ކޮވިޑްގެ އަސްލު ހޯދަން އަޅާނުލައި ދުލެއް ނުކުރާނެ: ޓެޑްރޯސް

ތުހުމަތުތައް އޮންނަ ގޮތުން ކޮވިޑް ވައިރަސް ލީކްވީ ޗައިނާގެ ލެބޯޓްރީއެއްގެ ތެރެއިންނެވެ. ބަލި ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާންގެ މާރުކޭޓެއް ހުންނަ ސަރަހަ އްދަކުންނެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް: ކޮވިޑްގެ އަސްލު ދެނެގަތުމަށް މަސައްކަތް ކުރައްވާ

ކޮވިޑް-19 އިގެ ބަލާއާފަތުގެ ވައިރަސް އުފަންވުމުގެ އަސްލާއި އޭގެ ހަގީގަތް ދެނެގަތުމަކީ ދުނިޔެއަށްޓަކައި އެންމެ އިސްކަންދޭ މަސައްކަތް ހަދާފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވެއްޖެ އެވެ. 

ޓެޑްރޯށް ވިދާޅުވީ ކޮވިޑް ވައިރަހުގެ ފެށުމެއް ވާނެ އިރު އެކަން ދެނެގަތުމުގެ ހުއްޓާ ނުލާ ކަމަށާއި އެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށެވެ. 

މިވާހަތަކައް ދެއްކެވީ ކޮވިޑްގެ ހަގީގަތް ބަލަން ޑަބްލިޔުއެޗްއޯއިން ޗައިނާގައި 2021 ވަނަ އަހަރު ކުރި ދިރާސާތަކުގެ ރިޕޯޓް ހާމަކޮށްފައި ނުވާތީ އެމެރިކާގެ އެފްބީއައިގެ ފަރާތުން ފާޑުކިޔައި ވާހަކަތައް އާންމުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ކޮވިޑް އައީ ޗައިނާގެ ލެބޯޓްރީއަކުން އެ ބަލީގެ ވައިރަސް ލީކުވުމުގެ ސަބަބުން ކަމަށް އެމެރިކާގެ ހަކަތައާބެހޭ އިދާރާއިން ވެސް ބުނެފައިވާ ވަގުތަކާ ދިމާވާ ގޮތަކަށެވެ. 

އެމެރިކާއިން ބުނާ ގޮތުގައި ޑަބްލިއެޗްއޯއިން ކޮވިޑްގެ ކަންތައްތަކެއް ސިއްރު ކުރެ އެވެ. އަދި އެއީ ޗައިނާގެ ލެބޯޓަރީ ވައިރަހެއްކަން ސާބިތުވާން އޮތް އިރުވެސް އަޅައިލުމެއް ނެތް ކަމަށެވެ. އެމެރިކާ ދެކެ ޑަބްލިޔުއެޗްއޯ އޮންނަނީ ބިރުގެންފައި ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ. 

ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 އާ ގުޅޭ ހުރިހާ ކަމެއް ބަލައި ދިރާސާ ކުރުމަކީ ސައިންސްގެ ދާއިރާގައި ކުރާންޖެހޭ އަދި މަޖުބޫރު ކަމެއް ކަމަށާއި އެކަމާ ޑަބްލިޔުއެޗްއޯ އަޅައިލުން ކުޑަ ނުކުރާނެ ކަމަށެވެ. 

"ކުރިއަށް އޮތް ތަނުގައި މި ފަދަ ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށްޓަކައި ވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެ ބަލީގައި މަރުވި އެތަކެއް މިލިޔަން މީހުންނަށް ޓަކައި ވެސް ކުރަން ޖެހޭ ކަމެއް،" ޓެޑްރޯސް ވިދާޅުވި އެވެ.

ތުހުމަތުތައް އޮންނަ ގޮތުން ކޮވިޑް ވައިރަސް ލީކްވީ ޗައިނާގެ ލެބޯޓްރީއެއްގެ ތެރެއިންނެވެ. ބަލި ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާންގެ މާރުކޭޓެއް ހުންނަ ސަރަހަ އްދަކުންނެވެ. އެއީ ޗައިނާއިން ވާހަކަ ދައްކާ މައްސަލައެއް ނޫނެވެ. އަދި އެއީ ޑަބްލިޔުއެޗްއޯއިން ބަލަން ބޭނުންވާ ކަން ކަންކަމަށް ޗައިނާ ހުރަސް އަޅާ ކަމަކަށް ވެސް ހަދާފައެއް ނުވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.