އިތުރު ފުރިހަމަކަން: މެރިން އެކްސްޕޯއަށް އާ ބައިތަކެއް

ގޯލްޑަން ވޭވްސް ވީއައިޕީ ލަންޗުގެ ބަޔަކާއި ދިވެހިން އުފައްދާ ބީޗް ވެއާ ދައްކާލަން ހާއްސަކޮށް ބާއްވާ ފެޝަން ރަންވޭއެއްގެ އިތުރުން ޔޮޓެއްގައި ބާއްވާ ނެޓްވޯކިން އިވެންޓެއްވެސް ބާއްވާނެ އެވެ.

މެރިން އެކްސްޕޯގެ ސްޕޮންސަރުންނާއެކު މީޑިއަމް ކުންފުނިން ބައިވެރިވަނީ

ބުދަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ރާއްޖޭގެ އެންމެ ބޮޑު ކަނޑުދަތުރުގެ ފެއާ، މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއީ) އިން ފަށާނެ އެވެ. ފެއާ ފަށަން ތައްޔާރުވާއިރު މި އަހަރުގެ މި ފެއާއަށް މުޅިން އާ ތިން ބައެއް ހިމަނައި ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. 

ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ގައުމީ ބޯޓިން ޖަމިއްޔާ ބޯޓިން އެސޯސިއޭޝަން (އެންބީއެމް) ގެ ރަސްމީ ފެއާއަށް އަލަން އިތުރު ކުރީ ކޮން ބައިތަކެއް ހެއްޔެވެ؟ އެ ބައިތަކުން މި ފެއާއަށް އިތުރުވާނެ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟ 

  •  ގޯލްޑަން ވޭވްސް ވީއައިޕީ ލަންޗް
  •  ދިވެހިން އުފައްދާ ބީޗް ވެއާ ދައްކާލާ ފެޝަން ރަންވޭ
  •  ޔޮޓެއްގައި ބާއްވާ ނެޓްވޯކިން އިވެންޓް

އެމްއެމްއީ ފެޝަން ރަންވޭ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 10:00 އިން 10:45 އަށެވެ. މިއީ ކުރިން ވަކިން ބާއްވަން ނިންމި އިވެންޓެކެވެ. މި ކޮމްޕޯނެންޓް މި އަހަރު އޮންނާނީ މޯލްޑިވްސް މެރިން އެކްސްޕޯ އިވެންޓްތަކުގަ އެވެ. އެއީ މި ބައިގައި ދައްކާލާނީ ދިވެހި ހުނަރުވެރިންގެ ބީޗްވެއާ އަދި ސާފްވެއާ ބްރޭންޑުގެ ހެދުންތަކެވެ. މިއީ އެ މީހުންގެ އުފެއްދުންތައް ވިޔަފާރި ބާޒާރަށް ދައްކާލަން ބާއްވާ ޕްލެޓްފޯމެކެވެ. މި އަހަރު އެމްއެމްއީ ފެޝަން ރަންވޭގައި ބީޗްވެއާ އާއި ސާފްވޭއާ އެޕަރަލްސްގެ 10 ބްރޭންޑެއްގެ ލައިންއަޕް ދައްކާލާނެ އެވެ

މި އަހަރު ސްޕޮންސަރުންނަށް ހާއްސަކޮށް ހޮޓެލް ޖެންގައި ވަރަށް ހާއްސަ ލަންޗެއް އޮންނާނެ އެވެ. ގޯލްޑަން ވޭވްސް (ވީއައިޕީ ލަންޗަން) އޮންނާނީ ފެއާގެ އެންމެ ފަހު ދުވަސް ކަމަށްވާ މި މަހުގެ 18 ވާ ހޯމަ ދުވަހުގެ 11:30 އިން 14:00 އަށެވެ. މިއީ މެރިން އެކްސްޕޯގެ ހާއްސަ ކޮށްގެން ބާއްވާ ވީއައިޕީ ލަންޗެކެވެ. 

މެދުންރުގެ ފަރިއްކޮޅުގައި ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އޯނަރުންނާއި ޓޮޕް އެގްޒެކެޓިވްއާ ބައްދަލުވާން ފުރުސަތު ލިބޭނެ އެވެ. ވީއައިޕީ މެންދުރުގެ ކެއުމުގެ ތެރޭގައި މެއިން ސްޕޮންސަރު (އެމްޓީސީސީ) އާއި ކޯ ސްޕޮންސަރު (ގަލްފް ކްރާފްޓް) ގެ އުފެއްދުންތަކާއި ހިދުމަތްތަކުގެ ޕްރެޒެންޓޭޝަނެއް ކުރިއަށް ގެންދާނެ އެވެ. މި ކަމުގެ ސަބަބުން މޯލްޑިވިއަން މެރިން އެކްސްޕޯގެ ސްޕޮންސަރުންނަށް ގަތުމުގެ ބާރާއި ފައިދާތަކުގެ ބާރު އުފުލިގެންދެ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޔޮޓެއްގައި ހާއްސަ ނެޓްވޯކިން އިވެންޓެއް ވެސް ބާއްވަން ނިންމާފައިވެ އެވެ. މި ނެޓްވޯކިން ސެޝަންގައި އެގްޒިބިޓަރުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.