ހޯރަފުށީ ސަލީމަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދެނީ

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރެއްވި އަދި ގާނޫނުއަސާސީ ހެދި އޭރުގެ ހާއްސަ މަޖިލިހުގައި ވެސް އިންނެވި ސަލީމަކީ މިހާރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބޭބެ އެވެ.

ހޯރަފުށީ މުހައްމަދު ސަލީމް

ކުރީގެ މަޝްހޫރު ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ހާޓް އެޓޭކެއް ޖެހި ރޭ ފަތިހުން ފެށިގެން ފަރުވާ ދޭން ފަށައިފި އެވެ. އޭނާގެ ހާލު ދެރަ އެވެ. ސަލީމް އެޑްމިޓްކޮށްފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

ނޫސްވެރިކަމުގެ އިތުރުން ލިޔުންތެރިކަމާއި ޅެންވެރި ކަމުގައި ވެސް އުޅުއްވާ ސަލީމަކީ ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ސަލީމް ނޫސްވެރިކަން 1980 އިގެ ތެރޭގައި ފައްޓަވައި 2000 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް ރާއްޖޭގެ އެންމެ މަތީފެންވަރުގައި އަދި އޭރުގެ އެންމެ މަޝްހޫރު ނޫސްވެރިޔާގެ ގޮތުގައި ދެމި ހުންނެވި އެވެ. އޭނާ ވަނީ "ހަވީރު" ނޫހުގެ އިސް މަގާމުތަކާއި "މިއަދު" ނޫހުގެ އެޑިޓަރުކަން ކުރައްވާފަ އެވެ. ނޫސްވެރިކަމުގެ ގައުމީ އިނާމާއި ރާއްޖޭގެ ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ވެސް، ސަލީމަށް ލިބިވަޑައިގަތެވެ.

އޭގެ ފަހުން ސިޔާސީ ދާއިރާގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. އޭނާއަކީ ޑީއާރުޕީގެ ފައުންޑަ މެމްބަރެކެވެ. ސަރުކާރުގެ ބައެއް މަގާމުތައް ވެސް ފުރުއްވެވި އެވެ. ފަހަކަށް އައިސް ސަލީމް އުޅުއްވަނީ ކިޔަވައި ދެއްވުމާއި ލިޔުންތެރި ކަމުގެ ތެރޭގަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރެއްވި އަދި ގާނޫނުއަސާސީ ހެދި ހާއްސަ މަޖިލިހުގައި ވެސް އިންނެވި ސަލީމަކީ މިހާރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބޭބެ އެވެ. އަދި އެ ދެ ބޭފުޅުންނަކީ މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.