ބެނެފިޓުގެ "ޗައިލްޑް ކެއާ ފޯ ޓްމޯރޯ" ކެމްޕޭނާއެކު ގިނަ ބަޔަކަށް އުންމީދު

މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޕީޕަލްސް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. އެ ކުންފުންޏަކީ ބެނެފިޓްގެ މި ކެމްޕޭނުގައި ހިއްސާވާ މައިގަނޑު އެއް ބައިވެރިޔާ އެވެ.

ރުއްގަނޑު ފެސްޓިވަލްގެ ތެރެއިން ރޭ ވަނީ "ޗައިލްޑް ކެއާ ފޯ ޓުމޯރޯ" ކެމްޕޭން އިފްތިތާހުކޮށްފައި. މި ކެމްޕޭނުގެ ދަށުން ވަޒީފާ އަދާކުރާ މައިންނަށް ދަރިން ބެލުމުގެ ޒިންމާ އަދާކުރުމުގެ މަގު ފަހިކޮށްދިނުމަށް ގޮވާލާނެ

މުޖުތަމައުގައި، އަންހެނުން ވަޒީފާއަށް ނުކުމެ އުޅޭއިރު ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ، ދަރިން ބެލޭނެ ގޮތެއް ނެތުމެވެ. އެއްކޮޅުން ޅަ ދަރިންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަން ހޯދައި ދޭން ޖެހެ އެވެ. އަނެއްކޮޅުން، މާލީގޮތުން ދެކޮޅު ޖެއްސުމަށް ވަޒީފާ ވެސް މުހިއްމެވެ. ދެ ކަންތަކުގެ މެދުގައި ބެލެންސެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އިއްޔެ އާއި ކުރީދުވަހު، ހުޅުމާލޭގައި ކުރިއަށް ދިޔަ "ރުއްގަނޑު ފެސްޓިވަލް" ގެ އެންމެ މުހިއްމު އެއްމެ އުސް އައްޔަކީ "ޗައިލްޑް ކެއާ ފޯ އޯލް" ކެމްޕޭން ލޯންޗް ކުރުމެވެ. އެ އިވެންޓް އިންތިޒާމުކުރި ބެނެފިޓް ޖަމިއްޔާއިން ފެށި ކެމްޕޭނަކީ އެފަދަ ދަތިތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، އެކަމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން ގޮވާލުމެވެ.

އެ ކެމްޕޭން އިފްތިތާހުކުރަމުގެ ހަފްލާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން، ދަރިން ބެލުމުގެ ޒިންމާ އަދާ ކުރަމުން އަންނަ މަންމައިންގެ ޝުއޫރު ވަނީ ފާޅު ކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ ފަރާތުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން، ކުދިން ބެލުމުގެ ކަންކަން ފަސޭހައިން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މުހިއްމުކަން އެ މީހުން ފާހަގަ ކުރިއެވެ.

މީގެ އިތުރުން ޑޭކެއާގެ ޚިދުމަތް ކޮންމެ މީހަކަށް ހޯދޭވަރަށް ވުރެ އަގު މަތިކަމާއި، މާލެ ސަރަހައްދުގައި ވެސް، މާލެ ފިޔަވާ އެހެން ތަނަކު މިހާރު ވެސް ޑޭކެއާގެ ޚިދުމަތް ލިބެން ނެތްކަން ފާހަގަ ކުރި އެވެ.

ބެނެފިޓުން ފެށި އާ ކެމްޕޭނުގައި މިފަދަ ދަތިތަކަށް ހައްލެއް ހޯދަން އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަން ރާވާފައި ވެއެވެ.  ކެމްޕޭނުގެ މައިގަނޑު ގޮވާލުމަކީ އަތްފޯރާފަށުގައި، ދައުލަތުގެ ޚިދުމަތެއްގެ ގޮތުގައި ދިނުމެވެ.

"ޗައިލްޑްކެއާ ފޯ އޯލް" ކެމްޕޭނުގެ މަގުސަދުތައް

  • 1.ކުދިން ބެލުމުގެ ޚިދުމަތުގެ އަގުތައް ތިރިކުރުމާއި ދައުލަތުގެ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް ސިޔާސަތަށް ބަދަލުތައް ގެނައުން
  • 2.ވަޒީފާގައި އުޅޭ ބެލެނިވެރިން ކުދިން ބެލުމަށް އުފުލަންޖެހޭ ދަތިތަކާ މެދު އާންމުން ހޭލުންތެރި ކުރުވުން
  • 3.ކުދިން ބެލުމުގެ ފެންވަރު ރަނގަޅު ހިދުމަތަކުން މުޅި މުޖުތަމައަށް ލިބޭނެ ފައިދާތަކާ މެދު އާންމުން ހޭލުންތެރި ކުރުވުން
  • 4.އާއިލާއަށް ވަގުތު ދެވޭނެ ފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް ވަޒީފާ ލިބޭ ފަރާތްތަކަށް ބާރުއެޅުން
  • 5.ކުދިން ބެލުމުގެ ފެންވަރު ރަނގަޅުވުމުން އެ ކުދިންގެ ހެދި ބޮޑުވުމަށް ލިބޭ ކުރިއެރުމާ މެދު ހޭލުންތެރިކަން އިތުރުކުރުން

މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޕީޕަލްސް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. އެ ކުންފުންޏަކީ ބެނެފިޓްގެ މި ކެމްޕޭނުގައި ހިއްސާވާ މައިގަނޑު އެއް ބައިވެރިޔާއެވެ.

އެސްޓީއޯއިން ދާދި ފަހުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޑޭކެއާ އެސިސްޓެންސް ޕްރޮގްރާމެއް ފަށާފައެވެ. އެ ޕްރޮގުރާމުގެ ދަށުން މުވައްޒަފުން ބޭނުންވާ ޑޭކެއާއަކުން ޚިދުމަތް ހޯދުމަށް އެލަވަންސެއް ލިބެއެވެ.

ނުޒްލާ ވިދާޅުވީ ރަނގަޅަށް މަސައްކަތް ކުރި އެތައް މުވައްޒަފުންނަކަށް ވިހެއުމަށް ފަހު، ދަރިން ބަލަމުން މަސައްކަތް ކުރަން ދަތިވާ ކަމަށެވެ. އަދި، އެ ކުންފުނިން އަލަށް ތައާރަފުކުރި ޕްރޮގުރާމާއެކު އެފަދަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަން އެސްޓީއޯގެ މި އެސިސްޓެންސް ޕްރޮގުރާމުގެ ސަބަބުން ޓާންއޯވާ ރޭޓާއި، ވޯކް ލައިފް ބެލެންސާއި، މެންޓަލް ވެލްބީންއާއި، ދެން ޕްރޮޑަކްޓިވިޓީއާ މި ހުރިހާ އެއްޗަކަށް އެޑްރެސް ކުރެވިގެންދާނެ ކަމަށް" އޭނާ ވިދާޅުވިއެވެ.

ބެނެފިޓްއިން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ "ރުއްގަނޑު ފެސްޓިވަލް 2023"ގެ މީޑިއާ ޕާޓްނަރަކީ "މި" ނޫހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.