އެތާނގައި ރޯވެ އަނދަމުންދާތީ ފުލުހުންނާއި އެ ރަށުގެ އާންމުން އެކުވެގެން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށާފައި ވެއެވެ.
ގއ. ކޮލަމާފުށީގައި ޗާޕް ކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެއްޖެ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވި ކަމުގެ މައުލޫމާތެއް އަދި ނެތެވެ.
އަލިފާން ރޯވެފައިވާ އެ ތަނަކީ އެރަށު ގެއެއްގައި ހިންގަމުން އައި ތަނެވެ. ފުލުހުން ބުނީ ޗާޕްގެ މަސައްކަތް ކުރާ އެ ތަނުގައި ރޯވެ އަނދަމުންދާތީ ފުލުހުންނާއި އާންމުން އެކުވެގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ކަމަށެވެ.
އެ އިމާރާތުގައި ވަރަށް ބޮޑަށް ހުޅު ހިފައި އަނދަމުން ދާ ކަމަށް ވެއެވެ.