ރައީސް ގަތަރާއި ޖަރުމަނު ދަތުރުފުޅު ނިންމަވާލައްވައިފި

ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓިބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރައްވާފައިވެ އެވެ.

ރައީސް މިއަދު މާލެ ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. އެމަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ އދ ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފަ އެވެ. 

ރައީސް ދެން ވަޑައިގަތީ ޖަރުމަނަށެވެ. ޖަރުމަނަށް ވަޑައިގެންނެވި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓިބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރައްވާފައިވެ އެވެ.

މީގެ އިތުރުން، ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސް އާއި ބައްދަލުކުރައްވައިފަ އެވެ. މި ދަތުރުފުޅުގެ އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސް ވަނީ ޖަރުމަނުގެ ރައީސް ފްރޭން-ވޯލްޓާ ސްޓެއިންމިއާ އާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.