުން އާންމު ކުރާނެ ކަމަށެވެ.
އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ހާމަކޮށް ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމަށް އެހީތެރިވެ ދިނުން ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.
ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.