މެރާފީ އެންމެ ފަހުން ބޮޑަށް ގޮވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެފަހަރު 300 މީހުން މަރުވިއެވެ. އަދި، 280,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ. އޭގެ ކުރިން 1993 ވަނަ އަހަރު ވެސް މެރާޕީ ގޮވި އެވެ.
އިންޑޮނޭޝިއާގެ މެރާޕީ އަލިފާން ފަރުބަދައިގެ ބައިތައް ހޮނިހިރު ދުވަހުން ފެށިގެން ގޮވަން ފަށައި ދުމާއަޅިއެކުވެފައިވާ އޮލަ އަލިފާނާއި އަލިފާން ކިސަޑު ފައިބާން ފަށައިފި އެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަޅިއާ ދުން އެކުލެވިފައިވާ ދިޔައި އަލިފާން ހަތް ކިލޯމީޓަރަށް ފެތުރިފައިވާ ކަމަށާއި ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. މެރާޕީ ގޮވަން ފެށި ނަމަވެސް އަދި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގެ ރިޕޯޓެއް ނެތެވެ.
ޖާވާ އައިލެންޑްގެ ދެކުނު އައްސޭރިފަށުގައިވާ ޔޮގްޔާކާޓާ ސަރަހައްދުގައި އޮންނަ އަލިފާން ފަރުބަދައިގެ ބައިތައް ރޯވެ ގޮވާން ފަށާފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު އެވެ. ގޮވާން ފެށުމާއެކު 1.5 ކިލޯމީޓަރުގެ ލާވާގެ ރާޅެއް އުފެދިފައި ވެއެވެ. އަދި އަލިފާން ފަރުބަދައިން އަރަމުންދާ ދުމާއި އަޅި، 9,600 ފޫޓަށްވުރެ މައްޗަށް އަރާފައިވާއިރު ސަރަހައްދު ވަނީ ދުމާއި އަޅިއަށް ބަދަލުވެފަ އެވެ.
މެރާޕީ އަކީ އުސްމިނުގައި 2،963 މީޓަރު (9،721 ފޫޓު) ހުންނަ ފަރުބަދައެކެވެ. މެރާޕީ ފަރުބަދަ ތަކަކީ ދުނިޔޭގައިވާ އެންމެ ގިނައިން ގޮވާ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދައެވެ.
މި އަލިފާން ފަރުބަދަ ގޮވާން ފެށުމާއެކު ޔޮގްޔާކާޓާ ކައިރި ސަރަހައްދުގައި ދިރިއުޅެމުން އައި ރައްޔިތުންނަށް އިންޒާރުދީ ތިން ކިލޯމީޓަރާއި ހަތް ކިލޯމީޓަރާއި ދެމެދުގެ ރޭޑިއަސްއެއް ހިމެނޭ ގޮތަށް ސަރަހައްދު ވަނީ ބަންދު ކޮށްފަ އެވެ. އަދި އެއްވެސް ރައްޔިތަކު ގެއިން ނުކުނުކުންނާ ވެސް އަންގާފައި ވެ އެވެ.
މެރާފީ އެންމެ ފަހުން ބޮޑަށް ގޮވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެފަހަރު 300 މީހުން މަރުވިއެވެ. އަދި، 280,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ. އޭގެ ކުރިން 1993 ވަނަ އަހަރު ވެސް މެރާޕީ ގޮވި އެވެ.